މިޝްޔާއަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ: އޭނާއަށް އަދިވެސް ވާހަކަ ނުދެއްކޭ
25 ޖެނުއަރީ 2018 - 15:41
އާދައިގެ ހުމެއް ކަމަށް ބަލައި، އައިޖީއެމްއެޗުން އެކަށީގެންވާ ފަރުވާ ނުދިނުމުން ހާލު ސީރިއަސްވި އައިޝަތު މިޝްޔާއަށް ވާހަކަ ނުދެއްކޭތީ ސްޕީޗް ތެރަޕީ ދޭން ފަށާފައިވާ ކަމަށް އާއިލާއިން މިއަދު ބުނެފި އެވެ.
ހަ އަހަރުގެ މިޝްޔާ މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު އައިޖީއެމްއެޗަށް ގެންދިޔައީ ހުން އައުމުންނެވެ. އެއީ އާދައިގެ ހުމެއް ކަމަށް ބަލައި ހަތަރު ދުވަސް ވާންދެން އެތަނުގައި ފަރުވާ ދިނެވެ. ނަމަވެސް ހާލަތަށް ބަދަލެއް ނައުމުން ސްރީ ލަންކާ އަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމުން ސީރިއަސް ބައްޔެއް ޖެހިފައިވާކަން އެނގުނެވެ.
މިޝްޔާގެ ބައްޕަ، ފުއާދު އަހުމަދު ބުނިގޮތުގައި ލަންކާގައި ފަރުވާ ދެމުން އަންނަތާ މަހެއް ވެފައިވާއިރު ދަރިފުޅަށް އަދިވެސް ވާހަކައެއް ނުދެއްކެ އެވެ. އެހެންވެ ނަވަލޯކާ ހޮސްޕިޓަލުގައި މިހާރު އޭނާއަށް ސްޕީޗް ތެރަޕީ ދެމުން އަންނަ ކަމަށް ބުންޏެވެ.
މިޝްޔާ ލަންކާއަށް ގެންދިޔައިރު ލޮލާއި އަނގަ ނުހުޅުވޭ ކަމަށާއި ތަނެއްގައި އިށީނދެ ވެސް ނީނދެވޭ ކަމަށް އާއިލާއިން ބުނެފައިވެ އެވެ.
"މިހާރު މިޝްޔާއަށް އިށީނދެގެން އިނދެވޭ. އެކަމަކު ވާހަކައެއް ނުދެއްކޭ، ނުހިނގޭ. އެހެންވެ، ވާހަކަ ދެއްކޭތޯ ބްރެއިން ސްޓިމިއުލޭޓްކޮށްގެން މިހާރު ސްޕީޗް ތެރަޕީ ދެމުން މިދަނީ،" ފުއާދު ބުންޏެވެ.
މިޝްޔާއަށް ޖެހިފައި ވަނީ ނިއުރޯ މައިލީޓިސް އޮޕްޓިކާ (އެންއެމްއޯ) ކިޔާ ބައްޔެއް ކަމަށް ވަނީ ދެނެގަނެވިފަ އެވެ. މިއީ އާއްމުކޮށް ނުފެންނަ އެކަމަކު ހާލު ވަރަށް ސީރިއަސް ވެދާނެ ފަދަ މައްސަލައެކެވެ.
ފުއާދު ބުނީ މިޝްޔާއަށް އަމިއްލައަށް ކަންކަން ކުރެވޭ ވަރަށް ސިކުނޑިން ސިގްނަލް ފޮނުވައި ނުދޭ ކަމަށް ޑޮކްޓަރުން އަންގާފައިވާ ކަމަށެވެ. ދަރިފުޅު މުޅިން ރަނގަޅު ކުރެވެން އޮތީ އަހަރެއް ވަންދެން އެންޓިބޮޑީސް ފަރުވާ ދީގެންނެވެ. އެ ފަރުވާ ދެމުން އަންނަ އިރު ވެސް ބަލި ބޮޑުވެ ހާލު ސީރިއަސް ވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ، ފުއާދު ބުންޏެވެ.
ފުއާދުގެ ހަ އަހަރުގެ މިޝްޔާ: އެ ކުއްޖާއަށް މިހާރު ފަރުވާ ދެމުން އަންނަނީ ލަންކާގައި
އޭނާ ގަބޫލުކުރާ ގޮތުގައި ދަރިފުޅުގެ ހާލު އެހާ ބޮޑަށް ދަށްވީ އާދައިގެ ހުމެއް ކަމަށް ބަލައި އައިޖީއެމްއެޗުން އަޅާ ނުލުމުންނެވެ. އަދި ހަތަރު ދުވަސް ވީ އިރު ވެސް ދަރިފުޅުގެ ހާލަތަށް ބަދަލެއް ނައުމުން، ރާއްޖޭން ބޭރަށް ގެންދަން އެދުމުން ކުޑަކުޑަ ކަމެއް ބޮޑުކުރަނީ ކަމަށާއި ބޭރަށް ގެންދިޔުމަކީ ބޭކާރު ކަމެއް ކަމަށް ބުނެ ޑޮކްޓަރު ރުޅިގަދަވެގެން އޭނާއާ ވާހަކަ ދެއްކި ކަމަށް ވެސް ފުއާދު ބުންޏެވެ.
އެހެންވެ އެއީ ސިއްހީ އިހުމާލުގެ މައްސަލައެއްގެ ގޮތުގައި ބަލައި، އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަދި އެ މައްސަލަ ބަލަމުން އަންނަ ކަމަށް އައިޖީއެމްއެޗުން ވެސް ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓެކް މޭން
26 January 2018
އަސްލުވެސް އައިޖީއެމް ހޮސްޕިޓަލްގައި އުޅޭ ބައެއްޑޮކްޓަރުންނަކީ ވަރަށް ބޮޑާ ބައެއް. ކަމަކާއި ގުޅިގެން ސްވާލެއްކުރިޔަސް ރުންކުރުގޮތަކަށް ޖަވާބްދޭނީ.މިގޮތަށް ފާހަގަކުރެވޭ ދުވަސްވީ ނަރުހުންގެވެސް.ރަނގަޅަށް ޖަވާބްދާރީވާން ނޭނެގެންޔާ ކާކުބުނީ ހޮސްޕިޓަލްގައި މަސައްކަތް ކުރަން . ދާންވީނު އެހެން ތަނަކަށް. ދައުލަތުން ރައްޔިތުންގެ ސިއްހީފަރުވާއަށް ހަދާފައި ހުރި ތަނެކޭ އެއީ އެހެންވީމައި ހިދުމަތް ހޯދަންގޮސް މީހުން ސުވާލުވެސް ކުރާނެ.ޖެހޭނީ ޖަވާބުވެސް ދޭން.
ޙަސަން
25 January 2018
ތީ ހަމަ ތިހޮސްޕިޓަލުގެ ހާލަތު. އެމީހުންގެ ދަރިންނެނޫނެއްނުން. އެމީހުން ހަދާއެއްޗެއް ހަދާފަ ބަލިބޮޑުވީމަ އެވީ ދޫކޮށްލަން. ސަރުކާރުން ކިޔަވަދީގެން އަންނަ ދިވެހި ޑޮކްޓަރުންގެ އެއްވެސް ރަހުމެއް ނުހުރޭ. ފޮނިކޮށް ޕޮޝްކޮށް ހޮސްޕިޓަލުގަ ވެސް އުޅެނީ. އެމްބީބީއެސް އޮތީމަ ހީވަނީ ދެން އެވަރުގެ ބަޔަކުނެތްކަމަށް ހެދިގެން. އާސަންދަވެސް ހީވަނީ މިމީހުންގެ ޖީބުން ދޭ އެއްޗެއްހެން އެވެސްނުދޭން ހިފަހައްޓަނީ. އަމިއްލަޖީބުން ޚަރަދުކޮށްގެން ދާންބޭންވީމަވެސް މިއުޅޭޑޮކްޓަރުން ދިޔަނުދޭން އުޅެނީ. މިހާތަނަށް ތިހޮސްޕިޓަލުގެ ޑޮކްޓރުންގެ އިހުމާލުން ވި އެއްވެސް ކަމެއްގެ ފިޔަވަޅު އެޅިފަޔެއްނެތް. ކަމެއްދިމާވާއިރަށް އުޅޭނެ މައްސަލަބަލަން ވަރަށް ވަރުދައްކާފަ މީހުންގެ ސަމާލުކަން ހޯދަން.
