ރެއާލް ކުޅުންތެރިން ކްލަބް ވޯލްޑް ކަޕް ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
17 ޑިސެމްބަރ 2017 - 06:41
ދުބާއީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޑިސެމްބަރު 16) - ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ވައްދާލި ހަަމައެކަނި ލަނޑާ އެކު 1-0 އިން ބްރެޒިލްގެ ގްރެމިއޯ ބަލިކޮށް ރެއާލް މެޑްރިޑުން ކްލަބް ވޯލްޑް ކަޕް ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ކާމިޔާބުކޮށް ރެކޯޑެއް ހަަދައިފަ އެވެ.
މި ކާމިޔާބީއާ އެކު ޒިދާނަށް ވެސް ވަނީ ރެއާލުގެ ތާރީހުގައި ހާއްސަ ރެކޯޑެއް ގާއިމުކުރެވިފަ އެވެ. އެއީ ކަލަންޑަރު އަހަރެއްގައި އެ ޓީމަށް ތަށި ހޯދައިދީގެންނެވެ. ރެއާލުން ވަނީ ފާއިތުވި އަހަރެއްހާ ދުވަސް ތެރޭގައި ކްލަބް ވޯލްޑް ކަޕްގެ އިތުރުން ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގާއި ސްޕެނިޝް ސުޕަ ކަޕުގެ އިތުރުން ޔުއެފާ ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ.
މިރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ދެ ވަނަ ހާފުގައި ލިބުނު ހިލޭ ޖެހުމަކުން ރޮނާލްޑޯ ކާމިޔާބުކުރިއިރު، އޭގެ ފަހުން ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ރެއާލުގެ ކުޅުންތެރިންނަށް ލިބުނެވެ. އެގޮތުން ލޫކަ މޮޑްރިޗް ފޮނުވާލި ބޯޅައެއް ގޯލުގެ ދަނޑިއަށް އަމާޒުވި އެވެ. އަދި ރޮނާލްޑޯ އާއި ޓޮނީ ކްރޫސް ފޮނުވާލި ބޯޅަތައް ގޯލާ ސީދާނުވެ ދިޔައިރު، ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުމެ ގަރެތު ބޭލް ފޮނުވާލި ބޯޅަ ގްރެމިއޯގެ ކީޕަރު މާސެލޯ ގްރޯހޭ ވަނީ މަތަކޮށްފަ އެވެ.
މިއީ ރެއާލުން ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރި ތިން ވަނަ ފަހަރެވެ. މި މުބާރާތް އެންމެ ގިނައިން ކާމިޔާބުކުރުމުގެ ރެކޯޑް ރެއާލުން ހިއްސާކުރަނީ އެ ޓީމުގެ ވާދަވެރި ކްލަބް ބާސެލޯނާއާ އެވެ. ރެއާލުން މި ރެކޯޑާ ހަމަކުރީ މިދިޔަ ހަތަރު އަހަރު ތެރޭ ތިން ފަހަރު ތަށި ހޯދައިގެންނެވެ. މިދިޔަ އަހަރުގެ ފައިނަލުގައި އެ ޓީމުން ވަނީ ރޮނާލްޑޯގެ ހެޓްރިކާ އެކު 4-2 އިން ޖަޕާނުގެ ކަޝިމާ އެންޓްލާސް ބަލިކުރުމަށް ފަހު އެވެ.
މި ފަހަރުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ރެއާލް އެވެ. މުބާރާތުގެ ތިން ވަނަ އަށް އެންމެ މޮޅު ކުޅުންތެރިޔަކީ ގްރެމިއޯގެ ޔޮނަތަން އަށެވެ. ދެ ވަނަ އަށް އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ ހޮވުނުއިރު، އެންމެ މޮޅު ކުޅުންތެރިޔަކީ މޮޑްރިޗެވެ.
ފައިނަލުން ބަލިވުމުން ގްރެމިއޯ އަށް ވަނީ މި މުބާރާތް ކާމިޔާބުކުރި ހަތަރު ވަނަ ކްލަބަކަށް ވުމުގެ ފުރުސަތު ގެއްލިފަ އެވެ. މި މުބާރާތް ކުރިން ކާމިޔާބުކުރި ބްރެޒިލްގެ ތިން ކްލަބަކީ ކޮރިންތިއަންސް، ސަންޓޮސް އަދި އިންޓަނަސިއޮނަލް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕެނާލްޑޯ އާއި ކުނަ މެހި
18 December 2017
މަހީކުރީ ރިއަލް ފަހެތިވަރު ޖަހާނެކަމަށް. ޒިދާން ރަނގަޅުވާނީދެން މަހަށްދިޔައީޔާ. ތިޔަ ގްރެމިއޯ ކޮޅަށް ލަސް ޕަލްމަސްވެސް ޖަހާނެ އެއްލަނޑަށްވުރެ ގިނައިން. ޕެނާލްޑޯއަށް ދަންނަވާލަންބޭނުމީ އަދި ތިހެން އެއްލަނޑު ޖެހުނަކަސް ދުނިޔޭގެ އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާއަކަށް ނުވެވޭނެޔޭ. ޕެނާލްޑޯއަށް އެތްލެޓިކޯގެ ޖުއަންފްރަންއަށްވުރެވެސް ބާރަށް ނުދުވެވޭ. މިސީޒަނުގެ ސްޓްޓެސް ހަދާބަލަ. ހުރިހާގޮތަކުން ނޭމާއަށްވުރެ މޮޅު ކުޅުންތެރިޔަކު ނުހުންނާނެ. އެންމެ ކައިރީގަވެސް އުޅެނީ މެސީ. ޕެނާލްޑޯ ގަދަ ދިހަޔަކަށްވެސް ނުވަންނާނެ. ޕެނާލްޑޯ ރަނގަޅަށް ރޮއްވާލާނަން ފެބްރުއަރީގައި ޕީއެސްޖީއާއި ކުޅޭ މެޗުން. އެމްބާޕޭ އަދި ނޭމާއެއް ނުހިފޭއްޓޭނެ. ކަވާނީ ގޯލް ގޯންޏެއް އޮއްސާލާނެ. ޒިދާން ލަދުގަންނަންޖެހޭނެ ފޯކައިދޫ އަތުން އެއްލަނޑު ޖެހުނީމަ. އެވެސް އެންމެ ވަރުގަދަ ސްކޮޑާއެކު. ޕެނާލްޑޯވެސް ދަނޑުމަތީގައި ހުއްޓާ
ހޯރަ
17 December 2017
މަރުޙަބާ ރެއާލް މެޑްރިޑް، މަރުޙަބާ މޮޑްރިޗް، މަރުޙަބާ ރޮނާލްޑޯ. މަރުޙަބާ ޒިދާން.
މެސީ
18 December 2017
މަރުޙަބާ ރެއާލް މެޑްރިޑް، މަރުޙަބާ މޮޑްރިޗް، މަރުޙަބާ ރޮނާލްޑޯ. މަރުޙަބާ ޒިދާން. މަރުހަބާ ރަދީފް. މަރުހަބާ ދިވެހިން.
ލޯންސްޓަރ
17 December 2017
ރެއާލް 06 ފަހަރު.
ފާގަ ހަސަނާ
17 December 2017
ބެލެންޑޯ ވިނާރ އަށް 2 ވަނަ ލިބުނީމަ ދެރަ އީ..
އާޒާދީ
17 December 2017
ކުލަބު ވޯލްޑްކަޕްގެ ނަމަށް ބަދަލުކުރިފަހުން ރެއާލް ބާރސާ 3 ތަށި އެއީ އެންމެ ގިނަ އޯކޭ.. އޭގެ ކުރީގަވެސް ތި މުބާރާތްކުޅުނު އެހެން ނަމެއްގަ.. ޖުމްލަކޮށް ބަލާއިރު ކޮންބައެއްތަ އެންމެ ތަށި ގިނައީ؟ ނޭނގޭތީ މި އަހާލީ
ރަދީފް
17 December 2017
ކުރިން އެއީ Intercontinental Cup. އެނަމުގަ މުބާރާތް ކުޅެވުނުއިރު ޕެނަރޯލް ، ނެސިއޮނާލް ، މިލާން ، ރެއާލް މެޑްރިޑް އަދި ބޮކާ ޖޫނިއާސް މިއިން ކޮންމެ ޓީމެއް ވަނީ ޖުމްލަ 3 ފަހަރު ޗެމްޕިއަންކަން ހޯދާފަ.ފީފާ ކްލަބް ވޯލްޑްކަޕަށް ނަން ބަދަލުކޮށް އެހެން ފޯމެޓަކަށް މުބާރާތް ބަދަލުކުރިފަހުން ރެއާލް ވަނީ 3 ފަހަރު ޗެމްޕިއަންކަން ހޯދާފަ.އެހެން ވީމަ މިމުބާރާތުގެ ތާރީހަށް ބަލާނަމަ އެންމެ ކާމިޔާބް ޓީމަކީ ސްޕެއިންގެ ރެއާލް މެޑްރިޑް.#ހަލަމެޑްރިޑް (މަގޭ އިންފޯ ގޯސްނަމަ ރަނގަޅު ކޮއްލަދިނުން އެދެން) . ވ.ވ.ވ.ވެދުން
ރަދީފް
17 December 2017
މަރުހަބާ ރެއާލް.މަރުހަބާ ރޮނާލްޑޯ. މަރުހަބާ ޒިދާން.