ދާދު ރޭ ޕްރެކްޓިހުގައި ބައިވެރިވަނީ. --ފޮޓޯ: އިބްރާހިމް ފާއިދު (އެފްއޭއެމް)
26 މާޗް 2018 - 09:00
އޭޝިއަން ކަޕް ކޮލިފައިންގައި މާދަމާރޭ ބޫޓާނާ ދެކޮޅަށް ނުކުންނަ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑަށް ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އަދި ޒުވާން ފޯވާޑް ނާއިޒް ހަސަން (ދާދު) އިތުރުކުރިއިރު އަލީ އަޝްފާގް (ދަގަނޑޭ) ޕްރެކްޓިހާ ގުޅިއްޖެ އެވެ.
މިދިޔަ ހުކުރު ދުވަހު އެކުވެރިކަމުގެ މެޗެއްގައި ސިންގަޕޫރު އަތުން 3-2 އިން ރާއްޖެ ބަލިވި މެޗުގެ ސްކޮޑުން، މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބަކާ އަދި އުއްމީދީ ކުޅުންތެރިޔާ ދާދު އަށް ފުރުސަތު ނުލިބުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ. އެކަމަކު ކޯޗު ޕީޓާ ސެގާޓް ވަނީ އެ ދެ ކުޅުންތެރިންނާ ވާހަކަ ދެއްކި ކަމަށާއި ސްކޮޑުން އެ ދެ ކުޅުންތެރިންނަށް ޖާގަ ލިބިދާނެ ކަމަށް ބުނެފަ އެވެ.
އިންޑިއާގައި 2015 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕުގައި ބަންގްލަދޭޝް ކޮޅަށް ވައްދާލި މޮޅު ގޯލާ އެކު ގައުމީ ޖާޒީގައި ތައާރަފްވި ދާދު ވަނީ މިދިޔަ އަހަރު ގައުމީ ޓީމު ކުޅުނު މެޗުތަކުން ފުރަތަމަ އެގާރައިން ވެސް ޖާގަ ހޯދައިފަ އެވެ. ޓީސީ ދޫކޮށް މި އަހަރު މާޒިޔާ އަށް ބަދަލުވެ ފުރަތަމަ ތިން މެޗެއްގައި އެންމެ ރަނގަޅު ފޯމެއްގައި ނެތަސް އޭނާ އަކީ މި ވަގުތު ރާއްޖޭގައި ހުރި އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާ އެވެ.
ބަކާ ރޭގެ ޕްރެކްޓިހުގައި. --ފޮޓޯ: އިބްރާހިމް ފާއިދު (އެފްއޭއެމް)
ގައުމީ ޓީމުން 2008 ވަނަ އަހަރުން ފެށިގެން ގަވާއިދުން ޖާގަ ހޯދަމުން އަންނަ ބަކާ އަކީ އެއް ދުވަސްވަރެއްގައި މި ސަރަހައްދުގައި ވެސް ހުރި އެންމެ މޮޅު އެއް މިޑްފީލްޑަރެވެ. އެކަމަކު މިދިޔަ ދެ އަހަރެއްހާ ދުވަހު ގައުމީ ޓީމުން ޖާގައެއް ނުލިބުނެވެ. މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ބަކާ އަނެއްކާ ވެސް ރަނގަޅު ފޯމަކަށް އެޅިފައިވާ އޭނާގެ ތަޖުރިބާ އާއި ހުނަރު، އެއީ މި ޒުވާން ސްކޮޑަށް ވަރަށް ބޭނުންތެރި އެއްޗަކަށް ވާނެ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.
ސްކޮޑަށް ދެން އިތުރުކުރި ކުޅުންތެރިޔަކީ ކްލަބް ގްރީންސްޓްރީޓްސްގެ ވާތު ބެކް ސަމްދޫހު މުހައްމަދެވެ. މާޒިޔާގެ ކުރީގެ ކުޅުންތެރިޔާ މި ސީޒަނުގައި ގްރީންސްޓްރީޓްސް އަށް ބަދަލުވެ އޭނާ އަންނަނީ ގަވާއިދުން ފުރަތަމަ އެގާރައިގައި ކުޅެމުންނެވެ.
މި ތިން ކުޅުންތެރިންގެ އިތުރުން ދަގަނޑޭ ވަނީ، ސިންގަޕޫރުން ޓީމު އައިސް މާލޭގައި ބޭއްވި ފުރަތަމަ ޕްރެކްޓިހުގައި ރޭ ބައިވެރިވެފަ އެވެ. ސިންގަޕޫރު މެޗުގައި ދަގަނޑޭ ނުކުޅުނީ، ބުރަކަށްޓަށް ތަދުވެފައިވާތީ ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށް ކޯޗު ވަނީ ބުނެފަ އެވެ.
އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ފުރުސަތު ގެއްލިފައިވާތީ މާދަމާރޭގެ މެޗުގެ މުހިއްމު ކުޑަ އެވެ. އެކަމަކު ރާއްޖެ އަށް ބައިނަލްއަގްވަމީ މެޗުތައް ލިބޭލެއް މަދުކަމުންނާ އެކު މާދަމާރޭގެ މެޗުގެ ބޭނުން ކޯޗު ވަރަށް ރަނގަޅަށް ހިފާނެ ކަމަށް ބެލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަން
26 March 2018
ސަޅި، ބަކާމެން ވާން އެބަޖެހޭ ރޯލް މޮޑެލުންނަށް، އުއްމީދު ކުރަން ބަކާ ގެ ކުޅަދާނަކަން ދިވެހި ސަޕޯޓަރުންނަށް ދައްކާނެ ކަމަށް، އަދި ކޯޗުގެ ޕުލޭން ވަރަށް ފެއަރ ހެން ހީވަނީ، އުމްމީދުކުރަން ބަކާ، ނާއިޒް، އިއްބެ، އަދި ފޭދޫ އިއްބެގެ ހުނަރުން ދިވެހިންގެ ހިތްތަކަށް އުފާވެރިކަން ގެނެސް ދޭނެ ކަމަށް! ގޫޑު ލަކު ގާއީސް!
ލީލް
26 March 2018
މުސްކުޅިން ގިނަ ނުކުރޭ!!! ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީ ޕުލީޒް
ރަދީފް
26 March 2018
ގުޑް ލަކް.މޮޅު ވާނެކަމަށް އުއްމީދުކުރަން.
އާނު
26 March 2018
ވަރައް ދެރަކަމެއް މީހުން ނާދޭތެރޭ ތިހާ ހަސަދަވެރިވާކައް
ސާބަސް1
26 March 2018
ސިންގަރޕޫރު މެޗުގެ ފަހުން ދާދު އަދި ބަކާ ވަނީ ވާދަވެރި 10 މެޗު ކުޅެފަ. ކޯޗު އެކުޅުންތެރިން ނެގީ ވަރަށް ބޮޑަށް އެ 10 މެޗުގެ ކުޅުމަށް ބަލާފަ. ދެން ފުޓުބޯޅަ ދާނީ ކުރިއަށް.
ފުންއަސަރު
26 March 2018
އެނގޭ މާ ކުރިންވެސް ހިމަނާނެކަން. ނުހިމަނާ ވާން ނޯންނާނެކަން. ރަނގަޅު ވަރުގަދަ ޝަޚުސިއްޔަތުތަކެއް ނުއުފެދޭއިރު ކިރިޔާވެސް ކަމެއްވާވަރުގެ ކުދިން ނުލާ ހަމަޖެއްސޭކަށް އަދިއެއް ނޯންނާނެ. އެހެނެއްނޫން ގަސްދުގާ ކުއްޖަކަށް ލަނޑެއް ދިނުމުގެ ބޭނުމުގާ އެކަހަލަކަމެއް ކޮށްލެވިދާނެ.
ކާލާ މަންނަ
26 March 2018
އެބަ ރަނގަޅުވޭ، މިކޯޗު މީ އެއްވެސް ކުޅުންތެރިއެއްގެ މޫނަކަށް ކަނދުރާއަކަށް ނުބަލާ އެވަގުތަކު ޓީމަށް އެންމެ ފައިދާވާނެ ގޮތަށް ޓީމު އެކުލަވާލާ ކޯޗެއް....ބެލެވޭ ގޮތުގަ ސިންގަޕޫރާ ދެކޮޅަށް ދަގޭ، ބަކާ ދާދު ނުގެންދިޔައީ ހަމަ ގަސްތުގަ އެކުޅުންތެރިންނަށް ރެސްޓްދީ އަދި އާ ކުޅުންތެރިންނަށް ތަޖުރިބާ ހޯދައިދިނުމަށް....މިކޯޗު ހުރެއްޖެނަމަ ކީޕަރ އިމްރާންވެސް އެންމެ ފަހު މުބާރާތުގެ ގޮތުގައި ސާފްޗެމްޕިއަންޝިޕް އަށް އައުމަކީ އެކަށީގެންވާ ކަމެއް...މިހާރު މިއޮތް ޒުވާން ސްކޮޑަށް އިމްރާން، ދަގޭ ބަކާ ވައްޓާލީމަ ހަބޭސްވާނެ...ކީޕަރ ބުފޯން ކައިރިން އިމްރާންވެސް ފިލާވަޅު ލިބިގަންނާނެކަމަށް އުއްމީދުކުރަން
ޝޮކް
26 March 2018
ވަރަށް ފުރިހަމަ ނިންމުމެއް...ކޯޗަށް އަދި ސެލިއުޓު ކުރާާނަން މި ޒުވާން ކުޅުންތެރިންގެ ފިޒިކް ވަރުގަދަ ކޮށް ހެދިއްޖެއްޔާ މިކަން ވާން އަންނަނީ އެކަމު ކޯޗުގެ ބަސް އެހިއްޔާ ...ކާމިޔާބަށްއެދެން ގައމީ ޓީމަށް