އަނޫޕަމް ކޭރް: ބަފްޓާ ޓީވީ އެވޯޑްސްގެ އެންމެ މޮޅު ސަޕޯޓިން އެކްޓަރަށް ވާދަ ކުރޭ.
06 އެޕްރީލް 2018 - 10:07
ބްރިޓިޝް އެކެޑެމީ އޮފް ޓީވީ އެވޯޑްސް (ބަފްޓާ) ގެ މި އަހަރުގެ ޓީވީ އެވޯޑް ނޮމިނޭޝަން އިއުލާން ކުރި އިރު، ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަނޫޕަމް ކޭރް އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ ބަފްޓާ އަށް ނޮމިނޭޓްވެއްޖެ އެވެ.
އެ އެވޯޑަށް އޭނާ ނޮމިނޭޓްވިކަން އެނގުމާ އެކު، ބޮލީވުޑްގެ ވަރަށް ގިނަ ފަންނާނުން އަންނަނީ މަރުހަބާގެ މެސެޖްތައް ޓްވިޓާގައި ފޮނުވަމުންނެވެ. އޭގެ ތެރޭގައި މިހާރު ހޮލީވުޑްގައި މަސައްކަތް ކުރާ ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ވެސް ހިމެނެ އެވެ.
އަނޫޕަމް، 63، އެންމެ މޮޅު ސަޕޯޓިން އެކްޓަރަކަށް ނޮމިނޭޓްވީ ބީބީސީ 2ގެ ޓީވީ ފިލްމް "ދަ ބޯއި ވިތު ދަ ޓޮޕްނޮޓް" އިންނެވެ. އޭނާއާ އެކު ދެން އެވޯޑަށް ވާދަ ކުރަނީ އެޑްރިއަން ޑަމްބާ (ލައިން އޮފް ޑިއުޓީ)، ބްރަޔަން އޯ ބާން (ލިޓްލް ބޯއި ބްލޫ) އަދި ޖިމީ ސިމްޕްސަން (ބްލަކް މިރާ) އެވެ.
ސިލްވަ ލައިނިން ޕްލޭބުކް (2012) އަދި މިދިޔަ އަހަރު ރިލީޒް ކުރި "ދަ ބިގް ސިކް" ފަދަ ހޮލީވުޑް ފިލްމްތައް ކުޅެފައިވާ އަނޫޕަމްގެ "ދަ ބޯއި ވިތު ދަ ޓޮޕްނޮޓް" ގައި ބޮލީވުޑްގެ މަޝްހޫރު ބަތަލާއަކު ވެސް މަސައްކަތްކޮށްފައިވެ އެވެ. އެއީ ކުރީގެ ބަތަލާ ދީޕްތީ ނަވަލް އެވެ.
މި އަހަރުގެ ބަފްޓާގެ ލީޑިން ބަތަލާއަކަށް ވާދަ ކުރަނީ ދަ ކްރައުން އިން (ކްލެއާ ފޯއި)، ސިނީޑް ކީނަން (ލިޓްލް ބޯއި ބުލޫ)، ތަންޑީ ނިއުޓަން (ލައިން އޮފް ޑިއުޓީ) އަދި މޮލީ ވިންސާ (ތުރީ ގާލްސް) އެވެ.
އެންމެ މޮޅު ބަތަލުގެ ބަފްޓާ އަށް ވާދަ ކުރަނީ ޝޯން ބީން (ބްރޯކެން)، ޖޮއީ ކޯލް/ހޭންގް ދަ ޑީޖޭ (ބްލެކް މިރާ)، ޓިމް ޕިގޯ-ސުމިތު (ކިންގް ޗާލްސް 3) އަދި ޖެކް ރޯވަން (ބޯން ޓު ކިލް) އެވެ.
Congratulations to all our wonderful nominees 👏👏👏 take a look at the full list 👉 https://t.co/foBJfB5PcD
— BAFTA (@BAFTA) April 4, 2018
We'll announce the winners on Sunday 13 May 😍🏆 #BAFTATV pic.twitter.com/isAu1UA28E
ބަފް
އެންމެ މޮޅު ސަޕޯޓިން ބަތަކާގެ އެވޯޑަށް ވާދަ ކުރާ ތަރިންގެ ތެރޭގައި ހިމެނެނީ އެނާ ފްރިއެލް (ބްރޯކެން)، ޖޫލީ ހެޒްމޮންޑާލް (ބްރޯޑްޗާޗް)، ލިވް ހިލް (ތުރީ ގާލްސް) އަދި ވެނެޒާ ކާބީ (ދަ ކްރައުން) އެވެ.
އެންމެ މޮޅު ޑްރާމާ ސީރީޒްގެ ބަފްޓާ އަށް ވާދަ ކުރަނީ ނެޓްފްލިކްސްގެ (ދަ ކްރައުން)، އެންޑް އޮފް---ވޯލްޑް (ޗެނެލް 4)، ލައިން އޮފް ޑިއުޓީ (ބީބީސީ ވަން) އަދި ޕީކީ ބްލައިޑާޒް (ބީބީސީ) އެވެ.
އެމްމެ މޮޅ މިނީ ސީރީޒްގެ ވާދަ ކުރަނީ ބީބީސީ ވަންގެ "ހަވަޑްސް އެންޑް"، ދަ މޫސައިޑް (އައިޓީވީ)، ދަ ސްޓޭޓް (ޗެނެލް 4) އަދި ތުރީ ގާލްސް (ބީބީސީ ވަން) އެވެ.
ބަފްޓާ ޓީވީ އެވޯޑް ހަފުލާ އޮންނާނީ އަންނަ މަހުގެ 13 ވަނަ ދުވަހު ލަންޑަންގެ ރޯޔަލް ފެސްޓިވަލް ހޯލްގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy