ޚިޔާލު / އޮޅުންބޮޅުން

އޮޅުންބޮޅުން- ބަލާނެ މީހަކު ނެތް ބަލި މީހުން

އުމުރުން ދުވަސްވީ މީހަކު އެކަނިވެރި ވަގުތުކޮޅެއް ހޭދަކުރަނީ: އުމުރުން ދުވަސްވީ މީހުން ހޮސްޕިޓަލްގައި އެޑްމިޓް ކުރުމަށް ފަހު، އާއިލާ އިން އަޅާލާނެ މީހަކު ނުވުމުގެ މައްސަލަ ރާއްޖޭގައި ވެސް ވަރަށް ބޮޑު.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އަހުމަދު އަބްދުﷲ

10 އެޕްރީލް 2018 - 07:07

9 comments

ބަލިވެގެން ހޮސްޕިޓަލްގައި ބާއްވާ ބައެއް ބަލި މީހުން ބަލާނެ މީހަކު ނެތިގެން ނުވަތަ އަޅާލާނެ މީހަކު ނެތިގެން ހޮސްޕިޓަލުން ދޫނުކުރެވިގެން އުޅޭ ވާހަކަ އަކީ ދޭތެރެދޭތެރެ އިން އިވޭ އަޑެކެވެ. ސަރުކާރުގެ ހޮސްޕިޓަލް ތަކުގަ އެވެ. އެ ފަދަ މީހުން ބަލިވެގެން ހޮސްޕިޓަލަށް ގެންދިއުމަށް ފަހު ބަލި ރަނގަޅު ވުމުން ވެސް އެފަދަ މީހުންގެ ބަލަދުވެރިން، އެ މީހުން ދިރިއުޅޭ ތަންތަނަށް ނުގެންދަނީ ކަމުގައި ވެ އެވެ. ތަފާތު ސަބަބު ތަކާ ހުރެ އެވެ. މިފަދަ ވާހަކަތަކުގެ އަޑު އިވުމުން އެންމެ ފުރަތަމަ ވެސް ހިތަށް އަރަނީ، މިއީ ކޮންމެ ބަޔަކު ކުރި ކަމެއް ކަމުގައި ވިޔަސް މި އަމަލަކީ ވަރަށް އިންސާނިއްޔަތުކަން ކުޑަ، ރަހުމެއް ނެތް އަމަލެއް ކަމުގަ އެވެ. އެހެން ނަމަވެސް މިކަމާ މެދު ފުންކޮށް ވިސްނާލުމުން މިފަދަ ބައެއް މައްސަލަތަކުގައި ހައްލު ކުރަން ދަތި އިޖުތިމާޢީ މައްސަލަތަކެއް ވެސް އޮވެދާނެ ކަމަށް ފެނެ އެވެ. ޚާއްޞަކޮށް މާލޭގަ އެވެ. މާލޭގެ ވާހަކަ މި ދެންނެވީ މާލޭގައި މި މައްސަލަ އޮންނަ ވަރަށް ރާއްޖޭގެ އަތޮޅުތަކުގައި ސިއްޙީ ޚިދުމަތް ދޭ ތަންތަނުގައި، މާލޭގައި މިފަދަ ކަންތައްތައް ތަޖުރިބާ ކުރެވޭ ވަރަށް ވުރެ މަދު ވާނެތީވެ އެވެ.

ސަރުކާރުގެ ސިއްޙީ ޚިދުމަތް ދޭ ތަންތަނުގައި މި ގޮތަށް ކަންތައްތައް ދިމާވުމަކީ ހައިރާން ވާންޖެހޭ ކަމެކެވެ. ފުރަތަމަ ކަމަކީ އެންމެ ނިކަމެތި މީހާ އަށް ވެސް ހިލޭ ބޭސްފަރުވާ ކުރެވޭނެ ނިޒާމެއް، ރާއްޖޭގައި މިހާރު ގާއިމް ކުރެވިފައި އޮތުމެވެ. އާސަންދަ މެދުވެރި ވެގެންނެވެ. ދެން އޮތީ ކެއުންބުއިމުގެ މައްސަލަ އެވެ. ހާލު ބަލާނެ މީހަކު ނެތުމެވެ. ވެލްފެއާ އިން މި ކަމަށް ކޮންމެ ވެސް ގޮތެއް ނެރެވޭނެ އެވެ. ނެރެފައި އެބަހުއްޓެވެ. އުމުރުން ދުވަސްވީ މީހުންނާއި ތަފާތު މަޤްބޫލު ސަބަބު ތަކާ ހުރެ ޢާއިލާ އަށް ނުބެލެހެއްޓޭ މީހުން ބެލެހެއްޓުމަށް ސަރުކާރުން ތަފާތު ނަންނަމުގައި ތަންތަން ތައްޔާރު ކޮށްފައި އެބަހުއްޓެވެ. ރައްޔިތުންނަށް މިފަދަ ކަންތައްތަކުގައި އެހީތެރިވެދީ މަގު ދައްކައި ދިނުމަށް ސަރުކާރުން ވަނީ ޚާއްޞަ މުއައްސަސާތައް ވެސް އުފައްދައިފަ އެވެ. މިފަދަ ތަންތަން އުފައްދާފައި އޮންނަ މަޤްޞަދާ އެއްގޮތަށް ކަންތައްތައް ކުރެވޭ ނަމަ، ޢާއިލާގެ ތެރެއިން އަޅާލާނެ މީހަކު ނެތިގެން ހާލުގައި ޖެހިގެން، ހޮސްޕިޓަލްގައި އޮންނަން ޖެހޭ ބަލި މީހުންގެ މައްސަލައެއް ނުނުކުތީހެވެ.

ކުރީ ޒަމާނާ ޚިލާފަށް މިހާރު ތަފާތު ނަންނަމުގައި އަޅުގަނޑުމެންގެ އަތުން ބައިވަރު ފައިސާ، ޓެކްސްގެ ގޮތުގައި ސަރުކާރަށް ނަގަ އެވެ. އަދި ތަފާތު ކަންކަމުގައި ވަރަށް ބޮޑު އަދަދަކަށް ޖޫރިމޭނާގެ ފައިސާ ވެސް ނަގަ އެވެ. ފޯރާ މީހުންގެ އަތުންނާއި އެންމެ އާދައިގެ މީހާގެ އަތުން ވެސް މެ އެވެ. ބާޒާރުން ކިތަންމެ ކުޑަ އެއްޗެއް އަޅުގަނޑުމެން ގަތް ކަމުގައި ވިޔަސް އެ އެއްޗަކަށް ވެސް ކޮންމެ ވެސް މިންވަރަކަށް އަޅުގަނޑުމެން ޓެކްސް ދައްކަމު އެވެ. މި ގޮތަށް ރައްޔިތުންގެ އަތުން ޓެކްސްގެ ގޮތުގައި ނެގޭ ފައިސާ ޚަރަދު ކުރެވެނީ ރައްޔިތުންނަށް ޚިދުމަތް ދިނުމަށެވެ. ހުރިހާ ތަނެއްގައި ވެސް އެވެ. ރައްޔިތުން ބޭނުންވާ ތަފާތު ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދީ ފުދުންތެރިކަން ކުޑަ، ޒަރޫރީ އެހީ އަށް ބޭނުންވާ، ރައްޔިތުންނަށް ޓެކްސްގެ ގޮތުގައި ދެއްކޭ ފައިސާ އިން ސަރުކާރު މެދުވެރި ވެގެން އެހީތެރިކަން ފޯރު ކޮށްދެވެ އެވެ. ޚާއްޞަކޮށް އެހެން ފަރާތެއްގެ އެހީ އަށް ބޭނުންވާ، އަޅާލާނެ މީހަކު ނުވަތަ އަޅާލެވޭނެ މީހަކު ނެތް ރައްޔިތުންނަށެވެ.

