މާލެ: ނޮވެމްބަރު 12، 2016: އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގައި އޭދަފުށި ޓީމާއި ތިމަރަފުށި ޓީމު ކުޅެނީ: 1-0 އިން ތ. ތިމަރަފުށި ބަލިކޮށް ބ. އޭދަފުށި ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
08 ޖެނުއަރީ 2018 - 13:21
މި އަހަރުގެ މާޗު 4-18 އަށް ހއ. ދިއްދޫގައި އޭއެފްސީ ސީ ލައިސަންސް ފުޓްބޯޅަ ކޯޗިން ކޯހެއް ބާއްވަން އެފްއޭއެމުން ތައްޔާރުވެއްޖެ އެވެ.
އެފްއޭއެމުން ބުނީ މި ކޯސް ފިރިހެނުންނާއި އަންހެނުންނަށް ވެސް ހުޅުވާލާފައިވާ ކަމަށާއި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 28 ވަނަ ދުވަހުގެ މެންދުރުފަހު 2 ގެ ކުރިން ދިއްދޫ ޒުވާނުންގެ މަރުކަޒަށް ހުށަހެޅުމަށެވެ. ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކޯހަށް ހޮވޭ ފަރާތްތަކުގެ އަތުން 3000ރ. ގެ ފީއެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން އެފްއޭއެމުން ވަނީ އަންނަ ފެބްރުއަރީ 24 އިން މާޗް 1 އަށް މާލޭގައި އޭއެފްސީ ފުޓްސަލް ކޯޗިން ސެޓްފިކެޓް ލެވެލް އެކެއްގެ ކޯހެއް ވެސް ބާއްވަން ރާވައިފަ އެވެ. އެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ދެ ޖިންސަށް ވަނީ ހުޅުވާލައިފަ އެވެ. ބައިވެރިވުވުމުގެ ފުރުސަތު އޮތީ މި މަހުގެ 23 ވަނަ ދުވަހުގެ މެންދުރުފަހު 2:30 އާ ހަމަޔަށް ހުޅުވާލައިފަ އެވެ. އަދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތްތަކުގެ އަތުން 2500ރ. ގެ ފީއެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ.
އެފްއޭއެމުން ދާދި ފަހުން މާލޭގައި ބޭއްވި ބީ ލައިސަންސް ކޯހުގައި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން ބައިވެރިވި އެވެ. އަދި މި އަހަރު އޭ ލައިސަންސް ކޯހެއް ބާއްވާނެ އެވެ. އެ ކޯސް މި ބާއްވަނީ 11 އަހަރަށް ފަހު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަހޫ
09 January 2018
ސާންތީ މޯހަން އައް ދޭ ހަދިޔާއެއް ތީ، މުލި ގަައުމުގެ ފުޓްބޯލަ ހަލާކު
ޗުމްޕު
09 January 2018
އޭ ލައިސަންސް ނަމަ ބައިވެރިވާނަން
ދިއްދޫ
08 January 2018
އޮޅިގެން ނަމަވެސް ޖެހިފަ ތި އިނީ ދިއްދޫ ދަރިއެއްގެ ފޮޓޯ. ބ.އޭދަފުށީ ޓީމަށް މިނިވަން ކަޕް ކުޅެދިން ކުޅުންތެރިއެއް.
އޭދަފުށި
09 January 2018
މިކުޅުންތެރިއަކީ އޭދަފުށި ދަނޑުގައި މިހާރު ވިދަމުން އަންނަ ކުޅުންތެރިއެއް. އަދި އޭދަފުށިޓީމަށް ވެސް މުހިއްމު ކުޅުންތެރި އެއް. ސުކުރިޔާ ދިއްދޫ. މޮޅެތި ކުޅުންތެރިން ދިއްދޫގައި ވެސް އުފެދޭތީ ވަރަށް އުފާ ކުރަން.