ކުޅިވަރު / ގައުމީ ބެޑްމިންޓަން ޓީމް

މޫސަގެ ވިސްނުން ބޮޑެތި ކާމިޔާބީތަކާ ދިމާލަށް

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު (ކ.2).-- ފޮޓޯ:ނިޝާން އަލީ/ މިހާރު

މޮރިޝަސް ބެޑްމިންޓަން އިންޓަނޭޝަނަލް ސީރީސްގައި ރާއްޖޭން މި ފަހަރު މިކްސް ޑަބަލްސް އިންނާއި އަންހެން ޑަބަލްސް ބައިން ރިހި މެޑަލް ހޯދިއިރު، މިއީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) މުބާރާތެއްގައި ރާއްޖެ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ. ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ރައީސް މޫސާ ނާޝިދު ދެކޭ ގޮތުގައި މި ހިސާބުން އަދި ބޮޑު އުއްމީދުތަކަށް ކުރަން ހުރި މަސައްކަތް ފެށުނީ އެވެ.

މޮރިޝަސް މުބާރާތުގައި ވާދަކުރި ރާއްޖޭގެ ބެޑްމިންޓަން ޓީމުގައި ހިމެނުނު ހުރިހާ ކުޅުންތެރިން ވެސް ވަނީ އެކި އިވެންޓުތަކުގައި ކުއާޓާ ފައިނަލްގައި ކުޅެފަ އެވެ. އަދި ދެ ރިހި މެޑަލްގެ އިތުރުން ދެ ލޯ މެޑަލް ހޯދި އެވެ. އެއީ އަންހެން ޑަބަލްސް އިވެންޓުން ދެބެން ކަމަށްވާ ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާގެ ޕެއާ އާއި މިކްސް ޑަބަލްސްގައި މުހައްމަދު ސާރިމް އާއި އައިމިނަތު ޝަހުރުނާޒްގެ ޕެއާ އިންނެވެ. އަދި އޭގެ އިތުރުން ފިރިހެން ޑަބަލްސް ބައިން މުހައްމަދު އަޖުފާން އާއި އަހުމަދު ތޯއިފްގެ ޕެއާ އަދި މިކްސް ޑަބަލްސް ބައިން ތޯއިފް އާއި ނަބީހާގެ ޕެއާ ވަނީ ލޯ މެޑަލް ހާސިލްކޮށްފަ އެވެ.

ބެޑްމިންޓަންގެ މި ކާމިޔާބީއާ ބެހޭގޮތުން ބީއޭއެމްގެ ރައީސް މޫސަ "މިހާރަ"ށް ވިދާޅުވީ މިއީ ވަރަށް ގިނަ ބަޔެއް އެކުވެގެން ކުރި މަސައްކަތް ކަމަށެވެ. އަދި ހާއްސަ ގޮތެއްގައި އޭނާ ވަނީ ހަތަރު ބައެއްގެ ނަން ފާހަގަކޮށްފަ އެވެ.

"މިއީ ބެޑްމިންޓަނުގައި ޝާމިލުވާ އެންމެން ކުރީގެ ކުޅުންތެރިންނާ ވެސް އެކުވެގެން ހޯދި ކާމިޔާބެއް. އޭގެ ތެރެއިން ވެސް ވަކި ބަޔެއް މި ކަމުގައި ކުރި މަސައްކަތް ފާހަގަކުރަން ބޭނުން. އެއީ ޓީމުގެ ކޯޗު އިންޑިއާގެ އަފްޒަލް. ދެން ޓްރެއިނަރު އާސިމް. ދެ އަންހެން ޓީމާއި ފިރިހެން ޓީމުގެ ދެ މެނޭޖަރުން. އަދީމް އާއި ނީޒާ. މި ހަތަރު ފަރާތުން ވަރަށް ބުރަކޮށް މިދިޔަ ހަތަރު މަސް ދުވަހުގައި މަސައްކަތްކުރީ. ދެން ބީއޭއެމްގެ ސްޓާފުން ވެސް ވަރަށް ބޮޑު މަސައްކަތެއް ކުރީ،" ކުރީގެ އެއް ވަނަ ކުޅުންތެރިއާ މޫސަ ވިދާޅުވި އެވެ.