ސަރުކާރުގެ ހޮސްޕިޓަލެއްގައި ޢާއިލާގެ އެހީތެރިކަމެއް ނުލިބި، އަދި ކަމާ ބެހޭ ރަސްމީ ފަރާތެއްގެ އެހީތެރިކަމެއް ވެސް ނުލިބި ބަލި މީހަކު އޮންނަން ޖެހިއްޖެ ނަމަ މިކަމުގައި، ސަރުކާރުގައި މިފަދަ ކަންތައްތައް ބެލެހެއްޓުމަށް ހަވާލު ވެފައި އޮންނަ ފަރާތްތަކުގެ ވަރަށް ބޮޑު އިހުމާލެއް އޮތް ކަމުގައި ބެލެވޭނެ އެވެ. މިގޮތަށް ދިމާ ވެއްޖެ ނަމަ، މިކަމުގައި ހޮސްޕިޓަލުގެ އިހުމާލެއް އޮންނާނެ ކަމަށް ބެލުމުގެ ފުރުޞަތު ވެސް އެބަ އޮތެވެ. އަންގަން ޖެހޭ ފަރާތްތަކަށް ނުއަންގާ ވަގުތުން ފިޔަވަޅު ނޭޅުމުންނެވެ. އަޅާލާނެ މީހަކު ނެތިގެން ހޮސްޕިޓަލްގައި އޮންނަ ބަލިމީހާ، ހޮސްޕިޓަލްގައި މަސައްކަތް ކުރާ މީހުން އިންސާނިއްޔަތަށްޓަކައި ދޭ އެހީތެރިކަމާއި އޯގާތެރި ކަމުގައި، ސަރުކާރުގެ ކަމާ ބެހޭ އެއްވެސް ފަރާތެއްގެ އެހީތެރިކަމެއް ނުލިބި، ޙާލަތު މަޖްބޫރުވެގެން އޮންނަން ޖެހެނީ ކިހިނެއް ވެގެން ބާވަ އެވެ؟ ހޮސްޕިޓަލްގެ ކޯޑިނޭޝަންގެ މައްސަލައެއް އޮވެގެން ބާވަ އެވެ؟ މި ބާވަތުގެ ކަންތައް ތަކާ މެދު ކަންތައް ކުރާނެ ލިޔެވިފައި އޮންނަ ތައްޔާރީ ޤަވައިދެއް ނުއޮންނަނީ ބާވަ އެވެ؟ ނޫން ނަމަ މިކަމުގައި ޒިންމާ ނަގަން ޖެހޭ ކޮންމެވެސް ފަރާތެއްގެ އިިހުމާލެއް އޮވެގެން ބާވަ އެވެ؟ ހޮސްޕިޓަލްގައި ބާއްވާފައި އޮތީ ދޮށީ އުމުރުގެ މީހަކު ކަމުގައި ވަނީ ނަމަ ސަރުކާރުން އެ މީހަކަށް ދޫކުރާ ދޮށީ އުމުރުގެ މީހުންގެ ޕެންޝަންގެ ފައިސާ ވެސް ލިބޭނެ އެވެ. އެ ފައިސާ އަށް ވަނީ ކިހިނެއް ބާވަ އެވެ؟ ޖަވާބު ހޯދަން ބޭނުން ވާ ބައިވަރު ސުވާލެވެ.

