އައިޔޫއެމްގެ އިމާރާތް: އައިޔޫއެމް ހިޔާ ޕްރޮޖެކްޓުގެ ދަށުން ޓަވަރު އަޅައިދޭނެ ބަޔަކު ހޯދަން ވަނީ އިއުލާނުކޮށްފައި.-
24 ޑިސެމްބަރ 2017 - 14:31
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ހިއްކާފައިވާ ސަރަހައްދުގައި 14 ބުރީގެ ޓަވަރެއް އަޅައިދޭނެ ބަޔަކު ހޯދަން އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން މިއަދު އިއުލާނުކޮށްފި އެވެ.
އެ ޔުނިވާސިޓީން ކުރި އިއުލާނުގައި ބުނީ މަސައްކަތް ކުރާ ކުންފުނިން އަމިއްލަ އަށް ހަރަދުކޮށްގެން ޓަވަަރު އަޅަން ޝައުގުވެރިިވާ ފަރާތްތަކުން އަންނަ ހަފުތާގެ ބުދަ ދުވަހުގެ ކުރިން ބީލަން ހުށަހަޅަން ފުރުސަތު ދީފަ އެވެ.
އައިޔޫއެމް އިން އަޅާ ޓަވަރުގެ ބޮޑުމިނަކީ 14،343.11 އަކަފޫޓެވެ. އަދި އެ ޓަވަރު އަޅާ ބިމުގެ ބޮޑުމިނަކީ 19،369 އަކަފޫޓެވެ.
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި 240 ހެކްޓަރުގެ ބިން ހިއްކާފައިވާ އިރު، އެ ތަނުގައި 15،000 ފްލެޓު އަޅަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި "ހިޔާ" މަޝްރޫއުގެ ދަށުން އަޅާ ހައުސިން ޔުނިޓްތައް 2019ގެ ތެރޭގައި ނިމެނޭ ކަމުގެ ޔަގީންކަން ރައީސް އަބްދުﷲ ޔާމީން ވަނީ ދެއްވައިފަ އެވެ.
އަށްޑިހަ ހާސް މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން 25 ބުރީގެ 62 ޓަވަރު އަޅަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން ބައެއް ޓަވަރުތައް ހަދަން ސަރުކާރުގެ ބައެއް ކުންފުނިތަކާ ހަވާލުކުރުމުން، އެ ކުންފުނިތަކުން އަންނަނީ އެކަން ކުރާނެ ބަޔަކު ހޯދަން އިއުލާނު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮލެޖް އިކޮނޮމިސްޓް
25 December 2017
ޓަވަރު އަޅާނެ ފައިސާ ނުހުންނާނެ ތި ޔުނިވަސިޓީގައި. އާމްދަނީ ވަންނަ ތަނެއް ނޫން.
ކޮންޓޭ
24 December 2017
ތިގޮތަށް މާލެގެ ހުރިހާ ސަރުކާރު ސްކޫލު ތަކަށްވެސް ބިން ދޭންވީ. އަމިއްލައަށް ފައިނޭންސަރ އެއް ހޯދައިގެން 25 ބުރީގެ ފްލެޓް އަޅަން. އޭރުން އެ ތަނެއްގެ މުވައްޒަފުންގެ ބޯހިޔާވަހިކަން ހަމަޖެހުނީ. އަދި މުވައްޒަފުންގެ ލޯޔަލިޓީ ވެސް ރަނގަޅުވާނެ. އަދި އެ ސްކޫލު ހިންގާނެ ބަޖެޓްވެސް އޭގެން ހަމަޖެހޭނެ.
މަންނަ
25 December 2017
ވަރަށް ރަނގަޅު ހިޔާލެއް. ޔުނިވާސިޓީ ތަކަށް ބިން ދެންނާ އިސްކޫލު ތަކަށްވެސް ދޭންވީ. އަދި އޭގެ ފަހުން ސަރުކާރުން އެ އިސްކޫލު ތަކަށް ކަނޑަ އަޅާ ބަޖެޓު ނުދީ ފަރުޖެއްސި ދާނެ. ޓީޗަރުންނަށް އެ ތަނުން ފްލެޓް ލިބުމުން ވަޒީފައަށް ކަމޭ ހިތާނެ، އެ ކަހަލަ ނިޒާމެއްވެސް ހެދިދާނެ. މީ ހަމަ ވަރަށް ރަނގޅު ކަމެއް.
ބޭރުވެލާ
24 December 2017
ތި ޓަވަރު ތަކުގެ އުޅޭނީ ދިވެހިން ބާއޭ؟
އާފް
24 December 2017
25 ބުރީގެ 62 ޓަވަރޭ ކިޔަނީ.. ހުރިހާ ކުންފުންޏަކުން އިއުލާން ކުރަނީ 15 ބުރި އަޅަން.. މިވާގޮތެއް ހަމަ އެއްގޮތަކަށްވެސް ނޭނގުނު..
އައިޖޭ
24 December 2017
މިއަދު އިއުލާން ކުރީ، އަންނަ ހަފްތާ ބުދައަށް ބީލަން ހުށަހަޅަން؟؟ އެންމެ 10ދުވަސް!!! ޔގީން ކޮންމެސް ބަޔަކާއި އެކު މިހާރު ޑިލް ހަދާފަ އޮްންނާނީ ދީ