ޑޮކްއެކްސް
26 January 2018
ޙަސަން، ކީއްވެ މަދު ބަޔަކު ކުރާ ކަމެއް ހުރިހާ ދިވެހި ޑޮކްޓަރުން މަތި އަޅުވަނީ. ތިޔައީ އަޅުގަނޑު އުޅޭ ގޮތެއް ނޫނޭ ބުނަން ކެރޭނެ. މަސައްކަތް ކުރަނީ ވަރަށް އަޅާލައިގެންނޭ (އަދި އަމިއްލަ އާއިލާ މީހަކަށްވެސް ކަން ކުރާ ގޮތަށޭ ބުނަން). ސަރުކާރުން ކިޔަވައިދިނީ، ލައްބަ - އެކަމު ވަކި ފޮންޏެއް ނުވަން. އަދިވެސް ހުރިހާ މީހުންނަށް ތިހެން ކިޔާނަންތަ؟ މި ކޮމެންޓަށް ޖަވާބު ދެއްޗޭ. ޙަސަން ކޮން ދާއިރާއެއްގަތަ މަސައްކަތް ކުރަނީ؟
ތެދު
26 January 2018
ވަރަށް މަދު ޑޮކްޓަރެއް ރަނގަޅީ. ބައެއް މީހުން ހެޔޮ މަރައްތެޅުނަސް، އަޅާނުލާ ޑޮކްޓަރުން ތިބޭ ހަމަ. ޑޮކްއެކްސް ކޮއްމެ އެއްޗެކޭ ކިޔަސް ހެޔޮ. ޑޮކްއެކްސް ފުރަތަމަ ތަން ރަނގަޅު ކުރަން ދޭބަލަ. އެކަމަށް އަޑުއުފުލަބަލަ. ޑޮކްއެކްސް ތީރަގަޅު މީހަކަށް ވެދާނެ. އެކަމް ގިނަ މީހުން ފަރުވާ ކުޑަ ހަމަ. ޑޮކްއެކްސް ރަނގަޅު ޑޮކްއެއް ގޮތުގާ ހުނާނެ ކަމަށް އުއްމީދު ކުރަން.
އިހުސާން
25 January 2018
ސިއްޙީ އިޙުމާލަކީ އަކީ އެއްވެސް ގޮތަކަށް ނެގޯޝިއޭޓް ކުރެވޭނެ ޙައްޤެއް ނޫން، ޙާއްޞަކޮށް މާބަނޑު މީހުންނަށާއި ތުއްތުކުދިންނަށް ފަރުވާ ދިނުމުގައި ވެވޭ އިޙުމާލު ބަލައި ނުގަނެވޭނެ. ކޮންމެ ދެމަފިރިއަކުވެސް އާއިލާ ރާވަނީ ވަރަށް ބޮޑަށް ތައްޔާރުވެ އުންމީދުތަކާއި އެކު، އެކަމަކު ސިއްޙީ ޙިދުމަތްތެރިޔާ ވެވޭ އެންމެ އިޙުމާލަކުން މުޅި ދިރިއުޅުމުގެ އުންމީދު ހަލާކުވެގެން ދިއުމަކީ ވޭންހުރި ތަޙައްމަލްކުރަން އުނދަގޫ އިޙުސާސްތަކެއް. އަދި ހަމަ މިއާއި އެކު ސިއްޙީ ޙިދުމަތަށް އެދި ދާ މީހުންނަށް ޛިންމާދާރުކަމާއި އެކު ހިދުމަތްދޭ ޙިދުމަތްތެރިންގެ އަގުވަޒަންކޮށް އެމީހުންނަށް ޙައްޤު ޝުކުރު ދަންނަވައި ﷲ ސ.ވ އަށް ޙަމްދުވެސް ކުރަން. "އެކަށީގެންވާ ސިއްޙީ ޙައްގު ޛިންމާދާރު ޙިދުމަތް" ކަށަވަރުކުރަމާ!!
