އެސްޓީއޯ އިން މިިދިޔަ އަހަރު ބޭއްވި އަހަރީ އާއްމު ޖަލްސާގައި 2016 ވަނަ އަހަރު ލިބުނު ފައިދާގެ ތަފުސީލްތައް މެނޭޖިން ޑިރެކްޓަރު ޝަހީރު ކިޔައިދެއްވަނީ.
25 އެޕްރީލް 2018 - 12:07
އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 55ރ. ބަހަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އިއްޔެ ނިންމައިފި އެވެ.
ތެލާއި ގޭހައި ބޭސް އަދި ކާޑުގެ ބާވަތްތައް އެންމެ ފުޅާ ދާއިރާއެއްގައި އެތެރެ ކޮށް ވިއްކާ ކުންފުނިން މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 55ރ. ބަހަން ނިންމި އިރު، އެ ކުންފުނީގެ އަހަރީ ރިޕޯޓު އަދި ހާމައެއް ނުކުރެ އެވެ.
އެ ކުންފުނިން މިދިޔަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ބަހާފައި ވަނީ ހިއްސާއަކަށް 51ރ. އެވެ. އެ ކުންފުންޏަށް 2016 ވަނަ އަހަރު ފައިދާގެ ގޮތުގައި 288 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
އެސްޓީއޯ އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނު މިންވަރު ސާފު ވާނީ އެ ކުންފުނީގެ އަހަރީ ރިޕޯޓާއެކު މާލީ ހިސާބުތައް ވެސް އާއްމު ކުރުމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިޔަކަށް ނުލިބޭނެ!
25 April 2018
2 ލަންބާޑާވެސް ތިޔަކަށް ނުލިބޭނެ!