ބްރެޒިލްގެ މިޑްފީލްޑަރު ކުޓީނިއޯ.-- ފޮޓޯ: އޭއެފްޕީ
12 މެއި 2018 - 09:38
ބާސެލޯނާ (މެއި 12) - މިދިޔަ ޖެނުއަރީ މަހު ބޮޑު ޓްރާންސްފާއެއްގައި ލިވަޕޫލް ދޫކޮށް ބާސެލޯނާ އަށް ބަދަލުވި ނިންމުމާ މެދު ހުރިހާ ގޮތަކުން ވެސް ހިތްހަމަ ޖެހޭ ކަމަށް ބްރެޒިލްގެ މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯ ބުނެފި އެވެ.
ލިވަޕޫލް ދޫކޮށް ކުޓީނިއޯ ޖެނުއަރީ މަހު ބާސެލޯނާ އަށް ބަދަލުވީ 160 މިލިއަން ޔޫރޯ އަށެވެ. މި ސީޒަނުގައި ކުޓީނިއޯ ވަނީ ބާސެލޯނާއާ އެކު ސްޕެނިޝް ކޮޕަ ޑެލް ރޭ އާއި ސްޕެނިޝް ލީގު ކާމިޔާބު ކޮށްފަ އެވެ. ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ބާސެލޯނާ ކެޓީ ރޯމާ އަތުންނެވެ. ކުޓީނިއޯގެ ކުރީގެ ޓީމު ލިވަޕޫލް ވަނީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފަ އެވެ.
"ބާސެލޯނާ އަށް ބަދަލުވީ ރަނގަޅަށް. ލިވަޕޫލް ދޫކޮށްލުމުގެ ހިތާމައެއް ނުކުރަން. ބާސެލޯނާގައި ކުޅެން މި ޖެހެނީ ތަރިންނާ އެކު. އިނިއެސްޓާ، މެސީ، ސުއަރޭޒް އަދި ޕައުލީނިއޯ ފަދަ ކުޅުންތެރިންނާ އެކު ކުޅުމަކީ ވަރަށް ބޮޑު ފަސޭހައެއް، ބޮޑު ހިތްހަމަ ޖެހުމެއް،" އުމުރުން 25 އަހަރުގެ ކުޓީނިއޯ ބުންޏެވެ.
ބާސެލޯނާ އަށް ބަދަލުވި ނަމަވެސް ޔުއެފާގެ ގަވާއިދު ހުއްދަ ނުދޭތީ މި ފަހަރު ޗެމްޕިއަންސް ލީގުގައި ބާސެލޯނާ ކުޅުނު މެޗުތަކުގައި ކުޓީނިއޯ އަށް ބައިވެރިނުވެވެ އެވެ. އެއީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ލިވަޕޫލަށް ކުޅެފައިވުމުންނެވެ.
"އަންނަ ސީޒަނުގައި ބާސެލޯނާއާ އެކު ޗެމްޕިއަންސް ލީގުގެ ރަނގަޅު ހިސާބަކަށްދެވޭނެ ކަމުގެ އުއްމީދު އެބައޮތް،" ކުޓީނިއޯ ބުންޏެވެ.
އޭނާ ބުނީ ލިއޮނަލް މެސީއާ އެކު އިތުރު އަހަރުތަކެއް ވަންދެން ބާސެލޯނާ އަށް ކުޅެން ބޭނުންވާ ކަމަށެވެ.
"10 ނަމްބަރަކީ މެސީގެ ހައްގެއް. އަހަންނަށް މުހިއްމީ ނަމްބަރެއް ނޫން މުޅި ޓީމު. ޓީމުގެ ކާމިޔާބީ. މެސީއާ އެއް ޓީމަކަށް ކުޅުމަކީ ނަސީބެއް. ގިނަ އަހަރުތަކެއް ވަންދެން މެސީއާ އެއް ޓީމެއްގައި ކުޅެން ބޭނުން." ބްރެޒިލް ގައުމީ ޓީމުގެ މިޑްފީލްޑަރު ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައިމިން
13 May 2018
ލިވަޕޫލް ގައި ހުރެ ކޮން ކާމިޔާބެއް ލިބުނިީ. ބާސާގަ ވި މަދު ދުވަސް ކޮޅު ތެރޭގައި ދެ ތަށި ފަރަގު ފެނޭ ދޯ. އެންމެ ފަހުން ލީގު ވެސް ލިބުނީ 1990 ހިސާބު.