ރަނގަޅު
25 January 2018
ތިހެން ކޯޓަށް މައްސަލަނުލާތީވެ ކަންކަން ރަނގަޅުނުވަނީ، ގިނަފަހަރު ކޮންމެވެސް އަރަބި އެއްޗެއްކިޔާފަ ވަކީލުކޮށްލައިގެން ތިބޭނީ!
ޙަސަން
25 January 2018
މިއީ 100،000 މީހުން ގެ ތެރެއިން 0.053 އަށްވުރެން ވެސް މަދުން ޖެހޭ ބައްއެއް. ވީމަ ރާއްޖެ ކަހަލަ ކުޑަ އާބާދީ އެއްގައި މިބަލި ފެނުން ވަރަށް ދުރު ކަމަކަށްވީމަ، ޑޮކްޓަރކަށް މި ބަލި ނޭގި ހިގައިދާނެ. މިބަލި ފުރަތަމަ ދެތިންދުވަހަު އާދައިގެ ވައިރަލް ހުމަކާއި އެއްވެސް ތަފާތެއް ނުހުންނާނެ. މިޒަމާނުގައި ބަލީގެ ނަން އެގުމުން މިވަރު ބަލާލެވޭނެ. މ ކަހަަލަ ކަމަކާއި ހެދި ޑރ އިންނާއި ހޮސްޕިޓަލް ތަކުގެ އަގު ވައްޓާލުމަކީ ދެރަކަމެއް
ޑޮކްއެކްސް
26 January 2018
މަސައްކަތަށްދާ ރަގަޅު ޑޮކްޓަރުންނަށް ތި ދެއްވި ހިތްވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. ތި ބޭފުޅުން ބޭނުންވާ ފެންވަރަށް މަސައްކަތް ކުރެވޭތޯ ބަލާނަން އަދި ފެއިލްވާނަމަ ރަގަޅު ކުރާނަން. -ރެންޑަމް ދިވެހިޑޮކްޓަރެއް -
ޓެކް މޭން
26 January 2018
އެހެންވީމައޭ ޑޮކްޓަރުން ބޮޑަށް ފަރުވާތެރިވާންވީ ،ކޮންމެފަހަރަކު ވައިރަލް ފީވާރ އަށް ނިންމާނުލަންވީ.ކޮބާ ޓެސްޓްތަށް؟ ނުކޮށް ނިންމޭތަ ވައިރަލް ފީވަރ ކަން ނުވަތަ ނޫންކަން؟ ބެލެނިވެރިން ސްވާލުކުރުމުން ޖަވާބްދާރީ ރަންގަޅަށް ދެވެން ޖެހޭނެ.އަދި ބެލެނިވެރިން ވަކި ކަމަށް އެދުމުން އެކަމަށް ވެވެން އޮތް އެއްބާރުލުމެއް ވެސް ދޭންވާނެ. ބޮޑުކަމަކަށް ހަދަނިއްޔޭ!ނޫން ބުނާނީނިކީ؟ނަސީބެއްނު އެބެލެނިވެރިން ބޮޑުކަމަކަށް ހެދިކަން ކަލޭމެންގެ ބަސްއަހައިގެން ތިބިނަމަ އެ ދަރިފުޅުގެ ފުރާނަވެސް އަތުވީސްތޯ؟.
ޢަބްދުﷲނާފިޒު
25 January 2018
25 ބުރީގެ އިމާރާތެއް އެޅުނީމަ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. މީ ބައެއް ދިވެހިންގެ ވިސްނުން ހުރިގޮތް
އެހެނާ
26 January 2018
ރަގަޅަށް ކުރަން އުޅޭ ކަމަކަށްވެސް ފާޑުކިޔައި ކަމެއް ރަގަޅުނުވާނެކަމަށް ދައްކައި ތާއީދުނުކުރާ ފަރާތަކާމެދު ކޮންމެ ކަމެއް ނެގެޓިވްކޮށް ދުށުމަކީވެސް ބައެއް ދިވެހިންގެ ވިސްނުން.
ހާދިސާ
25 January 2018
ކުއްވެރިވާނީ ބެލެނި ވެރިމީހާ