ސަރުކާރު ގެ ހޮސްޕިޓަލެއް ގައި ވަރަށް ބަލި މީހަކު ބާއްވައިގެން އުޅުނު މީހަކު އަޅުގަނޑުގެ ކައިރީގައި ބުންޏެވެ. އޭނާ ބާއްވައިގެން އުޅޭ ބަލިމީހާ ހޮސްޕިޓަލުން ގެ އަށް ގެންދަން ދޫކޮށްލުމުން ހަދާނެ ގޮތަކާ މެދު އޭނާ ވަނީ ވަރަށް ބޮޑަށް މާޔޫސް ވެފަ އެވެ. އޭނާ ބަލަހައްޓާ ބަލިމީހާގެ ބަލީގެ ގޮތުން ގެ އަށް ގެންދިއުމާ އެކު ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަނބުރާ ހޮސްޕިޓަލަށް ގެެންދަންޖެހޭ ފަހަރުފަހަރު ވެސް އަންނަ ކަމުގައި ބުންޏެވެ. އޭނާ ދިރިއުޅެނީ ކުއްޔަށް ހިފައިގެން އުޅޭ އެޕާޓުމެންޓެއްގަ އެވެ. ބަލިމީހަކު ގޮވައިގެން އުޅެވޭ ވަރަށް ވުރެ މާ ގިނަ މީހުން އެއް ކޮޓަރިއެއްގައި ދިރިއުޅޭ ތަނެއްގަ އެވެ. ފަސްވަނަ ފަންގިފިލާގަ އެވެ. ލިފްޓެއް ނުހުރެ އެވެ. ކޮންމެ ފަހަރަކު ވެސް ބަލިމީހާ އެ މީހުން ދިރިއުޅޭ ބަޔަށް ގެންދަން ޖެހެނީ އުފުލައިގެން ކަމަށް ބުންޏެވެ. ސްޕައިރަލް ސިޑި ހުރުމުން ގެންދަން ވަރަށް އުނދަގޫ ކަމަށް ބުންޏެވެ. ރޭގަނޑު ހޮސްޕިޓަލަށް ދާން ޖެހުމަކީ ވަރަށް ބޮޑު ވޭނެއް ކަމަށް ބުންޏެވެ. އަރާ ސިޑީ ގައި ދިއްލާފައި ހުންނަ ބޮކީގެ ކަންޓްރޯލް އޮންނަނީ އިމާރާތުގެ ވެރިފަރާތުގަ އެވެ. ރޭގަނޑު ތިރީގައި ދިއްލާފައި ހުންނަނީ ވަރަށް އަލި ފަނޑު ބޮއްކެކެވެ. މިހެން ވުމުގެ ސަބަބުން ސިޑިން އަރަން ބޭނުންވާ ވަރަށް އެކަށީގެންވާ އައްޔެއް ނުލިބޭ ކަމުގައި ވެސް ބުންޏެވެ.

ދަންވަރު ޓެކްސީއެއް ހޯދުމަކީ ވެސް ފަސޭހަ ކަމަކަށް ނުވާ ކަމުގައި ވެ އެވެ. މި ސަބަބުތަކާ ހުރެ އޭނާ ބޭނުން ވީ އޭނާ ބަލަމުންދާ ބަލިމީހާގެ ހާލަތު ހަމައަކަށް އެޅެންދެން ހޮސްޕިޓަލްގައި ބާއްވާށެވެ. ހަމައަކަށް އެޅުނީ ކަމަށް ބުނެ ހޮސްޕިޓަލުން ދޫކުރެވޭތާ ދެތިން ގަޑިއިރު ފަހުން ވެސް ހާލު ދެރަވެގެން އަލުން ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހޭ ކަމުގައި ވެސް ބުންޏެވެ. ބައެއް ފަހަރު ދެ ދުވަސް ފަހުން ވެސް އަލުން ހޮސްޕިޓަލްގައި ބާއްވަން ޖެހޭ ކަމުގައި ވެސް ވެ އެވެ. ހޮސްޕިޓަލްގައި ގިނަ ދުވަހު ނުބޭއްވޭ ސަބަބު ވެސް އޭނާ އަށް ރަގަޅަށް އިޙްސާސް ކުރެވެ އެވެ. ބަލިކަމުން ހޮސްޕިޓަލްގައި ބާއްވަން ބޭނުންވާ މީހުންގެ ކިއޫ ދިގު ކަމުންނެވެ. އެހެން މީހުންނަށް ޖާގަ ދެވޭތޯ ބެލުމަށެވެ.

ސަރުކާރުގެ ހޮސްޕިޓަލެއްގައި ޢާއިލާގެ އެހީތެރިކަމެއް ނުލިބި، އަދި ކަމާ ބެހޭ ރަސްމީ ފަރާތެއްގެ އެހީތެރިކަމެއް ވެސް ނުލިބި ބަލި މީހަކު އޮންނަން ޖެހިއްޖެ ނަމަ މިކަމުގައި، ސަރުކާރުގައި މިފަދަ ކަންތައްތައް ބެލެހެއްޓުމަށް ހަވާލު ވެފައި އޮންނަ ފަރާތްތަކުގެ ވަރަށް ބޮޑު އިހުމާލެއް އޮތް ކަމުގައި ބެލެވޭނެ އެވެ. މިގޮތަށް ދިމާ ވެއްޖެ ނަމަ، މިކަމުގައި ހޮސްޕިޓަލުގެ އިހުމާލެއް އޮންނާނެ ކަމަށް ބެލުމުގެ ފުރުޞަތު ވެސް އެބަ އޮތެވެ. އަންގަން ޖެހޭ ފަރާތްތަކަށް ނުއަންގާ ވަގުތުން ފިޔަވަޅު ނޭޅުމުންނެވެ. އަޅާލާނެ މީހަކު ނެތިގެން ހޮސްޕިޓަލްގައި އޮންނަ ބަލިމީހާ، ހޮސްޕިޓަލްގައި މަސައްކަތް ކުރާ މީހުން އިންސާނިއްޔަތަށްޓަކައި ދޭ އެހީތެރިކަމާއި އޯގާތެރި ކަމުގައި، ސަރުކާރުގެ ކަމާ ބެހޭ އެއްވެސް ފަރާތެއްގެ އެހީތެރިކަމެއް ނުލިބި، ޙާލަތު މަޖްބޫރުވެގެން އޮންނަން ޖެހެނީ ކިހިނެއް ވެގެން ބާވަ އެވެ؟ ހޮސްޕިޓަލްގެ ކޯޑިނޭޝަންގެ މައްސަލައެއް އޮވެގެން ބާވަ އެވެ؟ މި ބާވަތުގެ ކަންތައް ތަކާ މެދު ކަންތައް ކުރާނެ ލިޔެވިފައި އޮންނަ ތައްޔާރީ ޤަވައިދެއް ނުއޮންނަނީ ބާވަ އެވެ؟ ނޫން ނަމަ މިކަމުގައި ޒިންމާ ނަގަން ޖެހޭ ކޮންމެވެސް ފަރާތެއްގެ އިިހުމާލެއް އޮވެގެން ބާވަ އެވެ؟

މި ހުންނަނީ ސަރުކާރަށް ވެސް އަދި ހޮސްޕިޓަލަށް ވެސް އަދި މި ކަމުގައި ތަކްލީފް އުފުއްލައި އަމިއްލަ ފަރުދުންނަށް ވެސް އަވަހަށް ދާއިމީ ހައްލެއް ހޯދޭނެ ކަންތައްތަކެއް ނޫނެވެ. މިފަދަ ކަންތައްތައް ތަކުގައި އެހީތެރިކަން ފޯރު ކޮށްދޭ ޖަމިއްޔާތަކަށް ވެސް ހައްލެއް ހޯދައި ދިނުމަށް ދަތިވާނެ ބޮޑެތި އިޖްތިމާޢީ މައްސަލަ ތަކެވެ.

ކުރިން މި ދެންނެވުނު ވާހަކަ އަޅުގަނޑަށް ކިޔައި ދިނީ ވެސް އަޅުގަނޑު ދަންނަ މީހެއް ނޫނެވެ. އަޅުގަނޑު ހުރީ ބަލި މީހަކަށް ގޮވާލަން ހޮސްޕިޓަލަށް ގޮހެވެ. އަޅުގަނޑުގެ ރައްޓެއްސަކު އަޅުގަނޑަށް ކިޔައިދިނީ ބަލިމީހެއްގެ ބެލެނިވެރިން ހޮސްޕިޓަލްގެ ބެލުމުގެ ދަށަށް ދޫކޮށްލާފައި އޮތް ބަލި މީހެއްގެ ވާހަކަ އެވެ. ތަންކޮޅެއް ދުރުގައި އަޅުގަނޑުމެން ދެއްކި ވާހަކަ އަޑު އިވޭ ހިސާބުގައި ޒުވާނަކު ހުއްޓެވެ. އޭނާ ހީނލާފައި އައިސް އަޅުގަނޑުމެންގެ ވާހަކައިގައި ބައިވެރިވި އެވެ. އަދި އޭނާގެ އަމިއްލަ ތަޖުރިބާގެ އަލީގައި އޭނާގެ އުނދަގޫތަކުގެ ވާހަކަ އަޅުގަނޑުމެންނާ ޙިއްޞާކުރި އެވެ. މިއިން ދައްކައި ދެނީ ބައެއް ފަހަރު ރަޙުމް ކުޑަ އަމަލެއް ކަމަށް އަޅުގަނޑުމެންނަށް ފެންނަ ކަންތައްތަކަކީ މަޖުބޫރީ ހާލަތުގައި ބައެއް މީހުންނަށް ގޮތް ހުސްވެގެން ކުރެވޭ ކަންތައް ކަމުގަ އެވެ. ފަހަރެއްގައި ވެސް އެ ހުންނަނީ އެ ޙާލަތުގައި ރަގަޅު ކަންކަން ކަމުގައި އަޅުގަނޑު ނުދަންނަވަމެވެ.