ފާއިތުވި އަހަރުތަކުގައި ރާއްޖޭން ވަނީ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދައިފަ އެވެ. މޫސަ ވިދާޅުވީ މުބާރާތްތަކުގައި ކާމިޔާބީ ލިބެނީ ހާއްސަކޮށް އެ މުބާރާތައް ޓާގެޓްކޮށްގެން ތައްޔާރުވެގެން ދާތީ އެވެ.

"މުބާރާތްތަކަށް ދާއިރު ވަރަށް ރަނގަޅަށް ތައްޔާރުވާން ޖެހޭ ފިޒިކަލީ ދެން މެންޓަލީ ވެސް. އިދިކޮޅަށް ނުކުންނަ ކުޅުންތެރިންނަށް ވެސް ބަލާލަން ޖެހޭ. އެއީ ކޮމްޕެޓިޝަން އޮތީ ކިހާވަރަކަށްކަން ވެސް އެނގެން ޖެހޭ. މިސާލަކަށް މި މުބާާރާތަށް (މޮރިޝަސް މުބާރާތަށް) އަޅުގަނޑުމެން ތައްޔާރުވީ ހަތަރު މަހުން. ކުޅުންތެރިންގެ ފިޒިކަލް ފިޓްނަސްގެ އިތުރުން އިންޑިވިޖުއަލީ ވެސް ކުޅުންތެރިން ތައްޔާރުކޮށްދިނިން. ވަރަށް މަސައްކަތް މިއީ،" މޫސަ ވިދާޅުވި އެވެ.

ޕްލޭނަކާ އެކު ބީއޭއެމުން އެންމެ ފުރަތަމަ ރަން މެޑެއްޔަކަށް ޓާގެޓް ކުރީ 2015 ވަަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގަ އެވެ. އެ ފަހަރު އެކަން ހާސިލްނުވުމުން ދުރު ރާސްތާ ޕްލޭނަކާ އެކު އަންނަ އަހަރުގެ އައިއޯއައިޖީން ރަން މެޑެއްޔަކަށް ފެށި އެވެ. މޫސަ ވިދާޅުވީ މިހާރު ޓީމުން އަމާޒުހިފާފައިވަނީ ބޮޑެތި މުބާރާތްތަކުގައި ވެސް ކާމިޔާބު ހޯދުމަކަށެވެ.

ފިރިހެން ޑަބަލްސް ބައިން ލޯ މެޑަލް ހޯދި އަޖުފާން (ކ) އާއި ތޯއިފް (ވ)އާ އެކު މޫސަ ފޮޓޯ އަކަށް ހުއްޓިގެން. -- ފޮޓޯ: ބީއޭއެމް

"މިހާރު ހަމައެކަނި އައިއޯއައިޖީގެ ގޯލްޑް މެޑަލް ޓާގެޓެއް ނޫން މި އޮތީ. އެ އަށް ވުރެން ދުރަށް ވެސް ވިސްނުން ބަދަލުވާންޖެހޭ. ހަގީގަތުގައި ކަމަކަށް މަސައްކަތްކުރާއިރު އެންމެ ބޮޑު ކާމިޔާބީ އަށް ވިސްނަން ޖެހޭނީ. އެއީ އެކަން ހާސިލްނުވެދިޔަސް ދެން ހުރި ކަންތައްތައް ހާސިލްވެފައި އޮންނާނީ. ވަރަށް ސްޓްރެޓިޖިކް ޕްލޭނެއެއްގެ ތެރެއިން ކުރިއަށްދިއުން ދެން އޮތީ،" ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަނުގެ ކައުންސިލް މަގާމެއް ފުރުއްވަމުން އަންނަ މޫސަ ވިދާޅުވި އެވެ.

މި ހުރިހާ ކަމަކަށް ޓާގެޓް ކޮށްގެން ކުރިއަށްދާއިރު މޫސަގެ އެންމެ ބޮޑު ހިތްވަރަކީ ކުޅުންތެރިންގެ އަޒުމެވެ.

