ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާ މެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމުމަށް މި މަހުގެ 19 ވަނަ ދުވަހު ބޭއްވި ޚާއްސަ ޖަލްސާ ކުރިއަށްދިޔަ ވަގުތު އެ ސަރަހައްދުގައި ފުލުހުންނާއި ސިފައިން ފޯރިމަރަނީ. --ފޮޓޯ: ހުސައިން ވަހީދު/މިހާރު
27 ފެބުރުއަރީ 2018 - 19:02
ދިވެހި ސިފައިންނާއި ފުލުހުންގެ އަސާސީ އެލަވަންސް ބޮޑުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި ސިފައިންނާއި ފުލުހުންގެ އަސާސީ އެލަވަންސް ބޮޑުކުރީ މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އެހެންކަމުން މި ފެބްރުއަރީ މަހުން ފެށިގެން ސިފައިންނާއި ފުލުހުންނަށް ލިބޭނީ ބޮޑުކުރި އެލަވަންސެވެ.
ސިފައިންނާއި ފުލުހުންގެ އަސާސީ އެލަވަންސް ބޮޑުކުރި އިރު، އެންމެ ބޮޑަށް އެލަވަންސް ލިބޭ ރޭންކުތަކުގެ މީހުންނަށް ވެސް ބޮޑުވާނީ 1،500ރ.އާ ހަމައަށެވެ. އަދި ކެޕްޓަން ރޭންކުން ފެށިގެން މަތީގެ ސިފައިންނާއި ޗީފް އިންސްޕެކްޓާ ރޭންކުން ފެށިގެން މަތީގެ ފުލުހުންނަށް އަސާސީ އެލަވަންސްގެ ގޮތުގައި ލިބޭނީ އެއްވަރެކެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މި މަހުން ފެށިގެން ސިފައިންނާއި ފުލުހުންގެ އަސާސީ އެލަވަންސް ބޮޑުކުރި ކަމުގައި ވިޔަސް، ބޮޑުކުރި އެލަވަންސް ސިފައިންނާއި ފުލުހުންގެ އެކައުންޓަށް ޖަމާކުރާނީ މާޗް މަހުގެ މުސާރަ ދޭއިރު އެވެ.
ސިފައިންނާއި ފުލުހުންގެ އަސާސީ އެލަވަންސް ސަރުކާރުން މި ބޮޑުކުރީ، ސިޔާސީ ނުވަ ބޭފުޅަކު ވަގުތުން މިނިވަން ކުރުމަށް މި މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ، ޝަރުއީ ދާއިރާ އިން ގެންނަން އުޅުނު ބަޣާވާތެއް ކަމަށާއި އެ ބަޣާވާތުން ދިވެހި އުންމަތް ސަލާމަތް ކޮށްދިނީ ދިވެހި ސިފައިންނާއި ފުލުހުން ކަމަށް ރައީސް ޔާމީން ވިދާޅުވެ ސިފައިންނާއި ފުލުހުންނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައި ވަނިކޮށެވެ.
އަދި އެ ބަޣާވާތުގެ ބައިވެރިން ހިފައި ހައްޔަރުކުރުމުގެ ބޭނުމުގައި، މި މަހުގެ ފަސް ވަނަ ދުވަހުގެ ރެއިން ފެށިގެން 15 ދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށް، ސިފައިންނާއި ފުލުހުން ސުޕްރީމް ކޯޓަށް ވަދެ އުއްތަމަ ފަނޑިޔާރާއި އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރު ކޮށްފަ އެވެ. އޭގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ދަނބިދަރިކަލުން މުހައްމަދު ނަދީމާއި މައުމޫނުގެ އާއިލާއާ ގުޅުން ހުރި އިތުރު ތިން މީހަކު ވެސް ހައްޔަރު ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިރު
01 March 2018
ވަޒީފާއިން ކަޑާލި ކުދިން ކޮޅުގެ މުސާރަ ބަހާލަނީ.
