މާލެ އައި ޓޫރިސްޓުންތަކެއް މިދިޔަ ހަފުތާގައި ޖުމްހޫރީ މައިދާން ކައިރީގައި މަޑުކޮށްލައިގެން: މިދިޔަ މަހު ޓޫރިޒަމް ދާއިރާއިން ލިބުނު އާމްދަނީ ވަނީ ވަރަށް ބޮޑަށް އިތުރުވެފައި. ފޮޓޯ: ހުސެއިން ވަހީދު /މިހާރު
13 ފެބުރުއަރީ 2018 - 11:22
ޓޫރިޒަމް ދާއިރާއިން ލިބުނު އާމްދަނީއާ އެކު މިދިޔަ މަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް 2.2 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ދައުލަތުގެ ޓެކްސް އިދާރާއިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އާމްދަނީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ޖަމާކުރިއިރު އޭގެ ތެރޭގައި ޑޮލަރުން ޖަމާކުރި 73.7 މިލިއަން ޑޮލަރު ހިމެނެ އެވެ.
މީރާ އިން ބުނިގޮތުގައި މިދިޔަ މަހު ލިބުނު އާމްދަނީއަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ލިބުނު މިންވަރަށް ވުރެ 10.7 ޕަސެންޓް އިތުރު އަދަދެެއް ކަމަށެވެ. މިދިޔަ މަހު ލިބުނު އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ޖީއެސްޓީ އާއި ގްރީން ޓެކްސް، ބިން ވިއްކައިގެން ލިބުނު އާމްދަނީ އަދި ރިސޯޓުތަކުގެ ބިމު ކުލިން ލިބުނު އާމްދަނީ އިތުރުވުމުން ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެ އެވެ.
މީރާ އިން ބުނީ މިދިޔަ މަހު ލިބުނު އާމްދަނީ އެހާ ބޮޑަށް އިތުރުވިއިރު ޓޫރިސްޓުން އައި މިންވަރު 19.7 ޕަސެންޓް އިތުރުވެ އަދި އެންފޯސްމަންޓް ޕޮލިސީގެ ދަށުން ހޯދި ފައިސާގެ އަދަދު ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ.
މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ބިޒްނަސް ޕްރޮފިޓް ޓެކްސްއިންނެވެ. ބީޕީޓީގެ ގޮތުގައި 872 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 39.8 ޕަސެންޓް ދަށް އަދަދެކެވެ.
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ޖީއެސްޓީގެ ގޮތުގައި 825 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 37.6 ޕަސެންޓް އިތުރު އަދަދެކެވެ. ޖީއެސްޓީގެ ގޮތުގައި 825 މިލިއަން ރުފިޔާ ލިބުނުއިރު ޓީޖީއެސްޓީގެ ގޮތުގައި 519 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ 23.7 ޕަސެންޓް އިތުރު އަދަދެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަފީގު އަލީ
13 February 2018
ބޮޑު ބައެއް ނިކަމެތި ރައްޔަތު މީހާ ގެ އަތުން ފާޑު ފާޑު ގެ ޖޫރިމަނާ ތަކުން ނެގުނު ފައިސާން ދެއްތޯ؟
ހައްޤުބަސް
13 February 2018
ކީވެތަ މީރާއަށް މިވަރު އެވަރު ލިބިއްޖޭ ކިޔަނީ. މި އަކީ ދައުލަތުގެ އެކި އިދާރާތަކުގެ ދާއިރާއިން ދައުލަތަށް ލިބޭ ފައިސާއެވެ. އެކި އެކި މިނިސްޓްރީ ތަކާއި އޮފީސްތަކުން މި ފައިސާ ބަލައިގަތަސް އާންމުން މި ފައިސާ ދައްކާނެއެވެ. ޓޫރިޒްމްގެ ދާއިރާއިން ލިބޭ އާމްދަނީ އާއި އަދި އެނޫންވެސް އެފަދަ ދާއިރާތަކުން ދައުލަތަށް ދައްކާ ފައިސާ ގެ "ކަލެކްޓަރ" އަކީ މީރާ. ހީވަނީ މިއަކީ މީރާގެ އާމްދަނީއެއްހެން. ތަންކޮޅެށް ރީތިވާނެ ދޯ ދައުލަތަށް މިވެނި އެވެނި އަދަދެއް ލިބިއްޖޭ ލިޔާނަމަ. ކޮންމެހެން މީރާ އަށް ލިބުނޭ ނުކިޔާ.
ނައިމްބެ
13 February 2018
ހައްޤުބަސް އަށް ހާދަ އަސަރެއް ތިކުރީ. ކުރިންވެސް ދައުލަތާ އުސޫލާ އެހެން އެއްޗެހިވެސް އޮތެއްނު. ދައުލަތަކަށް ނުލިބޭދޯ ފައިސާއެއް. ހަސަދަވެރިވުމާ އަނެކުންނަށްލިބިދާނެ ރީތިނަމަކަށް ތިމާ ތިހާ ދެރަވުމަކީ ވަރަށް ނުރައްކާތެރި ބައްޔެއް. އެއީ މެޑިކަލީ ރަނގަޅު ކުރެވޭނެ ކަމެއް ނޫން. ދީނަށް ލޯބިކުރީމަ ރަނގަލހުވާނީ.
އެހާރާއި މިހާރު
13 February 2018
އެހެންވީމަ ފެބްރުއަރީ ހާދަ ދަށް ވާނެއޭ. ކުރީ ދުވަހަކު ދެކުނިން އާޓިކަލެއް، އެތައް މިލިއަން ޑޮލަރެއްގެ ބުކިންސްތައް ކެންސަލްވި ވާހަކަ ލިޔެފަ އިން