އިންޑަސްޓްރިއަލް ވިލެޖުގައި ބައެއް އިމާރާތްތައް ހަދަނީ: އެތަނުގައި ގުދަން އަދި ވޯކްޝޮޕާއި ޕާކިން ބިލްޑިންތަކެއް ހަދަން ވަނީ ނިންމާފައި.
08 މާޗް 2018 - 14:30
ހިއްކައިގެން ތަރައްގީކޮށްފައިވާ މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި މުދާ ރައްކާކުރާނެ ގުދަންތަކާއި ގަރާޖާއި ވޯކްޝޮޕް އަދި ޕާކިން ބިލްޑިންގެއް ހަދައި ބަލަހައްޓަން ހައުސިން މިނިސްޓްރީން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ މިއަދު ހަވާލުކޮށްފި އެވެ.
ދެ އަހަރުގެ ތެރޭގައި އެ މަސައްކަތް ނިންމަން އެމްޕީއެލްއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަބްދުއްރައްޒާގު ހަލީމެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު މިނިސްޓަރު ވިދާޅުވީ އެތަނުގައި ގުދަންތަކާއި ގަރާޖާއި ވޯކްޝޮޕްގެ ގޮތުގައި ފަސް ބިލްޑިންގެއް ހަދާއިރު ކާރާއި ލޮރީ އަދި ސައިކަލް ޕާކުކުރަން ދިހަ ބުރީގެ ބިލްޑިންގެއް ހަދާނެ ކަމަށެވެ.
"މާލޭގެ އެކި ސަރަހައްދުގެ ކުދިކުދި ގޯޅިތަކުގައި ވަރަށް ގިނަ ގުދަންތަކާއި ވޯކްޝޮޕް އަދި ގަރާޖު ހަދާފައި އެބަހުރި. އަދި އޭގެ ސަބަބުން ވަރަށް ގިނަ ދަތިތައް އާއްމު ރައްޔިތުންނަށް އެބަ ދިމާވޭ،" މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ގުދަންތަކާއި ވޯކްޝޮޕް ފަދަ ތަންތަނަކީ މީހުން ތޮއްޖެހިފައިވާ ސަރަހައްދުތަކުގައި ހުންނަން ނުޖެހޭ ތަންތަން ކަމަށެވެ. އަދި އެ މައްސަލައަކީ މީގެ އެތައް އަހަރެއް ކުރިން ވެސް ހައްލުނުކުރެވި އޮތް މައްސަލައެއް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
"އެ މައްސަލަ ހައްލުކުރަން އަޅުގަނޑުމެން ހަ ހެކްޓަރުގެ ބިން ހިއްކައި މަގުތައް ހަދައި ލައިޓް ހަރުކޮށް ނިންމާފައި. އެތަނުގެ އެންމެ މުހިންމު މަޝްރޫއުގެ މަސައްކަތް މިއަދު އެމްޕީއެލްއާ ހަވާލު މިކުރެވުނީ،" މިނިސްޓަރު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އެތަނުގައި ހަދާ ބިލްޑިންގުތައް ނިމުމުން މާލެ ތެރޭގައި ހުރި ވަރަށް ގިނަ ގުދަންތަކާއި ވޯކްޝޮޕް ގަރާޖު ފަދަ ތަންތަން އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރެވޭނެ ކަމަށެވެ. އަދި އެމްޕީއެލް