ބިލް ގޭޓްސް: އޭނާއަކީ މައިކްރޮސޮފްޓްގެ ބާނީ
17 ޑިސެމްބަރ 2017 - 14:55
މައިކްރޯސޮފްޓްގެ ބާނީ އަދި ދުނިޔޭގެ އެންމެ މުއްސަނދިންގެ ތެރޭގައި ހިމެނިވަޑައިގެންނަވާ އެމެރިކާގެ ވިޔަފާރިވެރިޔާ ބިލް ގޭޓްސް މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
އެނގިފައިވާ ގޮތުގައި އާއިލާއާ އެކު ގޭޓްސް ޗުއްޓީ ހޭދަކުރައްވަނީ ނަލަދޫ ޕްރައިވެޓް އައިލެންޑްގަ އެވެ. ގޭޓްސް ރިސޯޓަށް ވަޑައިގަތުމުގެ ކުރިން އޭނާގެ ބައެއް ބޮޑީގާޑުންނާއި ޔޮޓް ވަނީ އެ ރިސޯޓަށް ގޮސްފަ އެވެ.
ފްރާންސްގައި ދާދި ފަހުން ބޭއްވި ވަން ޕްލެނެޓް ސަމިޓުގެ ހަވާސާގެ ތެރެއިން ރާއްޖޭގެ ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހީމާ ގޭޓްސް ވާހަކަ ދައްކަވަނީ
ދުނިޔޭގައި އިންސާނިއްޔަތަށް އެންމެ ބޮޑު ހޭދައެއް ކުރައްވާ ގޭޓްސް މީގެ ކުރިން ވެސް ވަނީ އެކި ފަހަރު މަތިން ރާއްޖެ ވަޑައިގެންފަ އެވެ.
ގޭޓްސް މި ފަހަރު ރާއްޖެ މި ވަޑައިގަތީ ފްރާންސްގައި ބޭއްވި "ވަން ޕްލެނެޓް ސަމިޓް" ގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެވެ. އެ ސަމިޓުގެ ހަވާސާގެ ތެރެއިން ރާއްޖޭގެ ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހީމާއި ގޭޓްސް ވަނީ ބައްދަލުކުރައްވައިފަ އެވެ.
ފޯބްސް އިން ނެރޭ ދުނިޔޭގެ އެންމެ މުއްސަނދި 400 މީހުންގެ ލިސްޓުގައި ގޭޓްސް ހިމެނިވަޑައިގަންނަވާތާ މިހާރު 24 އަހަރު ވެއްޖެ އެވެ. އުމުރުފުޅުން މިހާރު 62 އަހަރުވެފައިވާ ގޭޓްސްގެ މިލްކިއްޔާތު 90 ބިލިއަން ޑޮލަރު އެބަހުއްޓެވެ. އޭނާ އާއި އަނބިކަނބަލުން ހިންގަވާ މެލިންޑާ ގޭޓްސް ފައުންޑޭޝަނަކީ ދުނިޔޭގެ މި ފަދަ އެންމެ ބޮޑު ޗެރިޓީ ޖަމިއްޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހުމަދުނނނނނ
18 December 2017
ފޮންޏަކަށް ނޫން 2011 ވަނައަހަރު ޑިސެމްބަރުގަ ބިލްގޭޓްގެ ޔޮޓް އޮކްޓޮޕަސް ގެ ޖެޓްސްކީއަކަށް މައެރިން އެ ޔޮޓު ރާއްގޭގައި އޮއްވާ. ހެހެ
ހަސަނު 2
18 December 2017
ބިލް ގޭޓްސް ރާއްޖެ އައިސްގެން ރައްޔިތުންނަށް ވީ ކޮން ފައިދާއެއް؟
ކިސާން
18 December 2017
ޖަވާބް ޢޭނަ ޗުއްޓީ ހޭދަ ކުރަނީ ކޮންމެހެން މީހުންނަށް ފައިދާ ކޮއްދޭކަށް ނޫން.
ހަވޫރުން
18 December 2017
ރާއްޖޭގެ ރައްތައް ކުރިސްމަސް ޝޮޕިންގ ކޮއްލަވެގެން އެ ވަޑައިގަތީ.....
ކޮކާ
18 December 2017
އޭނަ އައީ އަހަރުން ގެއިން ބަތާ ގަރުދިޔަ ކާންވެގެން
ދީމާހު
18 December 2017
އަންނި ދައުވަތަކަށް ހެހެހެ
މިލިއަނަރު
18 December 2017
މިފަދަ މުއްސަދިންގެ ގައުމެއް މިރާއްޖެއަކީ. ކީއްކުރަން ރައްތައް ބޭރުމީހުންނަށް ވިއްކަންވީ. ބޯގޯސް.
ތޯތޯތޯ އަދީބު
17 December 2017
މިކަމަކާ ތޯރިގަކާ ކޮންކަމެއް، ގޭޓްސް މީގެ ކުރިން ވެސް ރާއްޖެ އައިސްފަވަނީ، އޭރު ތޯރިގު ކޮބާ ، ހެހެހޭ
ޜޮބިނޮ
17 December 2017
ޅޮލް މަޖަަަ
ޟައިފަ
17 December 2017
ސިކުންތަކު 114.16 ޑޮލަރު ބިލްގޭޓްސް އަށްލިބޭ
ޟާމަދިޔު
17 December 2017
މާމަދު
ނަސީދު ބުނެގެން
17 December 2017
ނަސީދު ބުނެގެން ބިލް ގޭޓްސް އައިސް އެއުޅުނީ!
މަހަށް
17 December 2017
ބިލް ގޭޓްސް ފަދަ ސުޕަރ ރިޗް ޓައިކޫންސް ތައް ރާއްޖެ އަށް ޗުއްޓީ ހޭދަ ކުރަން އާދޭ އެކަމަކު އިންޑިއާ އަށް އަދި ލަންކާ އަށް ނުދޭ އެމައްސަލައިގައި އެމެން ނައްޓަނީ. އިންޑިއާ ޖެހޭނީ މަމެން ދިވެހިން ފަށާ ކަމެއްގައި ހަމަ މަހަށް ދާން. މަމެން ދިވެހިންނާއި އިންޑިއާ އަށް ވާދަ ނުކުރެވޭނެއެވެ. އިންޑިއާ މަހަށް ދޭބަލަ. މަހަށް މަހަށް މަހަށް ދޭބަލަ.
ކޮން މަހެއް
17 December 2017
އިލެކްޓްރޯނިކް ސިޓީ އަކީ ބިލް ގޭޓްސް ހަރަދު ކުރާ ތަނެއް. ޢެތަން ހުންނަނީ އިންޑިއާގެ ބެންގަލޫރުގަ.
ކެނެޑީ
17 December 2017
ކަލޯ ހަމަތަ؟
ވަރަށްސާފު
17 December 2017
އެކޮއި... މިސަރަހައްދުގެ އައިޓީ ސެންޓަރ ހުންނަނީ ބެންގަލޫރުގަކަން އިނގޭތޯ...މި ޕިންކީންނަށް އިނގޭނީ ދެއުޅިއެއްނުވާ މީހުން ދައްކާ ވާހަކަ.
މަހަށޭ؟
17 December 2017
ބުނަން ދެން ޗައިނާއަށް ގައުމުވިއްކާލާފަ ވެރިކަންވެސްދީފަ، ޖީބުތައް ބޮޑުކޮށްގެން ގައުމުދޫކޮށް ފިލާ ހުރިހާއެންމެން،
ވާވު
17 December 2017
ޢެހެންވެ އިންޑިއާގަ ރޭޕްގެ މައްސަލަ އެންމެ ގިނައީ
ާްްއަހުމޭ
17 December 2017
މުއްސަދިން އައިސްގެން ސާވިސްޗާޖު އަށް އައި ކުރިއެރުމެއް ނެތް
ޖޯކު
19 December 2017
އަހަރެމެން އަކީ އަމިއްލަ އިން އެއްޗެއް އުފެއްދޭ ވަރުގެ ބައެއް ނަމަ ކިހާ ވަރެއް ވާނެބާ