ފިހާރައެއްގައި ވިއްކަން ހުއްޓައި ކަސްޓަމްސް އިން ނެގި ބާވަތެއް.
22 ފެބުރުއަރީ 2018 - 20:25
ފިހާރައެއްގައި ވިއްކަން ހުރި، ބަނގުރަލުގެ މާއްދާތައް އެކުލެވޭ ކާބޯތަކެތި ކަސްޓަމްސް އިން މިއަދު ނަގައިފި އެވެ.
އެ އިދާރާއިން މިއަދު ބުނީ ބައެއް ފިހާރަތަކުގައި ގާނޫނާ ގަވާއިދާ ހިލާފަށް ލޭބަލްކޮށްފައިވާ ތަކެއްޗާއި ރަލުގެ މާއްދާތައް ހިމެނޭ ކަމަށް ބެލެވޭ ތަކެތި ނަގާފައިވާ ކަމަށެވެ.
އިއްޔެ އާއި ރޭ ހިންގި ހާއްސަ އޮޕަރޭޝަނުގައި ނަގާފައިވާ އެއްޗެހީގެ ތެރޭގައި ބީފް ކެސަރޯލް އާއި ޗިކަން ސްޕްރެޑް މަޔޯނައިޒް ހިމެނޭ ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އެތަކެތި ނަގާފައި މިވަނީ، ސޯޝަލް މީޑިއާގައި އެ ފޮޓޯތައް އާއްމުކޮށް، އެކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަޖުބޫރު
23 February 2018
ކަސްޓަމްސްގެ އަތްދަށުން ދިޔައިމަ ކަސްޓަމްސް އިން ގޮސް ނެގީދޯ!! ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަކީ ކޮންކަމެއް ކުރައްވާ ބައެއްތޯ؟؟؟
ތުނިޔަ
22 February 2018
ކަސްޓަމްސްއަށް ނޭނގިތޯ ރާއްޖެއަށް އެތެރެވެ ފިހާރަތަކާ ހަމަޔަށް އައީ؟ އެހެންވިއްޔާ ތީއަރަތެއް.