އިން މަސައްކަތްކުރާނީ ދެ އަހަރަށް ވުރެކުރިން ވެސް އެތަނުގެ މަސައްކަތް ނިންމައި ޖާގަތައް ކުއްޔަށް ދޭން ފެށޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މި ބިލްޑިންގުތައް ހަދާއިރު އަޅުގަނޑުމެން ބަލާފައި ވާނީ ވީހާ ވެސް ގްރީން [ފެހި] ކޮންސެޕްޓެއް ގެނެވޭތޯ. ހަމަ އިމާރާތްތަކެއް ހަދާފައި ދޫކޮށްލަނީއެއް ނޫން. ތަނުގެ އެމްބިއަންސާ ގުޅޭ ގޮތަށް ވީހާ ވެސް ބަލާލަން ރީތި ގޮތަކަށް ހެދިފައި ހުންނާނީ،" މުއިއްޒު ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ހަލީމް ވިދާޅުވީ ބޮޑު ބައެއްގައި ދަގަނޑު ބޭނުންކޮށްގެންދާ ބިލްޑިންގުތަކުގެ ތެރެއިން ޕާކިން އަށް ހާއްސަކޮށްގެން 18 ބުރީގެ ބިލްޑިންގެއް ހަދާއިރު ގުދަން އަދި ވޯކްޝޮޕްތަކަށް ދިހަ ބުރީގެ ފަސް ބިލްޑިންގު ހަދަން ނިންމާފައިވާ ކަމަށެވެ. އަދި އެ ބިލްޑިންގުތަކުގެ އެންމެ ތިރި ފްލޯ ހާއްސަކުރެވޭނީ ވޯކްޝޮޕް ފަދަ ތަންތަނަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޑީޓެއިލް ޑްރޯވިން ނިމުނުހާ އަވަހަށް، ގާތްގަނޑަކަށް ދެ މަސްދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފަށައިގަނެވޭނެ،" ހަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެތަނުގައި ހަދާ ބިލްޑިންގުތަކުގައި މުދާ ރައްކާކުރާކުރަން 480،000 އަކަފޫޓުގެ ޖާގަ ދޫކުރެވޭނެ ކަމަށެވެ. އޭގެ އިތުރުން ވޯކްޝޮޕް އަދި އެހެނިހެން މުދާ ބޭނުންތަކަށް 650،000 އަކަފޫޓުގެ ޖާގަ ދޫކުރެވޭނެ ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ. އެތަނުގައި ހަދާ ޕާކިން ބިލްޑިންގުގައި 300 ލޮރީ އާއި 200 ކާރު އަދި 500 ސައިކަލް ޕާކުރެވޭނެ ޖާގަ ހުންނާނެ ކަމަށް ވެސް ސީއީއޯ ވިދާޅުވި އެވެ.
"މިތަންތަން ހަދާ ނިމުމުން، އަޅުގަނޑުމެން އެބަވިސްނަން އެމްޕީއެލް އިން ކޮންޓެއިނަރުތައް އެތަނަށް ގެންގޮސް ހުސްކޮށްދެވޭނެ ގޮތެއް ހެދޭތޯ. މިތަންނަށް ކުއްޔަށް ދޭން އަޅުގަނޑުމެން ދެ މަސްދުވަހުގެ ތެރޭގައި އިއުލާންކުރާނަން،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިރާސަތު
09 March 2018
ހިތަކު ޖެހެނީ މަގޭ ޖީބަށް ވާނެ ގޮތަކާ މެދު. ފުރުން. ހުސްވުން. ހަލާކުވުން. ނޫނީ ބަދަލުވުން.
