އާދީއްތަ ދުވަހު އޮތް ބަފްޓާ އެވޯޑްސް ހަފުލާގައި ކޭޓް: އޭނާ ލައިގެން ކުރީ ގަދަ ފެހި ކުލައިގެ ހެދުމެއް.
21 ފެބުރުއަރީ 2018 - 08:21
އާދީއްތަ ދުވަހު ލަންޑަންގައި 71 ވަނަ ބަފްޓާ އެވޯޑްސް ހަފުލާ ނިންމައިލި އިރު، އެ ހަފުލާގައި ބައިވެރިވި އެންމެންހެން ކަހަލަ ގޮތަކަށް ލީ ކަޅު ހެދުމެވެ. އޭގެ ތެރޭގައި ދެ ޖިިންސްގެ މީހުން ވެސް ހިމެނެ އެވެ. ބޭނުމަކަށްވެފައި އޮތީ މި ފަހަކަށް އައިސް ހޮލީވުޑުން ފެންމަތިވި ޖިންސީ ފުރައްސާރަތަކާ ދެކޮޅުކަން ހާމަކުރުމެވެ.
އެގޮތުން ގޯލްޑެން ގްލޯބް އެވޯޑް ހަފުލާ ވެސް ފެނިގެން ދިޔައީ ކަޅު ހެދުންތަކާ އެކުގަ އެވެ. އަނެއްކޮޅުން މިއުޒިކް އިންޑަސްޓްރީގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ގްރެމީ އެވޯޑް ހަފުލާގައި ޖިންސީ ފުރައްސާރަތަކާއި ތަފާތު ކުރުންތަކާ ދެކޮޅަށް ޝުއޫރު ފާޅުކުރުމުގެ ގޮތުން ހުދު ފިނިފެންމާ ބޭނުން ކުރި އެވެ.
ބަފްޓާގައި ވެސް ކަޅު ހެދުން ބޭނުންކުރަން މާ ކުރިން ވެސް އޮތީ ގިނަ ބަޔަކަށް ހިތްވަރު ދީފަ އެވެ. ޖިންސީ ފުރައްސާރަތަކާ ދެކޮޅަށް ހިންގާ ޓައިމްސް އަޕް ކެމްޕޭނުން ދިޔައީ އެކަމަށް ހަނދާން ވެސް ކޮށް ދެމުންނެވެ. އެހެންވެ އެ ހަފުލާގައި ވަރަށް ގިނަ ފަންނާނުން ތިބީ ކަޅު ހެދުމުގަ އެވެ.
Disappointed in #KateMiddleton #DuchessofCambridge not wearing black to the #EEBAFTAs It’s not a political thing. Its a woman thing! #TimesUp #StandTogether
— Nikki Long (@Nikki_L87) February 18, 2018
ކޭޓްއާ ދެކޮޅު ޓްވީޓެއް.
އެކަމަކު ގިނަ ބަޔަކަށް އެންމެ ބޮޑު މާޔޫސް ކަމެއް ލިބުނީ ޕްރިންސް ވިލިއަމްގެ އަނބިކަނނބަލުން ކޭޓް މިޑްލްޓަން ކަޅު ހެދުމެއް ބޭނުން ނުކުރުމުންނެވެ. އޭނާ ހަފުލާގައި ބައިވެރިވީ ވަރަށް ގަދަ ފެހި ކުލައިގެ ހެދުމެއްގަ އެވެ. އެހެންވެ ގިނަ ބަޔަކަށް އެކަން ހަޖަމުކުރަން ވެސް އެހާ ފަސޭހަ ކަމަކަށް ނުވީ އެވެ.
ކަޅު ހެދުން ބޭނުން ކުރަން ގޮވާލަމުން ދަނިކޮށް، އެ އަޑަށް ބީރު ކަންފަތެއް ދީފައި އިނގިރޭސި ޝާއީ އާއިލާގެ ބޭފުޅަކު ކަޅު ހެދުމެއް ބޭނުން ނުކުރުމުން ބައެެއް މީހުން ބުނެފައި ވަނީ އެކަމުން ދޭހަކޮށް ދެނީ މައްސަލަތަކާ ދޭތެރޭ އެ މީހުން ދޭ ސަމާލުކަން ކުޑަވުން ކަމަށެވެ.
I know the Royals aren’t supposed to get involved with “protests” or anything… but would it really have been THAT bad for Kate Middleton to wear black??? #BAFTAs2018
— Rachel McGrath (@RachelMcGrath) February 18, 2018
ކޭޓްހެ ހެދުމާ ގުޅޭ ޓްވީޓެއް.
އަދި ކަޅު ހެދުން ލާން ހިތްވަރު ދިނީ ސިޔާސީ ބޭނުމެއްގައި ނޫން ކަމަށާއި އެއީ އަންހެނުންނަށް ހިތްވަރެއްގެ ގޮތުން ދެވޭ މެސެޖެއް ކަމަށް ބުނެ ޓްވިޓާގައި ބައެެއް މީހުން ހިޔާލު ފާޅުކޮށްފައިވެ އެވެ.
ކޭޓަށް އިޝާރާތްކޮށް އެހެން މީހަކު ބުނީ ޝާހީ އާއިލާގެ ބޭފުޅުން "އިހުތިޖާޖު" ނުކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ. އެކަމަކު ކުޑަމިނުން ކޭޓް ކަޅު ހެދުމެއް ބޭނުންކޮށްލުމަކީ މައްސަލައަކަށް ވެދާނެތޯ އޭނާ ސުވާލު އުފެއްދި އެވެ.
ފާހަގަކޮށްލެވޭ ކަމަކީ ކަޅު ހެދުމުގެ ވާހަކަ އެހާ ބޮޑަށް ވައިގައި ހިފައި އެންމެން ކަޅުކޮށް މި އަހަރު ހެދުން އެޅި އިރު، ކޭޓް މިދިޔަ އަހަރުގެ ބަފްޓާގައި ބައިވެރިވީ ކަޅު ހެދުމަކާ އެކުގައި ކަމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޭޓް
21 February 2018
އެމީހަކު ލާނެ ހެދުމެއްގެ ކުލަ އެނގޭނީ އެމީހަކަށް. ނުބެހި ތިބޭ.