ދޮށީ އުމުރުގެ ބައެއް މީހުންނަށް އަޅާލާނެ މީހަކު ނުވެފައި، ހޮސްޕިޓަލްގައި ބާއްވާފައި އޮންނަ އިރު އެފަދަ ބައެއް މީހުންގެ ދަރިން ވެސް މާލޭގައި ދިރިއުޅެމުން ގެންދާ ކަމުގައި ވެ އެވެ. މިފަދަ ބައެއް މީހުންނަށް ބައްޕަ ދިރި ހުރި ކަން އެނގެނީ ވެސް ބަލިވެގެން ހޮސްޕިޓަލްގައި ބޭއްވުމުންނެވެ. އެ މީހުން ކުޑައިރު ބައްޕަގެ ލޯތްބެއް، އަޅާލުމެއް، އެހީތެރިކަމެއް، ކުޑަކޮށް ވެސް ލިބިފައި ނުއޮވެ އެވެ. އެންމެ ކުޑަމިނުން އަނގައިން ވެސް ބުނެފައެއް ނުއޮވެ އެވެ. ބައެއް މީހުންނަށް ބައްޕަ ފެނިފައެއް ވެސް ނުވެ އެވެ. އަތޮޅެއްގައި ދިރިއުޅެމުން ދާތީ ވެއެވެ. ތެދުފުޅެކެވެ. ދީނީ ނަޒަރަކުން ބަލާއިރު ތިމާގެ ބައްޕަ އަށް އެހީތެރި ވާން ވާނެ އެވެ. އިންސާނިއްޔަތުގެ ނަޒަރަކުން ބަލާއިރު ވެސް އޯގާތެރި ވާން ޖެހޭނެ އެވެ. މި ގޮތަށް ކަންތައް ދިމާވާ އާދައިގެ އިންސާނެއްގެ ނަޒަރުން ބައްލަވާ ލައްވާށެވެ.

މި ހުންނަނީ އަޅުގަނޑުމެންގެ ރާއްޖެ އަށް ކުރިމަތިވެފައި އޮންނަ ރަނގަޅު ހައްލެއް ހޯދަން އުނދަގޫ، ވަރަށް ދިވެހިވަންތަ އިޖްތިމާޢީ މައްސަލަ ތަކެވެ. ކޮޅުކޮޅު ރަނގަޅަށް ބަލައި ނުލާ މިފަދަ މައްސަލަތަކާ މެދު ފާޑު ކިޔައި ވަކި ފަޅި އަކަށް ޖެހިފައި ހުރެ ގޮތެއް ނިންމުމަކީ އިންޞާފްވެރި ނިންމުމަކަށް ނުވެ ހިނގައިދާނެ އެވެ.

9 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 15%
icon sad icon sad 69%
icon angry icon angry 15%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަޑްސް

09 May 2018

ތިކަމުގެ ހައްލަކީ ހަމަ ހަމަ ފުރުސަތު ބަސްކިޔޭ މަޤާމް ތަކަށް ދިނުން. ޤާނޫން އެއްފާސް ކުރާއިރު ތިބެނީ ފިރިހެނެން. ޢެކަމުގެ ޒިންމާ އެމީހުންގެ ބޮލުގަ އެޅޭ ގޮތަށް އެއްވެސް ކަމެއް ކުރާކަށް ބޭނުމެއްނުވޭ. ޢިސްލާމީ ޝަރީއަތުގައިވެސް އޮންނަނީ ފިރިހެނުންގެ ޒިންމާއެއްގެ ގޮތުގައި ދަރިންނާއި މައިންބަފައިންނަށް ޙަރަދު ކުރުން. ޢަޅުގަނޑުމެންގެ މިކުޑަމުޖުތަމަުގަވަނީ ކިހިނެއްތޯބައްލަވާ. މިކަނކަނ ރަނގަޅުވިމަ އެދެވޭ ހައްލެއް ލިބޭނެ.

