ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް އެހީވާ ކުލިނިކުގެ ހިދުމަތް ދެނީ-- ފޮޓޯ: އައިޖީއެމްއެޗް
13 އެޕްރީލް 2018 - 14:23
ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ބޭނުންވާ މީހުންނަށް އެ ކަމުގައި އެހިތެރިވެދިނުމަށް ހާއްސަކޮށް އައިޖީއެމްއެޗްގައި އަލަށް ހުޅުވި ކްލިނިކަށް ފުރަތަމަ ހަފުތާގެ ތެރޭގައި ނުވަ މީހަކު ދައްކާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
މިދިިޔަ އާދިއްތަ ދުވަހު ހިދުމަތް ދޭން ފެށި، އެ ކްލިނިކަކީ އައިޖީއެމްއެޗުން ފަރުވާ ހޯދާ މީހުންނާއި އެކި ބޭނުންތަކުގައި އެ ހޮސްޕިޓަލަށް ޒިޔާރަތް ކުރާ މީހުންނަށް، ދުންފަތާ ގުޅޭ މައުލޫމާތު ދިނުމަށާއި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓައިލުމަށް އެހީތެރިވުމަށް ހުޅުވި ކްލިނިކެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިއްޔެގެ ނިޔަލަށް ނުވަ މީހަކު ފަރުވާ ހޯދަން ދިޔަ އިރު ފަރުވާ އަށް އެދި 52 މީހަކު ވެއިޓްލިސްޓްގައި ނަން ނޯޓް ކޮށްފައިވާ ކަމަށެވެ.
އެ ކްލިނިކަށް ދާ މީހުންނަށް ކައުންސިލިންގެ އިތުރުން ޑޮކްޓަރުން މެދުވެރިކޮށް ވެސް ފަރުވާދެ އެވެ. އެ ގޮތުން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް އެހީވާ ޗުއިންގަމާއި ގައިގައި ތަތްކުރާ ޕެޗް ފަދަ ތަކެތި މެދުވެރިކޮށް ދަނީ ފަރުވާ ދެމުންނެވެ.
ހުކުރު ފިޔަވައި ކޮންމެ ދުވަހެއްގެ 1:00 އިން 3:00 އަށް އެ ކްލިނިކުން ކައުންސިލިން ދޭއިރު ކޮންމެ ހަފުތާއެއްގެ ތިން ދުވަހު ޑޮކްޓަރުން ބެއްލެވުމަށް ވަނީ ހަމަޖެހިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެއްކަލަގޮލާ
14 April 2018
އަހުރެން އުޅެފިން ތިޔަ ސިނގިރޭޓެއް ބޮވޭތޯ. އެކަމުވާ ރަހައެއް ލާ އެއްޗެއް ނޫން ތިޔަކީ. އެހެންވެ ނުބޮނީ.
ފަސީ
14 April 2018
ރަނގަޅު ފެށުމެއް. އެކަކު ހުއްޓާލިޔަސް މުޅި އާއިލާގެ ހުރިހާ އެންމެނަށް އޭގެ ފައިދާ ކުރާނެ
ބޯނަ
14 April 2018
ސިނގިރޭޓު ހުރިހާ މައުލޫމާތެއް އެންމެ ރަނގަޅައް އެނގޭ ބަޔަކީ ސިނގިރޭޓު ބޯމީހުން... އެމީހުން ނޫޅޭ ކައުސިލިން ނުލިބިގެނެއް... ގިނަ މީހުންނަކީ އަނގައިން ހުއްޓަން ބޭނުން މީހުން... ހިތާހިތުން ހުއްޓާކަށް ބޭނުމެއްނޫން... ހުއްޓަން ބޭނުންވާ މީހާ ނުބޯނެ...
އަތްފުނާ
14 April 2018
ކޮންމެހެން މީހެއްގެގާތަށް ގޮސް ކައުންސިލް ހޯދުމުގެ ބޭނުމެއްނޫން.އަމިއްލައަށް ކަންކަމާ ވިސްނާ ފިކުރުކުރޭ އޭރުން ނަތީޖާ މާ ރަނގަޅުވާނެ.ބައެއް ސިއްރުތަކަކީ ތިމާ އަށް ހާއްސަވެފައި ވާ ކަންކަން އެހެންވެ އެފަދަ ސިއްރުތައް ބަޔަކަށް ހާމާ ނުކުރޭ އަދި އަމުދުން ނަފުސާނީ ބޭސް ނުކާތީ އެއީ ދެވިހިފާއެއްޗެއް !!!
އަހުމަދޫ
13 April 2018
ފުރަތަމަ ދުވަހު 9މީހުން ..52މީހުން ކިޔޫގައި.. މިހޮސްޕިޓަލުން ސްޕެޝަލް ޑޮކްޓަރަކަށް ދައްކަން ހޭދަވާ 4މަސްދުވަސް މިކަމަށް ދައްކަން ހޭދަވާނެ.... ނަންނޯޓްކޮށް އަމިއްލަޔަށް އެދޭ ފަރާތްތައް ތަންކޮޅެއް އަވަހަށް ދައްކައި ފަރުވާލިބޭނެގޮތް ހަދާބަލަ..ކޮންމެ ކަމެއްގައި ބޮޑު ކިޔޫއެއް ހަދަން ނޫޅޭ..
ޑުވަ
13 April 2018
ދުވާލަކު މީހަކުވެސް ނާދޭ އުތަ.
އާލިކް
13 April 2018
އަޅުގަނޑު ބޭނުން ހުއްޓާލަން. ވިޔާދާކަމެއް ނޫން މީކީ. މިކަމަށް އެހީތެރިވެދެއްވާ.
މުޖޭ
13 April 2018
މަގެންދެބަލަ