ސިވިލް ކޯޓު ހިނގާ ޖަސްޓިސް ބިލްޑިން: މާދަމާއިން ފެށިގެން އެ ކޯޓު އޮންނާނީ ރިސެސްގައި --ފޮޓޯ/މިހާރު
31 މެއި 2018 - 15:14
މާދަމާ އިން ފެށިގެން ސިވިލް ކޯޓުގެ ރިސެސް ފެށޭނެ ކަމަށް އެ ކޯޓުން ބުނެފި އެވެ.
ސިވިލް ކޯޓުން ބުނީ 2011 ވަނަ އަހަރު އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ގޮތަށް، ކޮންމެ އަހަރެއްގެ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް އެއީ ކޯޓުގެ ރިސެސް މުއްދަތު ކަމަށެވެ. އެހެންވެ މާދަމާ އިން ފެށިގެން މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ކޯޓު އޮންނާނީ ރިސެސްގައި ކަމަށް އެ ކޯޓުން ބުންޏެވެ.
ރިސެސް މުއްދަތުގައި އާންމު އުސޫލުން ޝަރީއަތްތައް ހިންގުމެއް ނޯންނާނެ އެވެ. އެކަމަކު ކޮންމެހެން ނެރެންޖެހޭ އަމުރުތައް ނެރުމާއި ކޮންމެހެން ބާއްވަންޖެހޭ ޝަރީއަތްތައް ބާއްވާނެ އެވެ. އަދި އާންމު އުސޫލުން މައްސަލަތައް ބަލައިގަތުމާއި އިދާރީ މަސައްކަތްތައް ކުރިއަށް ގެންދާނެ އެވެ.
ކޮންމެ އަހަރެއްގެ ވެސް ޖޫން މަހާއި ޑިސެމްބަރު މަހުގެ ވަކި ދުވަސްތަކެއްގައި ދަށު ކޯޓުތައް އޮންނާނީ ރިސެސްގަ އެވެ. ހައި ކޯޓާއި ސުޕްރީމް ކޯޓުގެ ރިސެސް އޮންނާނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހު ތެރޭގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިގަރޭ
31 May 2018
އެ ނިމުނީނު އެކަން.