ހަލް ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: މިހާރު
04 ޖެނުއަރީ 2018 - 14:34
އެލައިޑް އިންޝުއަރެންސާއި އެމްޓީސީސީ ގުޅިގެން މިދިޔަ ސެޕްޓެމްބަރު މަހު ފެށި "އެލައިޑް ހަލް ޕްރޮމޯޝަން"ގެ ނަސީބުވެރިޔާ މިއަދު ހޮވައިފި އެވެ.
އެލައިޑް އިންޝުއަރެންސްގެ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހޮވުނީ ބަނަފްސާ ދޯނި ބަނުމަށް ށ. ކޮމަންޑޫ އަހުމަދު އިސްމާއީލް ނަގާފައިވާ ބޯޓް ބިލްޑިން އިންޝުއަރެންސް ޕޮލިސީ އެވެ.
ނަސީބުވެރިއަކަށް ހޮވުމުން އޭނާ އަށް އެމްޓީސީސީން ހުށަހަޅާފައިވާ ސުޒުކީ ފޯ ސްޓްރޯކް 60 ހޯސްޕަވަރުގެ އައުޓްބޯޑް އިންޖީނެއް ދޭނެ އެވެ. އެމްޓީސީސީން ބުނީ މިއީ 120،000ރ.ގެ އަގުހުރި އިންޖީނެއް ކަމަށެވެ.
މިދިޔަ އަހަރުގެެ ސެޕްޓެމްބަރު މަހު ބޭއްވި މެރިން އެކްސްޕޯގައި ފެށި، ޕްރޮމޯޝަންގެ ދަށުން 88 ފަރާތަކުން އިންޝުއާ ކުރި ކަމަށް ކަމަށް އެލައިޑުން ބުންޏެވެ.
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނިން ބުނީ އެ ކުންފުނީގެ ބޯޓް ބިލްޑިން އިންޝުއަރެންސް ޕޮލިސީ އާއި ހަލް އިންޝުއަރެންސް ޕޮލިސީ ނެގުމުން، ދޯނި ބަންނައިރު ދިމާވާ ކަންކަމުގެ އިތުރުން މޫދަށް ބޭލުމަށް ފަހުގައި ވެސް ދިމާވާ ކަންކަން ކަވަރު ކޮށްދޭނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy