ޚަބަރު

އަލިދޫގޭގައި ކޮނެފައިވާ ވަޅުގަނޑުގެ ގުންޑޮޅި ކަނޑައިގެން ގޮސް މަގަށް ގެއްލުންވެއްޖެ

މއ. އަލިދޫގެ ހެދުމަށް އެ ގޯތި ތެރޭގައި ކޮނެފައިވާ ވަޅުގަނޑުގެ ގުންޑޮޅި، ރޭ ކުރި ވިއްސާރައިގައި ކަނޑައިގެން ގޮސް މަގަށް ގެއްލުންތަކެއް ވެއްޖެ އެވެ.

ޝަހީދު ކުޑަނެވި ތުއްތު މަނިކު ހިނގުމުގައި ހުންނަ، 6،000 އަކަފޫޓުގެ އެ ގޯތީގައި ފައުންޑޭޝަން އެޅުމަށް ކޮނެފައިވާ ސަރަހައްދުގެ ބޭރުން މަގުގެ އަރިމަތީގައި ޖަހާފައިވާ ބިތްގަނޑު ވެސް ވަނީ، ގުންޑޮޅި ކަނޑައިގެން ދިއުމުގެ ސަބަބުން އެ ގޯތި ތެރެއަށް އަރިއަޅާލައިފަ އެވެ. ބިތްގަނޑު އަރިއަޅައިލީ އެ ގޯތީގައި ކޮނެފައިވާ ވަޅުގަނޑުގެ ތެރޭގައި ފެންބޮޑުވެ މަގާ ވީ ފަރާތުން ވަޅުގަނޑުގެ ތެރެއަށް ވެލިގަނޑު ފާބައި ގުންޑޮޅި ކަނޑައިގެން ދިއުމުގެ ސަބަބުންނެވެ.

ވިއްސާރާގައި ގުންޑޮޅި ކަނޑައިގެންގޮސް މަގަށް ގެއްލުންތަކެއް ވެފައި-- މިހާރު ފޮޓޯ: އަހުމަދު ސާއިލް އަލީ

އެ ސަރަހައްދުގެ ގުންޑޮޅި ކަނޑައިގެން ދިޔުމުގެ ސަބަބުން، މަގުގެ އެ ފަރާތުގައި އަތުރާފައިވާ ގިނަ އަދަދެއްގެ ގާތައް ވެސް ވަނީ އެ ގޯތީގެ ތެރެއަށް ފައިބައިފަ އެވެ. އަދި އެ މަގުގެ ނަޖިސް ހޮޅިއެއް ވެސް ވަނީ ފަޅައިގެންގޮސްފަ އެވެ.

އެމަގަށް ދުއްވާ އެއްޗެހި ނުވަދެވޭ ގޮތަށް މިހާރު ބަންދު ކޮށްފައިވާ އިރު، ބެޗް ކޮންސްޓުރަކްޝަންގެ އޮފިޝަލް ބުނީ، އެމްއާރުޑީސީ އާއި އެމްޑަބްލިޔުއެސްސީއާ ގުޅިގެން އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

20 ކޮމެންޓް, 161 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 78%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މައިތިރި

04 January 2018

މާލޭކަހަލަ ބައިބޯ މީހުން ތޮއްޖެހިފައި ތިބި ތަނެއްގައި އިމާރާތްކުރާ އިރު ސިވިލް އިންޖިނިއަރިންގ ގެ ބެސްޓް ޕްރެކްޓިސްއާއި އެއްގޮތަކަށް ނޫން ކަންތައް ކުރަމުން ދަނީ.. ނަސީބު ރަނގަޅު ވީމަ މިހާތަނަށްވެސް ހިތާމަވެރި ހާދިސާއެއް ނުހިނގާ އޮތީ.. ތިވަރުގެ ބޮޑު ވަަޅުގަނޑެއްގެ ގުންޑޮޅި ކަނޑައިގެން ދާއިރު ޖެހިގެން ހުރިި އިމާރާތްތަކުގެ ފައުންޑޭޝަންގެ ދަށުން ވެލިގަނޑު ދަމައިގެން ގޮސް އަރި އެޅިނަމަ ކިހާ ގެއްލުމެއް ވާނެ.. އަދި އަލުން ތިތަން ބަރާއިރު ވަށައިގެން ހުރި ތަންތާގެ ފަސްގަނޑު ބާރު ކުރަން ޖެހޭ... އަނެއްކާ ތިވަރު ތަނެއް ކޮންފަ ޑީވޯޓަރ ނުކޮށް އޮތީ ކީއްވެ؟ ޑީވޯޓާރ ކޮށްފަ އޮތްނަމަ ވިއްސާރަވިޔަސް ތިހާވަރަށް ފެން ބޮޑެއް ނުވާނެ

The name is already taken The name is available. Register?

2322

04 January 2018

ތިބުނި އެއްޗެއްމާރަނގަޅަށް ސާފެއްނުވި އެކަމު ހީވެތީ ރަނގަޅު ވާހަކައެއްހެން.