ލޯންްސްޓަރ
12 May 2018
އަސްލު އެހެން ބުންޏަސް ދެރަވާނެކަން އިނގޭ
ލޯންސްޓަރ ބަފާ
12 May 2018
ކީއްވެ ދެރަވާންވީ ، ލިވަފޫލަށްވުރެ ހައިބަތު ބޮޑު ކްލަބެއް ސްޕެއިންގެ ބާސެލޯނާއެއީ.
ރަދީފްް
12 May 2018
ލިވަޕޫލަށްވުރެ ބާސާ ހައިބަތު ބޮޑުވީ ކިހިނެތްބާ؟ ލިވަޕޫލް އިން ނުހޯދާ ކާމިޔާބެއް ވަކި ބާސާއިން ހޯދާފައެއް ނުވޭ، ބާސާގެ ހައިބަތު ބޮޑުވެގެން އުޅެނީ 1990 ގެ ފަހުން އުފަންވި މީހުންނަށް، ރެފްރީގެ އެހީތެރިކަމާ ޔުއެއްފާގެ އެއްބާރުލުމާއެކު މިފަހަކުން ތަށިތަކެއް ނެގިތަން އިއްޔެ މެންދުރުގެ ބަޔަކަށް ފެނުނަސް ބާސާ އަކީ ސްޕެއިންގެ އެންމެ ކާމިޔާބު ޓީމެއް ނޫން، އަދި ޔޫރަޕުގެވެސް އެންމެ ކާމިޔާބު ޓީމެއް ނޫން. ދެން ކޮން ހައިބަތެއް؟؟؟؟
ބާސާ
13 May 2018
އެއްކަލަ ފޭކު ރަދީފު. ކަލޭޔަށްް ތިކިޔޭ އެއްޗެއް އެބަ ވިސްނޭތަ. އަހަރުމެން މުނި ކާފަމެންގެ ދުވަސްވަރުގެ ވާހަކަ ނުދައްކަބަލަ. ލިވަޕޫލަށްވުރެ ހުރިހާގޮތަކުންވެސް ބާސާގެ ހައިބަތު ބޮޑު. ހޯދައިފައިވާ ތަށްޓާއި އަދި ކްލަބަށްލިބޭ އާމްދަނީގެ އިތުރަށް ކްލަބުގެ ވެލިޔުއާވެސް ލިވަޕޫލާއި އަޅާނުކިޔޭނެ. ކާކުތަ ބޭނުންނުވާނީ ދުނިޔޭގެ އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާއެކު ކުޅެލަން. އެންމެ މޮޅު މިޑްފީލްޑަރާއެކު ކުޅެލަން. އެހެންވީމަ ފޭކު ރަދީފް ގުދޯ ގުދޯ ނުގޮވުމަށް އެދެން. ވަރަށް ވެދުން #ވަލްވާރޑޭ އައުޓް
ލޯންސްޓަރ.
12 May 2018
ދިވެހިރާއްޖޭގަ ނެތޭ މިކަމާއިމެދު ބަސްބުނުމުގެ ހައްގުހުރި އެކަކުވެސް.ލިވަޕޫލުން އެހާ ކުޑަ މުސާރައެއް ދެނިކޮށް ބާސާއިން ބޮޑު މުސާރަ ދޭން ބުނީމަ ކާކުތަ ނުދާނީ.
ސަލާހު
12 May 2018
އަހަރެންވެސް އުފަާކުރަން ތި މިހާ ދިޔައީމާ!!
ތުރާން
12 May 2018
މޮޅައް އ.މެޑްރިޑްކަ ކުޅެމުންއައި ތުޜަންގެ ކެރިޔަރު ބާސާއިންދުއްވާލީ، ކުޓީނިއޯއައްވެސް އެހާލު ޖައްސާނެ.
ހަގުސޮރު ޖާބިރު
12 May 2018
ދޮންކަލޯ ރެއާލްގެ ގެރެތް ބޭލްވެސް ހަމަ ތިހާލުގަ ބޭލްއައް ފުލް އެގާރައިން ޗާންސް ނުދެނީ އޭނެ ރެއާލުން ބޭރުކުރަންވެގެން
ބާލައާދަނު
14 May 2018
ހަގުސޮރާ މިތަނަށް ރެއާލްއާ ބޭލް އާ ގެނެސް ތިޔަވައްދަނީ ކީއްވެ؟ މަ ހަމަ އަޖާއިބްވެއްޖެ؟