ޕްރިންސް ލުއިސް: މިއީ ޕްރިންސް ވިލިއަމްގެ ތިން ވަނަ ދަރިފުޅު.
28 އެޕްރީލް 2018 - 07:37
ޕްރިންސް ވިލިއަމާއި ކޭޓް މިޑްލްޓަންގެ ތިން ވަނަ ދަރިކަލުންގެ ނަން އިއުލާންކޮށްފި އެވެ.
މި މަހުގެ 23 ވަނަ ދުވަހު ލިބިވަޑައިގެންނެވި ދަރިކަލުންގެ ނަމަކީ ލުއީ އާތާ ޗާލްސް އެވެ. މި ނަމަކީ ކުރިން ވެސް ދަރިކަލުންނަށް ކިޔަން ދެ ބޭފުޅުން ނިންމަވާފައިވާ ނަން ކަމަށްވެ އެވެ.
އާއިލާ އަށް އިތުރުވި ތިން ވަނަ ދަރިކަލުންގެ ނަން ވަނީ ފުރަތަމަ ދަރިކަލުން ޖޯޖް އެލެގްޒެންޑާ ލުއީއާ ވެސް ގުޅުވައިފަ އެވެ. ލުއީ އަކީ ޖޯޖްގެ މިޑްލް ނަމެވެ. އަދި އެ ނަމަކީ ވިލިއަމްގެ ބައްޕާފުޅު ޕްރިންސް ޗާލްސްގެ ނަމާ ވެސް ގުޅުވައިގެން ދީފައިވާ ނަމެކެވެ.
The Duke and Duchess of Cambridge are delighted to announce that they have named their son Louis Arthur Charles.
— Kensington Palace (@KensingtonRoyal) April 27, 2018
The baby will be known as His Royal Highness Prince Louis of Cambridge. pic.twitter.com/4DUwsLv5JQ
ވިލިމާއި ކޭޓްގެ އާ ދަރިކަނލުންގެ ނަން ޓްވީޓްކޮށްފައި.
ލުއީގެ ލަގަބަކީ ރޯޔަލް ހައިނެސް ޕްރިންސް ލުއީ އޮފް ކެމްބްރިޖް އެވެ.
ދެހާސް އެގާރަ ވަނަ އަހަރު ކައިވެނި ބައްލަވައިގަތް ޕްރިންސް ވިލިއަމާއި ކޭޓަށް ކުރިން ވަނީ ފިރިހެން ބޭފުޅަކީ އަންހެން ބޭފުޅަކު ލިބިވަޑައިގެންގެ އެވެ. އެއީ ޖޯޖް، 4، އާއި ޗާލޮޓް، 2، އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރެޑީ
28 April 2018
މި ނޫން ހަބަރެއް ނެތީތަ؟
ޑަޔާނާ
28 April 2018
ތިވެސް ދެން ހަބަރެއްތަ؟
ސާއިމާ އިދްރީސް
29 April 2018
އެކަނި އޮވެ ވިހޭވާހަކަވެސް އޮތް ދޯ