The name is already taken The name is available. Register?

މައިތިރި

05 January 2018

ޑީވޯޓަރ ކުރުމަކީ ފައުންޑޭޝަން އަޅަން ކޮނެފަ އޮންނައިރު ފެންބޮޑުވިޔަ ނުދޭން ޕަމްޕު ބޭނުންކޮށްގެން އެހެން ތަނަކަށް ނުވަތަ ކަނޑަށް އެފެންގަނޑު ބޭރު ކުރުން.. އިމާރާތް ކުރަން ފަށާއިރު މި ފެންނަނީނު ހޮޅިތަކެއް އަޅާތަން.. އެއީ އެފެން ބޭރު ކުރަން ކުރާ ކަމެއް.. އޭރުން ގުންޑޮޅި ކަނޑައިގެން ނުދާނެ.. އަދި ވާރޭވެހުނަސް ފެންބޮޑުވާ މިންވަރު ވަކިވަރެއްގައި ކޮންޓްރޯލް ކުރެވޭނެ..

The name is already taken The name is available. Register?

ލެޕްޓޮޕް

03 January 2018

ވަށައިގެން އާބާދުވެ ފުރިފައިވާ ސަރަހއްދަކުން ގާތްގަނޑަކަށް 50×100 { 5000 ) އަކަފޫޓުގެ ބޮޑު ވަޅުގަނޑެއް ކޮނެ ބޯކޮން ވާރޭ ވެހޭއިރު ވެލިގަނޑު ފައިބައިގެން ދާގޮތަށް ބޭއްވުމަށްފަހު ގޮސް ދެފައި ދަމައިގެން ނިދާފަ ކަންކަން ވެގެންދާނެ ގޮތާމެދު ފިކުރެއް ޚިޔާލެއް ނެތި ދިއުމުގެ ސަބަބުން ރައްޔިތުން ނުރައްކައުތެރިކަމަށް ޙުށަހެޅުނީ

The name is already taken The name is available. Register?

މުއިއްޒު

03 January 2018

ހައުސިންގް މިނިސްޓްރީގެ ހުއްދަ ކުރިން ނެގުމަކާއިނުލާ މާލެއަށް އެހާބޯކޮއް ވާރޭވެހިފައިވާތީ ސަރުކާރުން ބަޔާނެއްނެރޭނެ ކަމަށް އުންމީދުކުރަން.

The name is already taken The name is available. Register?

މޮހޮނު

03 January 2018

އަނެންހެން އެހާ މަޖަލެއްނޫން ތިބުނި އެއްޗެއް!

The name is already taken The name is available. Register?

ޙަހަހަ

04 January 2018

ޔޫގެ ކޮމެންޓް މާމަޖާ މޮހޮނޫ!

The name is already taken The name is available. Register?

އަނިޔާވެރިކަމާ ދެކޮޅު މީހާ

04 January 2018

ސަރުކާރުގެ ގިނަކަންކަމާ މެދު ހިތްހަމަ ނުޖެހޭ. އެކަމަކު ކުފުރުގެ ބަސްބުނުމާމެދުވެސް ހިތްހަމައެއް ނުޖެހޭ. ތިކަހަލަ ވާހަކަ ނުދެއްކުމަށް ނަސޭހަތްތެރިވަން.

The name is already taken The name is available. Register?

އަނިޔާ ވެރިޔާ

04 January 2018

ދެކޮޅު މީހާއަށް އެގޭނެތަ ކުފުރު ބަހެއް ފެނުނިއްޔާ!! ތީ ހިތުން ޝޭހެއްތާ؟؟

The name is already taken The name is available. Register?

މޯޑް

03 January 2018

އިމާރާތް ކުރުމަށް ހުއްދަ ދޭއިރު ފައުންޑޭޝަން އަޅަން ކޮންނަ ބައިގެ ރައްކާތެރިކަން ބެލުމަށް ކޮންމެވެސް މިންގަޑެއް އެކުލަވާލުން މުހިންމު. މިސާލަކަށް ވަށައިގެންވާ މަގާއި އިމާރާތްތައް ރައްކާތެރި ކުޅުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ، ކޮންނަ ބައިގެ ޕައިލް ނުވަތަ ސަޕޯޓް ހުންނަ ގޮތުގެ ކުރެހުން އިންޖިނިއަރުންގެ ސޮޔާއެކު ހުށަހެޅުން ފަދަ ޤަވާޢިދެއް އޮންނަ ނަމަ މިގޮތަށް ކަންކައްތައް ވުން ދުރުވާނެ ކަމަށް ފެނޭ!

The name is already taken The name is available. Register?

5ކިލޯ

03 January 2018

އިހްމާލުގެ ސަބަބުން ފަސްގަނޑަށް މިއައި ދޫކަން މުޅިސަރަހައްދަށް ކުރާނެ އަދި ފަސްގނޑު ދޫވެ ގުންޑޮޅި ކަނޑައިގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ކަްިރީގަވާ ޢިމާރަޓްތަކަށް މިކަމުގެ ނޭދެވޭ އަސަރުކުރާނެ މިކަމުގެ ބަދަލް ހޯދެންޖެހެނެ

The name is already taken The name is available. Register?

އަހްމަދު

03 January 2018

ގުންޑޮޅި މީ ކޯއްޗެ

The name is already taken The name is available. Register?

މޯޑު

03 January 2018

ގުންޑޮޅި: ވަޅުގަނޑެއްގެ ނުވަތަ ފެންގަނޑެއްގެ އަރިމަތީ ފަސްގަނޑު. ރާޅުޖަހައިގެން ގިރަމުންދާ ތަނެއްގެ ކައިރިފަށުގައި، އުސްކޮށް އޮންނަ ފަސްގަނޑު.

The name is already taken The name is available. Register?

ޝަހާމު ޝަރީފް

03 January 2018

މިފަދަ ކަންކަން ދިމާވަނީ ބަލަންވާވަރަށް ނުބަލާ ކަންކަން ކުރާތީއެވެ. މިއީ ވިއްސާރަ މޫސުމެއް ކަން އިގޭއިރު ރައްކާތެރި ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ އިމާރާތް ކުރާތީއެވެ. ނަސީބެއްނޫން! އަވަށްޓެރި ގެއެއްގެ ގުންޑޮޅި ކަނޑައިގެން ގޮސް ގެ ނުވެއްޓުނުކަން...! ސަރުކާރުން ހަރުދަނާ ފިޔަވަޅު ތަކެއް އަޅަން އެބަޖެހޭ. އަދި އުސްކޮށް އިމާރާތްކުރާ 1000 އަކަފޫޓަށްވުރެއް ބޮޑެތި ތަންތަން ފުނަށް ކޮންނަން ފެށުމުގެ ކުރިން ޕައިލްކުރަން އެބަޖެހޭ. ރައީސް ޔާމީންގެ ގެ މިހާރު އެހައްދަވަނީ އެކަހަލަ ގޮތަކަށް. ފުރަތަމަ ޕައިލް ކޮށްފައި، ދެން ބޯހޯލް ތޮރުފާފައި ކޮންކްރިޓް އަޅާ ތަނބުތަކެއް ބިމުގެ ވަރަށް ފުނަށް ޖަހަނީ އެއަށްފަހު 2 މީޓަރަށް ކޮނެލާފައި އެކީއެކަށްޗަކަށް ފައުންޑޭޝަން ޕެޑް އަޅާފައި އިމާރާތް ކުރަން ފަށަނީ...!

The name is already taken The name is available. Register?

ލ.އަތޮޅު

03 January 2018

ވިއްސާރަ މޫސުމެއްނޫން މިއީ.އެކަމަކުވެސް އަސްލު ކަންކުރަންވިގޮތަށް ނުކުރެވުނީމަ މިއޮތީ ގޯސް ހިނގާފަ.

The name is already taken The name is available. Register?

މިއަތޮޅު

03 January 2018

ލ.އަތޮޅަށް ވިއްސާރަ ނުވެދާނެ. އެކަމު މާލެއަށް ވިއްސާރަ މިއަދުވެސް. އަދި ގިނަ ދުވަސް ދުވަހު ވައިވެސް ގަދަ.

The name is already taken The name is available. Register?

ދޮޅަސް

03 January 2018

ހެލޯ ލ.އަތޮޅު..... ނަކަތުގެ ނަމަކީ "ހަޅަ" ހަޅާގައި ގަދަވެ ވިއްސާރަ ކުރާނެ، އަހަރެން އެއްމެ ކުޑައިރުންސުރެ މިއަދާހަމައައް ތަޖުރިބާ ކުރި މިނަކަތް، ބައެއްނަކަތުގާ އިހުގަކުރި ވިއްސާރަ ފަހުގެ އަހަރުތަކުގާ ނުކުރާކަންވެސް ފާހަގަކޮއްލަން ނުކުރެ

The name is already taken The name is available. Register?

ދިލް

03 January 2018

މިރޭ ނިދާފަ ހޭލާ އިރު، އެއްވެސް ކަމެއް ހަނދާނެއްނުހުންނާނެ، އިޓް ވިލް ބީ އަ ހޯލް ނިއުޑޭ!

The name is already taken The name is available. Register?

ތުއްތީދިބެ

03 January 2018

21% މީހުން މި ހަބަރު ކިޔާފަ އުފާ ވީ ކީއްވެބާ؟ ބަޔަކަށް ލިބޭ ހިތާމައިގަ އުފާ ވަނީ ކީއްވެބާ؟ ދިވެހިން ގެ އަހުލާގު މިޔަށް ވުރު ރަގަޅު ކުރަން ވެއްޖެ ނުންތޯ؟

The name is already taken The name is available. Register?

ޔެސް

03 January 2018

ތިޔަ ހުންނަނީ ހަމަ އަޖައިބުވާ ވަރުގެ ކަންކަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454