ވެއްޓުނު ބޯޓުގެ ޕައިލެޓް އާބިދު ސުލްތާން (ވ) އަދި ކޯ-ޕައިލެޓް.
13 މާޗް 2018 - 14:26
ކަތުމަންޑޫ (މާޗް 13) - ނޭޕާލުގެ ކަތުމަންޑޫ އެއާޕޯޓަށް ޖައްސަން އުޅެނިކޮށް އިއްޔެ ވެއްޓުނު ޔޫއެސް-ބަންގްލާ އެއާލައިނުގެ ޕައިލެޓް އާބިދު ސުލްތާން އާއި އަނެއް ތިން ކްރޫން ވެސް މަރުވެފައިވާ ކަމަށް ޓްރިބުވަން އިންޓަނޭޝަނަލް އެއާޕޯޓުގެ ޖެނެރަލް މެނޭޖަރު ބާޖްކުމާރު ޗެތުރީ ވިދާޅުވެއްޖެ އެވެ.
ތިން ފަޅުވެރިންނަކީ ކޯ-ޕައިލެޓް ޕްރިތުލާ ރާޝިދާއި ކެބިން ކްރޫން ކަމަށްވާ ޚުވާޒާ ހުސައިން މުހައްމަދު ޝާފީ އަދި ޝާމިން އަޚްތަރެވެ. ޗެތުރީ ވިދާޅުވީ އެ އެންމެން ވެސް މަރުވެފައި ވަނީ ބޯޓު ވެއްޓުނުތާ މާގިނައިރެއް ނުވަނީސް ކަމަށެވެ. ނަމަވެސް އެ މީހުން މަރުވީ ބޯޓު ވެއްޓުނު ތަނުން ކަމެއް ނުވަތަ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި ފަހުން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ޔޫއެސް-ބަންގްލާ އެއާލައިންސްގެ ސީއީއޯ އިމްރާން އާސިފް ވިދާޅުވެފައި ވަނީ އެކްސިޑެންޓުގައި ބޯޓުގެ ޕައިލެޓް އާބިދު ސުލްތާން ވެސް ޒަޚަމްވި ކަމަށާއި އޭނާ އަށް ފަރުވާ ދިން ކަމަށެވެ. އެއާލައިނުން ބުނީ ވެއްޓުނު ބޯޓުގެ ޕައިލެޓަކީ ބޮންޑިއާ ބޯޓުތަކުގެ އިންސްޓްރަކްޓަރެއް ކަމަށެވެ. އެއީ 5،000 އަށް ވުރެ ގިނަ ފްލައިޓް އަވާސްގެ ތަޖްރިބާކާރު ޕައިލެޓެއް ކަމަށް ވެސް އެއާލައިނުން ބުންޏެވެ.
ބޯޓު ވެއްޓުނު ހާދިސާގައި ވަނީ 49 މީހުން މަރުވެފަ އެވެ. ސަލާމަތްވެފައި ވަނީ ނޭޕާލުގެ 11 މީހުންނާއި ބަންގްލަދޭޝްގެ 10 މީހުންނާއި ނޭޕާލުގައި ޑޮކްޓަރުކަން ކިޔަވަމުންދާ ދިވެހި ދަރިވަރެކެވެ.
ވެއްޓުނު ކެނެޑާގެ ބޮމްބާޑިއާ ކުންފުނީގެ 76 ގޮނޑީގެ ޑޭޝް 8 ކިޔޫ400 ބޯޓަށް ވަނީ 17 އަހަރުވެފަ އެވެ. ބޯޓު ވެއްޓިފައި ވަނީ ޕައިލެޓާއި ކޮންޓްރޯލް ޓަވަރާ ދެމެދު އެރި ކޮމިއުނިކޭޝަން އޮޅުންތަކެއްގެ ސަބަބުން ކަމަށް ބެލެވޭ އެއާޕޯޓް މެނޭޖަރު ޗެތުރީ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލޭ
14 March 2018
ޚަބަރު ސުރުޚީގައި އެވަނީ ޕައިލެޓް މަރުވިކަމަށް. އެކަމަކު ޚަބަރުގެ މެދުތެރޭގައި އެވަނީ އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދިންކަމަށް. ކިހިނެއް މިވަނީ.
ޙީޑް
15 March 2018
ފަރުވާދެމުން ދަނިކޮށް މަރުވީ !!!! ބޭރުގެ ނޫސް ތަކުގަވެސް ހުރި އެވާހަކަ !!!
ސަލާމަތް
15 March 2018
ހޮސްޕިޓަލުގައިވެސް މީހުން މަރުވޭ
ޕުޓިން
13 March 2018
ޕަސިންޖާ ބޯޓެއް ވަައްޓާލަން ޕުޓިން އެންގެވި! "އެހެންވެ އަޅުގަނޑު ދެންނެވި ޕްރޮސީޖާ ޕްލޭނާ އެއްގޮތަށް ކުރިއަށް ދިއުމަށް،" ޕުޓިން ވިދާޅުވި!.
ދީދީ
13 March 2018
1949 އިން ފެށިގެން މިހާތަނައް ނޭޕާލުގައި 70 ފުލައިޓު ވެއްޓި ފައިވޭ
މެމޭ1
13 March 2018
ކޮމިއުނިކޭޝަން އެރޮލެއް އަރައިގެން ބޯޓެއް ނުވެއްޓޭނެ. ތި ވެއްޓުން އިރު ދުއްވަން އިނީ އަންހެން ޕައިލެޓް ކަމަށް ބެލެވެނީ. ޓްރެއިނިން ވިތް ޕެސެންޖާސް އޮންބޯޑް.
ފިސާރި އަންހެނެއް
14 March 2018
އަޖައިބު ހީވޭ! ދުނިޔޭގެ ތާރީޚުގައިވެސް ބަލާބަލަ ކިތައް އަންހެނުން ދުއްވި ބޯޓުތޯ މިހާތަނަށް ވެއްޓިފަވީ! ބޯޓު ވެއްޓުމާ އަންހެނުންނާ ހުރީ ކޮން ގުޅުމެއްތަ؟ ގައިމު އަންހެނެއްގެ ބަނޑުން ކަލޭވެސް ނުކުމެފަ ތިހުރީ!
ޑޭޑޭ
14 March 2018
ފިސާރި އަންހެނެއްގެ ނަމުގައި ކޮމެންޓް ކުރިމީހާވެސް ތިދެއްކީ މާ ހަމަޖެހޭ ވާހަކައެއް ނޫން. އަންހެން ޕައިލެޓުން ފިރިހެން ޕައިލެޓުންނަށްވުރެ މަދުވާނެ. އެހެންވީނަ އަންހެން ޕައިލެޓުން ދުއްވަމުން ދަނިކޮށް ހާދިސާއެއް ދިމާވުމުގެ ޗާންސް މަދުވާނެ.