ކަތުމަންޑޫ އެއާޕޯޓަށް ވެއްޓުނު ބޯޓުން ދުން އަރަމުން ދަނީ.
12 މާޗް 2018 - 14:37
ކަތުމަންޑޫ (މާޗް 12) - ކަތުމަންޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް މަތިންދާ ބޯޓެއް ވެއްޓިއްޖެ އެވެ.
ބަންގްލަދޭޝްގެ އެއާލައިނެއް ކަމަށްވާ ޔޫއެސް-ބަންގްލާގެ ބޯޓް ވެއްޓިފައި ވަނީ ޓްރިބުވަން އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭގެ އިރުމަތީ ކޮޅަށް ކަމަށް ކަތުމަންޑޫ ޕޯސްޓުން ބުންޏެވެ. އެއާލައިނުގެ ތަރުޖަމާނަކު ވިދާޅުވީ ވެއްޓުނު ބޯޓުން މީހުން މަރުވެފައިވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެކަމަކު ބޯޓުގައި ތިބި މީހުންގެ އަދަދާއި މަރުވި މީހުންގެ އަދަދު ސާފު ނުވާ ކަމަށް އެއާޕޯޓުގެ އޮފިޝަލަކު ވިދާޅުވި އެވެ. ޓޫރިޒަމް މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ސުރޭޝް އަޗަރިޔާ ވިދާޅުވީ ޒަޚަމްވި 17 މީހަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލްތަކަށް ފޮނުވާފައިވާ ކަމަށެވެ.
ރަންވޭގެ ކޮޅުން ދުން އަރަމުންދާ މަންޒަރުތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެނެ އެވެ.
އެއާޕޯޓުގެ އޮފިޝަލަކު ވިދާޅުވީ ބޯޓު ވެއްޓުނީ ޖައްސަން އުޅެނިކޮށް ކަމަށެވެ.
"މިހާރު ކުރިއަށް ދަނީ ބޯޓުގައި ރޯވެފައިވާ އަލިފާން ނިއްވާލުމުގެ މަސައްކަތާއި ޕަސިންޖަރުން ސަލާމަތް ކުރުމުގެ މަސައްކަތް،" އެއާޕޯޓުގެ ތަރުޖަމާން ޕްރެމް ނާތު ތަކޫރު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy