ލައިފްސްޓައިލް / މާބަނޑުވުން

އައިވީއެފް އިން އުރަމަތީ ކެންސަރަށް މަގުފަހިވޭތަ؟

އައިވީއެފްގެ ފަރުވާ ދިނުމަށް ލެބޯޓަރީއެއްގައި މަސައްކަތްކުރަނީ

ދަރިން ހޯދަން އިން ވިޓްރޯ ފާޓިލައިޒޭޝަން (އައިވީއެފް) ހަދާ މީހުންނަށް އުރަމަތީ ކެންސަރު ޖެހުމުގެ ފުރުސަތު އޮންނަ ކަމަށް ވާހަކަ ދެކެވުނަސް އެއީ ކަންބޮޑުވާންޖެހޭ ވަރުގެ ނުރައްކަލެއް އޮންނަ ކަމެއް ނޫން ކަމަށް ހޮލެންޑުގެ ދިރާސާ ޓީމަކުން ބުނެފި އެވެ.

ރިސާޗަރުން 25000 އަންހެނުން ބައިވެރިކޮށްގެން ކުރި ދިރާސާއަކަށް ފަހު ބުނެފައި ވަނީ އައިވީއެފް ހެދި ކަމުގައި ވިޔަސް، އުރަމަތީ ކެންސަރުގެ ފުރުސަތު އިތުރުވެގެންދާ ކަމުގެ އެއްވެސް ހެއްކެއް ލިބިފައި ނެތް ކަމަށެވެ.

ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާދޭ ތަޖުރިބާކާރުން ވިދާޅުވަނީ މި ދިރާސާ އަކީ އައިވީއެފްގެ ފަރުވާ ހޯދަން މަސައްކަތްކުރާ މީހުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެ ކަމަށެވެ.

"އައިވީއެފް ހަދާ އަންހެނުންގެ އަދަދު އިތުރުވަމުން އަންނައިރު މިއީ އެ ފަރުވާގެ ސަބަބުން އުރަމަތީ ކެންސަރުގެ ޖެހޭ ކަމެއް ނޫންކަމުގެ ޔަގީންކަން ލިބިގެންދާ ދިރާސާއެއް،" ނިއު ޔޯކުގެ ނޯތު ޝޯ ޔުނިވަސިޓީގެ ހޮސްޕިޓަލްގެ ސެންޓަ ފޯ ހިއުމަން ރިޕްރޮޑަކްޝަންގެ ޗީފް ޑރ. އަވްނާ ހާޝްލަގް ވިދާޅުވެފައިވެ އެވެ.

އައިވީއެފްގެ ސަބަބުން ހަށިގަނޑުގައި ބައެއް ހޯމޯންތައް ވަގުތީ ގޮތުން މަދުވެ އަދި އިތުރުވެ އެވެ. މިއީ އުރަމަތީ ކެންސަރަށް މަގު ފަހިކުރުވަފާނެ ކަމެއްގެ ގޮތުގައި ބައެއް ތަޖުރިބާކާރުން ގަބޫލުކުރައްވަ އެވެ. މި ބަހުސާ މެދު ގޮތެއް ނިންމުމަށް ނެދަލެންޑްސް ކެންސާ އިންސްޓްޓިއުޓުން ކުރި ދިރާސާގައި ވަނީ 1983 އާއި 1995 އާ ދެމެދު އައިވީއެފް ހެދި 19000 އަށް ވުރެ ގިނަ މީހުންގެ މައުލޫމާތު އެއްކޮށްފަ އެވެ. އައިވީއެފް ހެދި އިރު މި މީހުންގެ އެވްރެޖް އުމުރަކީ 33 އަހަރެވެ.

މި މީހުންނަށް އުމުރުން 54 އަހަރު ވީއިރު އޭގެ ތެރެއިން އުރަމަތީ ކެންސަރު ޖެހުނީ ކިތަން މީހުންނަށްތޯ ބަލާފައި ވާއިރު އައިވީއެފް ނުހަދާ މި އުމުރުގެ 6000 މީހަކަށް ކެންސަރުގެ ނުރައްކާ އޮތް މިންވަރު ވެސް ވަނީ ދެނެގެންފަ އެވެ.

ޖާނަލް އޮފް ދަ އެމެރިކަން މެޑިކަލް އެސޯސިއޭޝަންގެ ޖުލައި 19 ވަނަ ދުވަހުގެ އަދަދުގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓްގައި ބުނެފައި ވަނީ އައިވީއެފް ހެދި މީހުންނާއި ނުހަދާ މީހުންނަށް ވެސް އުރަމަތީ ކެންސަރުގެ ނުރައްކާ އޮތީ ގާތްގަނޑަކަށް އެއްވަރަކަށް ކަމަށް ދިރާސާއިން ހާމަވި ކަމަށެވެ.

އައިވީއެފް ހެދި މީހުންނަށް ކެންސަރުގެ ނުރައްކާ ތިން ޕަސެންޓަށް އޮތް އިރު އައިވީއެފް ނުހަދާ މީހުންނަށް މި ނުރައްކާ އޮތީ 2.9 ޕަސެންޓުގަ އެވެ.

މީގެ އިތުރުން ބުނެފައި ވަނީ ދަރިމައިކުރުމަށް އެހީގެ ގޮތުގައި ދޭ ބޭހުގެ ސަބަބުން އުރަމަތީ ކެންސަރަށް މަގު ފަހި ނުވާ ކަމަށެވެ. އަދި ހަތް ފަހަރު ނުވަތަ އެއަށްވުރެ ގިނައިން އައިވީއެފް ހަދާފައިވާ ނަމަ ކެންސަރުގެ ނުރައްކާ، ދެ ފަހަރު ނުވަތަ އެއްފަހަރު އައިވީއެފް ހަދާފައިވާ މީހުންނަށް އޮންނަ ވަރަށް ވުރެ ކުޑަ ކަމަށް ވެސް ދިރާސާއިން ވަނީ ދައްކައިފަ އެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454