އެމިރޭޓްސް އެއާލައިންގެ މަތިންދާބޯޓެއް: ދުބާއީން ފުރައިގެން މާލެއަށް ދަތުރުކުރި އެމިރޭޓްސްގެ މަތިންދާބޯޓެއް ވަނީ އިމަޖެންސީގައި މުމްބާއީއަށް ޖައްސާފައި.
26 ޖުލައި 2016 - 15:58
ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ދުބާއީން ފުރައިގެން މާލެއަށް ދަތުރުކުރި އެމިރޭޓްސްގެ މަތިންދާބޯޓެއް ކުއްލި ހާލަތުގައި އިންޑިއާގެ މުމްބާއީއަށް މިއަދު މެންދުރު ޖައްސައިފި އެވެ.
އިންޑިއާގެ އެންޑީ ޓީވީން ބުނީ 309 ޕެސެންޖަރުންނާއެކު ދަތުރުކުރި ބޯޓު ކުއްލި ހާލަތުގައި މުމްބާއީއަށް ޖެއްސިއިރު، އެ ބޯޓުގެ ފަސިންޖަރުން ތިބޭ ކެބިން އާއި ކޮކްޕިޓުން ދުން އަރާތަން ފެނުނު ކަމަށެވެ. އަދި ބޯޓު ކަނޑަށް ވެެއްޓިދާނެތީ އިންޑިއާގެ ކޯސްޓްގާޑުގެ އުޅަނދުތައް ވެސް ތައްޔާރީ ހާލާތުގައި އޮތް ކަމަށް އެ ޓީވީން ބުންޏެވެ. އޭގެ އިތުރުން އެމްބިއުލަންސް ވެސް ތައްޔާރީ ހާލަތުގައި އޮތް ކަމަށް ބުނެފައިވެ އެވެ.
އެންޑީ ޓީވީން ބުނީ ބޯޓު މުމްބާއީއަށް ޖެއްސުމަށްފަހު ހުރިހާ ފަސިންޖަރުން ރައްކާތެރިކަމާއެކު ބޯޓުން ބާލާފައިވާ ކަމަށެވެ.
އެމިރޭޓްސްގެ އީކޭ 652 މާލެ ޖެއްސުމަށް ހަމަޖެހިފައި އޮތް ގަޑިއަކީ މެންދުރުފަހު 3:05ގަ އެވެ. އަދި އެ ބޯޓުން ދަތުރުކުރި މީހުން އަލުން މާލެ ގެނައުމުގެ އިންތިޒާމް ހަމަޖެހިފައިވާ ގޮތެއް އެ އެއާލައިނުން ނުބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޭއުމަރު
26 July 2016
މާލެއަށް ފުލައިޓް ޖައްސާ ކަމެއް އަދި އިނގިފައެއް ނެތް
މާހިރު
26 July 2016
ކީއްވެ ދުބާއީ އިން ފުރައިގެން މާލެ އައި ބޯޓެއް މާލެ ފަސްދީ ގޮސް މުމްބާއީގައި ޖައްސަންވީ؟
ޒަންޖަބީލު
26 July 2016
ވެދާނެ ދޯ ފްލައިޓް ޕްލޭން ހުރި ގޮތުން އެ ދަތުރު ކުރި ރޫޓަށް ބަލާއިރު ހުޅުލެއަށްވުރެ ބޮމްބޭ ކައިރިވީމަ ކަމަށް..
ޖޯނޭ
26 July 2016
ޗާޓު ބަލާބަލަ
ދުބާއީ
26 July 2016
މާލޭ އެޢާޕޯޓު އިތުބާރު ނެތީ
ޙަސަނު
26 July 2016
ކޮައްކޮ އަށް ހާދަ ނޭނގެޔޭ ދޯ
އަލީ
26 July 2016
ދުބާއީ، މުމްބާއީ، މާލެ ނޭންގުނަސް ކޮމެންޓެއް ތިއޮތީ ކުރެވިފަ، ހެހެހެ
ސުނީތާ
26 July 2016
ޢޭތް ކޮންމެސް ވަރަކައް ދުނިޔޭގެ ޗާޓު ބަލައިލަބަލަ. ޢޭތް..އޯތް
ރަދީފް
26 July 2016
ވަރަށް ހިތާމަވެރި ހަބަރެއް.
މޯދީ
26 July 2016
އިންޑިޔާ ސަރައްހަދުގައި ކަމެއް ދިމާވެއްޖިޔާ، އެއްމެ އަވަހަށް ކުއްލިހާލަތުގައި އެހީ ފޯރުވައިދުމުގައި ގާބިލްކަން ލިބިގެންވަނީ އިންޑިޔާއަށް. އެވަރެއްނެތް. ހުރިހާކަމެއގައިވެސް.
ރާޖާ
26 July 2016
ތިޔަ ކަން އޮތީ ތިހެން. އެހެން ނަމަވެސް ބޯޓް މުމްބާއީ އަށް ޑައިވާޓް ކުރީ އެއީ އެންމެ ކައިރި އެއާރޕޯޓަށް ވީމާ. ކޮންމެހެން އިންޑިއާ މޮޅުވެގެން އިންޑިއާއަށް ދިޔައީ އެއްނޫން. މިފަދަ ޙާލަތްތަކުގައި އެންމެ ފުރަތަމަ ބަލާނީ އެންމެ އަވަހަށް ލޭންޑްކޮށް މީހުން އެވަކުއޭޓް ކުރެވޭނޭ ގޮތަކަށް.
ތުއްތުބޭބެ
26 July 2016
ﷲގެ ރަޙުމަތުން މީހުންސަލާމަތް ވިކަމަށްޓަކައި ޙަމްދުކުރަމެވެ.