އަޅުގަނޑު އާރިފް
09 March 2018
ވަރަށް ބަރާބަރު! ކުރިޔަށް އޮތް 4 އަހަރުތެރޭ ނިމޭނެބާ! ފުޑްކޯޓުތައް ހަދަން ހަވާލުކުރިފަހުން ވެސް ކިހާ ޒަމާނެއް. ވަރަށް ސަލާން
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
08 March 2018
މާލޭގެ ބިންވެރިންގެ އުފަލައް ވަސީލަތް ޤާއިމްކޮށް ލަޤްޒަރީ ބްރިޖް ވިލާތަކުގައި ޖެހޭވަރު އުސް އިމާރާތް އަދި ޕާކް އައިސް ސްކޭޓް ފަދަ “މަޖަލާއި އުފާވެރިކަން ހޯދައިގަތުމަށް” ބޭނުންވާ ފައިސާ ހޯދުމަށް ރާއްޖޭގެ އަތޮޅެއް “މިލްކް ކުރެވޭ ގޮތަށް” ސައުދީ ޝާހީ ހާންދާނަށް ވިއްކާލުމަށް ޔާމިން އަބުދުލް ޤައްޔޫމްގެ ސަރުކާރުން ނިންމި. .. . . ސުވާލަކީ “މާލޭގެ ކަންކަން ފުރިހަމަ ކުރުމަށް ބޭނުންވާ ފައިސާ ދީފިނަމަ” ރާއްޖޭގެ ރަށެއް އަދި ރައްޔިތުންގެ ގޮތުގައި ތިބުމާއި އެކު ލާމް ނުވަތަ ތ އަތޮޅުންފެށިގެން އައްޑޫ ސިޓީ އަށް އެސަރަހައްދުގެ ރައްޔިތުންނަށް ވެސް “ފައިސާދީގެން” ސައުދީ ޝޭހުންނަށް ދިންފަދަ ފުރުސަތެއް ނުދެވޭނެތޯ؟ އޭރުން ޔަޤީނަށް އެމީހުން އެމީހުން ދިރިއުޅޭގެ ގޮތެއް ހޯދަފާނެ. އަދި މާލޭ ސަރުކާރަށް މިހާރު ދައްކާ ޓެކްސް ހާހުން ގުނަކުރާނެ. . . އެއްވެސް ބަޔަކަށް ނުއުފުލޭވަރު ބުރައެއް “ގަދަކަމުން” އުފުލާން އުޅޭނެ ކަމެއްނެތް. .
ހެހެ
08 March 2018
އައްޑޫ މީހުން މޮރިޝަސް އަށް ދާންވީނު. އެތާ ވެރިކަން ކުރަނީވެސް އެމީހުނެންނު! ދެން މިހާރުވެސް އެތާ އެގަންނަނީ މީގެ 70 އަހަރު ކުރިންވެސް ގަތްގަނޑު ރަނގަޅަށްވިއްޔާ!
ފެނެދޯ
08 March 2018
ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.
ޑާޑާޑާޑާ
08 March 2018
އިންޑަސްޓްރިއަލް ވިލެޖްގައި ގުދަންތަކާއި ޕާކިން ބިލްޑިންގުތަކެއް ހަދަން އެމްޕީއެލްއާ ހަވާލުކޮށްފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ. މިވެސް އެމެން ރަންރީނދޫ ބޮޑޭ ކުރިނަމަ ދޭނީ އިންޑިއާ ލަންކާ ކުންފުންނަކަށޭ ދެން ތަނެއް ވެސް ނުނިމޭނެއޭ ކަޓް ކާލަ ކާލާ ތިބޭނީ އޭ އެއާއި ޚިލާފަށް މަމެން ސަރުކާރުގެ ހުރިހާ ޕްރޮޖެކްޓްސް ތައް މިދެނީ ސަރުކާރުގެ ކުންފުނި ތަކަށޭ އެއިރުން އެންމެ ބޮޑު އެމްޕްލޯޔަރަކަށް ވާނީ ސަރުކާރުގެ ކުންފުނި ތައް ނޫންތޭ އެއިރުން މަމެންނަށް ފަސޭހަވަގެން ދާނެއޭ އެއިޓީން މޫން ސިންގް ރޭސް ކާމިޔާބު ކުރަން. ޓު މީ އައި އޭމް ހެޕީ އޮން ދިސް އައި ޕްރޭ ދިސް ލީޑަރޝިޕް ވިލް ރިމެއިން ފޯރ ޑިކޭޑްސް. ޑޯންޓް ޔޫ ގެޓް ހެޕީ އޮން ދިސް. ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑޯންޓް ބީ ޑޯންޓް ބީ ޑޯންޓް ބީ...
ީބާބާބާބާ
09 March 2018
ހިތަށް އަރަނީ ބްރިޖް ނިމިގެން ހުޅުމާލޭގައި ހަދާފައިވާ އިންޑަސްޓްރިއަލް ޒޯނުގައި ތިފަދަތަންތަން ހެދުން މާ ބުއްދިވެރިއެއްނޫން ބާވައޭ؟ ތިތަނުގައި ވާކްޝޮޕްފަދަ ތަންތަން ހެދީމާ ތިހިސާބުގެ މޫދަށް ކުނި ތެއުފަދަ އެއްޗެތި އަޅާ ހިސާބުގަޑު މުޑުދާރު ނުވާނޭބާވައޭ؟
އަހްމަދު
08 March 2018
މީގެކުރިންތިކަހަލަ އެތައްމުއްދަތެއް މުއިއްޒުދެއްވައިފި ހަރާންވީއެއްކަމެއް މުއިއްޒަކީ ބަސްގިނަ ޢަމަލުމަދުބޭފުޅެއް
ޢިބްރާ
08 March 2018
ޑިޒައިން ކުރީ ކޮންބައެއްތޯ؟
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
08 March 2018
ހއ ތުރާކުނުން އައްޑޫ ސިޓީގެ ފޭދޫ އަވަށް ދަންދެން ޓެކްސް ދައްކާ އެންމެންގެ ޓެކްސް ފައިސާ އާއި އަދި އެމީހުންގެ ހައްޤު ތަކާއި ވަސީލަތް ނުވިތާކަށް އެމީހުންދިރިއުޅެން އޮތް ބިންކޮޅަށް ދަންދެން ވިއްކާ ނަގާ އަދި އެތައް ސަތޭކަ އަހަރުންވެސް ނުދެއްކޭނެ ދަރަނި ބޮލުގަ އަޅުވާފަ އެމީހުނަށް ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތްފަދަ އަސާސީ ހިދުމަތް ވެސް ނުދީ ތިޔަ ހުރިހާ ފައިސާއެއް މާލޭގެ ބިންވެރިންގެ އުފަލައްޓަކައި ހޭދަ ކުރާއިރު “މާލޭ ސަރުކާރު” ޤަބޫލު ކުރާންވެއްޖެ ތިއީ އަނިޔާވެރިކަން ކަމަށް. . . މާލޭސަރުކާރަށް އެހެންތަންތަނަށްހަރަދުކޮށް އެމީހުންގެ އަސާސީ ޒަރޫރީ ބޭނުންތައްފުއްދާ ދެވެންނެތްނަމަ “ލާމް އައްޑޫ ފަދަ ތަންތަނުގެ މީހުން ޖިޒީ ދައްކަން ޖެހޭގޮތަށް ނަމަވެސް” އެމިހުންގެ ކަންކަން އަމިއްލައަށް ނިންމުމުގެ އިހުތިޔާރު އެމީހުނަށް ދޫކޮށްލާންވީ ނޫންތޯ ؟ އޭރުން “މާލޭ ސަރުކާރަށް ލިބޭ ހުރިހާ އާމްދަނީއެއް މިހާރެކޭ އެއްގޮތަށް މާލޭގެ ބިންވެރިންގެ އުފަލަށް ހޭދަކޮށްފަ” އިތުރަށް ލިބޭ ޖިޒީގެ ފައިސާއިން ވެސް މަޖާކުރެވޭނެ.
ޟެކުސް
08 March 2018
ތުރްކުނުން ފޭދޫ އާާ ހަމަޔަށް ދިޔައިމަ އަދި މަދުވާ ރަށް ރަށް އައްޑޫގައި ހުންނާނެ
ކަނު ސިޓީ
09 March 2018
ބަލަ ބުރާންޗާ..! މިސަރުކާރުން ތަރައްގީ ކުރާނީ މާލެ އެކަންޏެއް ނޫނޭ..! ތިބުނާ ތުރާކުނުން ފެށިގެން އައްޑު އަތޮޅު ގަމާ ދޭތެރޭ ކޮންމެ ރަށަކަށް ބަލާލިއަސް އެކަން ފެންނަން އެއޮތީ. "ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ" އޭ ބުނާ އުސޫލުން ނުރުހުމުގެ ލޮލަކަށް ރަނގަޅު ސިފައެއްވެސް ނުފެންނާނެ.