The name is already taken The name is available. Register?

އިންސާރފް

10 April 2018

އަޅާލާށެވެ. ލޯބި ދޭށެވެ! ތިމާއަށް އަޅާނުލި ނަމަވެސް އެވެ. ލޯބި ނުލިބުނު ނަމަވެސް އެވެ.

The name is already taken The name is available. Register?

ކީއްކުރަން

10 April 2018

އަހަރެން ކުޑައިރު އަހަރެންގެ ބައްޕަ އަހަންނަކަށް އަޅާލާފައިނުވޭ... އެއްވެސް ޚަރަދެއްކޮށްފައިނުވޭ.... އޭނާ މުސްކުޅިވެ ގައިން ބާރު ނެތް ދުވަހު އަހަރެންވެސް އޭނައަށް އަޅައެއް ނުލާނަން!

The name is already taken The name is available. Register?

ބޯ ހަލާކު

10 April 2018

ގައިމުވެސް މީގެ ވިއްސަކަށް އަހަރުކުރިން، ތިމާގެ އަދި ވާރުތަވެރިން ތިބެމެ މިގޮތަށް އަޅާނުލާ މީހުންގެ ވާހަކަ އެއްގޮތަކަށްހެން ވެސް ނީވެޔޭ ބުނެވިދާނެއެވެ. އެކަމަކު މީހާރު މިކިޔާ ޑިމޮކްރަސީއެއް ގެނައިފަހުން، މީހުންނަށް އަޅާނުލުމުގެ ވާހަކައާ ވަރަށް ގިނަ އެހެން މައްސަލަ މުޖުތަމަޢުގައި ވަރަށް ޢާންމު ވެއްޖެއެވެ. އަދި މި ޑިމޮކްރަސީ ގެނައި ސިޔާސީ ޕާޓީތަށް ބުނާގޮތުން ވެއްޖިއްޔާ އެއީ ގައުމުގެ ކޮންމެ ފަރުދެއްގެ ފުރިހަމަ ޙައްގު ހޯދާދިނުމުގައި ފޫގަޅާފައި ތިބޭ ބައެކެވެ! ބޮޑު ދެ ޕާޓީއަށް އަހަރަކު މިލިއަނުން ރުފިޔާ ދެއެވެ! ސިޔާސީ ޕާޓީތަކުން ގައިމު މިކަހަލަ މީހުނަށް އެމީހުންގެ ޙައްގު ހުރިހާގޮތަކަށް ހޯދާދިނިއްޔާ ވާނީ ކީތްހެއްޔެވެ؟ ސަރުކާރުން މިހާރުވެސް މީގެ އެތައް ބަޔަކާ ކުދިން ބަލަހައްޓައެވެ. ސަރުކާރެއްކަމަކު ކަންކަން ކޮށްދެވޭނީ ވަކި ވަރަކަށްކަން ވެސް ގަބޫލުކުރަން ޖެހެއެވެ.

The name is already taken The name is available. Register?

ރާޖްކުމާރު

10 April 2018

މިކަން ސިޔާސީ ކޮށްލާ

The name is already taken The name is available. Register?

0000

10 April 2018

ކޮންމެ ކަމަކީ ސިޔާސީ ކަމެއް. ސިޔާސަތާ ގުޅިފައިވާ ކަމެއް. ކާ ރޮށިކޮޅުން ފެށިގެން ބޯ ފެނާ ލާ އަންނައުނާ ވަންނާނެ ގެއަށް ދަންދެން ވަނީ ސިޔާސަތާ ގުޅިފައި! ކަންކަން ބޮއްސުން ލަނީ ދޯ ހަޅި ސިޔާސަތުގެ ސަބަބުން. ސިޔާސަތާ ބެހޭށޭ އަބަދުވެސް ޕާޓީ އަޅަކަށްނުވެ.

The name is already taken The name is available. Register?

ވިސްނެވިދާނެ

10 April 2018

އަޅުގަނޑު ވަރަށް ވިސްނައިފިން އުމުރުން ދުވަސްވާމީހުނަށް ހަދާނެގޮތަކާމެެދު އެތައްދުވަހެއް ވަންދެން. އެމީހުންގެ ހަޔާތް އެމީހުންގެ އާއިލާއަށްޓަކައި، ގައުމަށްޓަކައި ހުސްކޮށްލުމައްފަހު ދެން މުސްކުޅިވުމުން އެމީހުންނަށް ކުރެވޭނެ މާ ބައިވަރު ކަންކަމެއް ނޯވޭ. ކިއެއްތަ މާލޭގައިނަމަ ހަވީރުގަޑީގައި އަދި ރޭގަނޑު ގަޑީގައި ހިތްހަމަޖައްސާލަން ތާކަށް ދެވޭކައްވެސް ނޯވޭ. ގިނަ ދުވަސްވީމީހުން ތިބެންޖެހެނީ ގެއެއްގެ ގޮޅިއެއްގައި ބެދިފަ. ކިހާ ހިތްދަތި. އަދި ގިނަ މީހުންނަށް ކޮމްޕިއުޓަރު ނުވަތަ އިންޓަނެޓްއާ ކުޅޭކަށް ނޭނގޭނެ ފޫހި ފިލުވަން. އިހްސާސްކުރެވޭ އަހަރުންވެސް ދުވަސްވީ މިދުވަސްއައީމަ ހިތްދަތިވާނެވަރު. އަޅުގަނޑު ވިސްނިވިސްނުމުން މޮޅުގޮތަކަށް ފެނުނީ ދުވަސްވީ މީހުންނަށް ރަށެއް ހަމަޖައްސަން. އެރަށުގައި ކްލަބެއްގޮތައް، ކަސްރަތު، ކްލާސްތްއް، ގޭމްތައް، ކެއުން، ހިނގާލަން ދިޔުުން، އެކުވެރިކަން، ކޮމަން ކަންކަން. ބޭރުގައިވެސް ހަދަނީ މިހެން. ސަރުކާރުން ވިސްނަވާނެކަމަށް ހީކުރަން.

The name is already taken The name is available. Register?

އަހުމަދު މޫސާލަ

10 April 2018

އަދި ތިޔަ ރަށުގައި ތިބޭ މީހުންނަށް ސަރުކާރުން ދޭ ލާރި ދީގެން ނުވާނެ! ސަބަަބކީ ރަށުގައި ތިބެންޏާ ސަރުކާރުންނެއްނު އެބަލަހައްޓަނީ! އެހެންވެ! ރަނގަޅު ކަމެއްތީ!

The name is already taken The name is available. Register?

ވާލުސޮރު

10 April 2018

ގައުމު އިންތިހާއަށް ކޮރަޕްޓް ވެފަ ގާނޫނު ތަންފީޒުކުރަން ތިބި މީހުން ގައުމާ ރައްޔިތުންނަަށް ހަރާމްކޯރުވީމަ ދެން ވާނެގޮތް ރެއާދުވާލު ފެންނަމުންމިދަނީ. ރައްޔިތުންގެތެރޭން އެއްބަޔަކު އަނބިދަރިންގެ އުފަލަށް މިލިއަނުން މިލިއަނުން ޚަރަދުކޮށްފަ އަގުބޮޑު ފްލެޓް ތައް ހަދިޔާކުރާއިރު އަނެއްބަޔަކު ބޯހިޔާވަހިކަމެއް ބޭސްފަރުވާ ކުރެވޭނެ ގޮތާ ކާންބޯން ނުލިބި ބިކަވެ ނިކަމެތިވެފަ. މިގޮތާ ރުހިގެން ދިވެހިން ތިބޭނީ ކިހާ ދުވަހަކުބާއޭ ހިތަށްއަރާ!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454