ފޮނި މާލިމީ
28 February 2018
މާޗް މަހުގައި ހިންގަން ހުރިހައި ކަންތަކާއި ހިފާ ހައްޔަރު ކުރަން ތިބި މީހުން ހައްޔަރު ނުކޮށްފިއްޔާ ނުލިބޭނެ
ސިފައިންގެ މީހާ
28 February 2018
އަހުރެން މިއަޖާއިބުވަނީ ތިޔާބުނާ އެއްޗަކުން ބޭސިކް އެލަވަންސް ބޮޑު ކުރީއޭ ކިޔާތީ!! އަހުރެންވެސް ސިފައިންގޭގައި 16 އަހަރު އަދި ދުވަހަކުވެސް ބޭސިކް އެލަވަންސެއް ނުލިބޭ އަދި އެހެން މީހަކަށްވެސް ލިބުނުކަމެއްވެސް ނޭނގެ ދެން ނެތް އެއްޗެއް ބޮޑު ކުރާނެ ގޮތެއް އަހުންނަކަށް ނެންގުނު
5555
28 February 2018
ކޮންމެސިވިލުސާވިސްމީހަކީ އަހަރެމެންރައްޔެތުންގެލަާރިން ކާންދޭބައެއް
ޓޮނޭ
28 February 2018
އޮޑިއަށް ކޮޅިގަނޑެއް ލައިގަތީމާ ޑިމޮކްރަސީއާ އެއްގޮތަށް ވޯޓެއް ލައިގެން ކަންކަން ނުނިންމޭނެކަމަށްވަނީ. އެދުވަހުން އަދި އެވެރިންގެ ހިތްވަރު މާގަދަވާންޖެހޭނެ. އެހެންވީމާ ތިޔަ ބޮޑުކުރިވަރު އަދިވެސް ކުޑަކަމަށް ފެންނަނީ.
ޢަލިފުތު
28 February 2018
މިމީހުންނަށް ޑިއުޓީ އެލަވަންސްގެ ނަމުގައި އިތުރު އެލަވަންސެއް ތަޢާރަފު ކުރަން ފެނޭ.
ފުއާދު
28 February 2018
އިސްލާމީ އިިސްލަމީ އިސްލާމީ ޔުުނިވަރސިޓީ އުފައްދާ ނަންބޯޑުބަދަލުކުރިތާ 3 އަހަރު އަދިވެސް އިދާރީ މުއައްޒަފުންގެ މުސާރަ ސިވިލްސަރވިސް ކުރީގެ މުސާރައިގައި ރާއްޖޭގައި ދައުލަތުގެ 2 ޔުނިވަތސިޓީ އުފެދިފަވާއިރު މުސަރާ ބޮދުނުކުރާތާންގަ އެއްވަރުކޮށްނުލެވިގެން އުޅޭއިރު ތިވަރު ވާކަމަށްޓަކައި ދިވެހިފުލުހުންނާއި ސިފައިން ޝުކުރުއަދާކުރައްވަންވާނެ ރަސްމީކޮށް ހަފްލާއެއްބާއްވާފަ
28 February 2018
ސަލާމަތީ ބާރުތަކަށް ސަރުކާރު ބަރޯސާާވާވަރު މިފެންނަނީ. ކޮންމެހެން މާމޮޅު މަސައްކަތްތަކެއް މިމީހުންނަށް ކުރެވޭތީކީ ނޫން. ރައްޔިތުންނަށް ފަސޭހައަށް ކޮށްދެވޭ ކަންތައް ވަރަށް މަދުވާނެ. ޓްރެފިކް ނުބެލެހެއްޓޭ. ޕާކްކުރާނެތަނެއްގަ ޕާރކު ކުރަންވީ. ހަމައެއް ލަމައެއް ނެތް. އަސްކަރިއްޔާ އެތިބީ މަޖްލިސްއާ ކޯޓްތަކުގެ ތެރޭ.... ދެން އެލަވަންސް އެއް ނޫން އެހެން ތަންތަންވެސް ބޮޑުކުރަންވީ.
ސަޅިބެ
28 February 2018
ވައި އޮންލީ ދެމް. ވީއާ އޯލްސޯ ހިޔަ
މުސާރަ ތަހުލީލް
28 February 2018
ފުލުހުންނަށްވެސް ބޮޑުކުރަން އަންގާފައޮތީ.ތަހުޤީގު ޓީމަށާއި އެސްއޯ ފުލުހުންނަށް އެކަނި ބޮޑުކުރާގޮތަށް .އެހެން ފުލުހުންނަށް ސިއްރުން.