ށ. ފުނަދޫ ބަނދަރުމަތި: އެ ރަށުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ފިހުނު މީހަކަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން.
28 ޑިސެމްބަރ 2017 - 17:11
ށ. ފުނަދޫގައި، ގޭސް ލީކުވެފައި ހުއްޓާ އުނދުން ރޯކުރި މީހެއްގެ ގައިގައި މިއަދު ހުޅު ހިފައި އޭނާ ވަރަށް ބޮޑަށް ފިހިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ހާދިސާގައި ފިހުނީ ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށެވެ. އޭނާ އަށް ފުނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުން އަންނަނީ ފަރުވާދެމުންނެވެ.
ތަފްސީލު އަންނަނީ.....
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ނާޝިދު
29 December 2017
ނަސީބެއްނު، ގެ އަނދާ ހުލި ނުވިކަން ދެއްތޯ؟ ކުޅަދުންވަންތަކަން!
ދެރަ
28 December 2017
ގޭސް ލީކުވާކަން އަނަގައިދޭ ރެގިއުލޭޓަރ ބަދަލުކުރުން ބުއްދިވެރި، އެހާހޭލުންތެރި މީހުންނެއްނޫން ގިނައިން ބަދިގެގޭގެ ބުރަމަސައްކަތުގަ މިއުޅެނީ. ހޭލުންތެރިވިޔަސް ކަމެއްމެދުވެރިވެދާނެ އެކަމް ރައްކާތެރިކަން އެއީ ދީންވެސް ބާރުއަޅާކަމެއް، އަނިޔާ ލިބުނު ފަރާތައް ﷲ ސިފާ މިންވަރުކުރައްވާށި. އާމީން
މަސްޓްބީ
28 December 2017
ގޭސް ލީކް ވެފައި ހުއްޓާ އުނދުން ރޯ ކޮށްގެން ފިހުނު މީހާ އަށް އަވަސް ފަރުވާ އަށް މަމެން އެދެމޭ. ގޭސް ލީކް ޑިޑެކްޓަރާއި އަދި އެލާމް އަޅާ ގޮތަށް ހަދަން އެބަޖެހޭ ގޭސް ސަޕްލައި ކުރާ ކުންފުނި ތަކުން. މިކަން އެބަޖެހޭ މަޖްބޫރު މާއްދާ އަކަށް ހަދަން. މިހާރު ހުޅުމާލޭގައި 25 ބުރިއަށް ފްލެޓްސް ޓަވަރު ތައް ހަދާއިރު މިކަމަކީ މީ ކޮންމެހެން ވިސްނަން ޖެހޭނެ ކަމެކެވެ. އިޓް މަސްޓް ބީ އިން ގުޑް. އިޓްސް އޯލް ރައިޓް.
ހަސަނ
28 December 2017
މިކަމަކީވެސް ރާއްޖޭގައި ފުދޭވަރަކަށް ހިނގަމުންދާ ނުރައްކަލެއް. ރައްކާތެރި ކަމުގެ ފިޔަވަޅެއްގެގޮތުން ދިރިއުޅޭ ތަންތަނަށް ހުއްދަ ދޭއިރު ގޭސް ޑިޓެކްޓަރ އަދި ފަޔަރ އެލާރމް ހަރުކުރަން މަޖުބޫރު ކުރަން ފެނޭ.
ކޮންޓޭ
28 December 2017
އަވަސް ޝިފާއަކަށް އެދެން.
ކައުންސެލަރު
28 December 2017
ކޮންމެމީހަކުނަމަވެސް ވަރަށްވިސްނާލަންޖެހޭކަމެއް އެކަމް ވަރަށް ފަރުވާކުށަކުރެވޭކަމެއް ގޭސް ލީކުވެފަތޯ ނޫންތޯ.. އަވަސް ޝިފާއަކަށް އެދެން