"ހަގީގަތުގައި ކުޅުންތެރިން ގަބޫލުކުރޭ އެ މީހުންނަށް ހާސިލްކުރެވޭނެކަން. އެއީ އެސޯސިއޭޝަނަށް ވެސް އަޅުގަނޑަށް ވެސް ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުން. އަސްލު މި މުބާރާތުގައި (މޮރިޝަސް މުބާރާތުގައި) ގޯލްޑެއް ނުލިބުން އެއް ގޮތަކުން ރަނގަޅު. އެއީ އަދި ވެސް ކަޑައްތު ކުރަން ޖެހޭ އެއް ހަރުފަތް އޮތް ކަމަށް ކުޅުންތެރިން ގަބޫލުކޮށްފިން. ފުރަތަމަ ބްރޯންޒް ލިބުނީ. މި ފަހަރު ސިލްވާ. ދެން ހަގީގަތުގައި ހުރިހާ ކުޅުންތެރިން މަސައްކަތްކުރާނެ ގޯލްޑަކަށް،" މޫސަ ވިދާޅުވި އެވެ.

މޫސަ ވަނީ މި ފަހަރު މުބާރާތަކީ ރާއްޖޭގެ އެންމެ މޮޅު އެއް ކުޅުންތެރިއާ މުހައްމަދު އަޖުފާންގެ ކެރިއަަރަށް ރަނގަޅު ކަންތައްތަކެއް ގެނައި މުބާރާތްތަކެއްކަން ފާހަގަކޮށްފަ އެވެ. ފިރިހެން ޑަބަލްސް ބައިން އަޖުފާން ވަނީ ތޯއިފްއާ އެއް ޕެއާއެއްގައި ކުޅެ ލޯ މެޑަލް ހާސިލްކޮށްފަ އެވެ. އެކަމަކު މޫސަގެ ނަޒަރުގައި މި މުބާރާތުގައި އަޖުފާންގެ ފަރާތުން އެންމެ މޮޅު ކުޅުމެއް ފެނުނީ ފިރިހެން ސިންގަލްސް ބައިގައި އެއް ވަނަ އަށް ސީޑްކޮށްފައިވާ މޮރިޝަސްގެ ޖޫލިއަން ޕައުލާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗުން އަޖުފާން ބަލިވީ 21-17، 21-18 އިންނެވެ.

"މި މުބާރާތަކީ އަޖުފާންގެ ކެރިއަރުގައި ފުރަތަމަ ބޮޑު މެޑަލް ލިބުނު ފަހަރު. އޭނަގެ ކެރިއަރު ހައިލައިޓް. މިކަން އޭނަ ވެސް ގަބޫލުކުރާނެ. ފިރިހެން ސިންގަލްސް މެޗުގައި އަޖުފާން ފުރަތަމަ ބުރުން ބަލިވި ނަމަވެސް އެ މެޗުގައި އޭނަ ދެއްކި ކުޅުމަކީ މެޗު ކުޅެމުންދިޔަ ހޯލުގައި ތިބި އެންމެނަށް ޝައުގުވެރިކަން ލިބުނު މެޗެއް. އަޖުފާން މޮޅަށް ކުޅުނު ނަމަވެސް ފަހު ވަގުތު އަތުން މެޗު ދިޔައީ،" މޫސަ ވިދާޅުވި އެވެ.

އަޖުފާނަށް ވެސް މި މުބާރާތުން ގިނަ ކަންތައްތަކެއް ދަސްވެފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައި ކޮންމެ ކުޅުންތެރިއަކު ވެސް ހެދުނު ގޯސްތައް އަމިއްލަ އަށް ރަނގަޅުކޮށް ދެން ހުރި މުބާރާތްތަކަށް ތައްޔާރުވާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް މޫސަ ވިދާޅުވި އެވެ.

4 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލިނިންގް

15 June 2018

ޕްލޭން...ބީއޭއެމް ގެ ނިންމުން...ރަގަޅުކަން ކުޅުން ތެރިން ފާހަގަ ކަށަވަރު ކޮއް ދީފި...މި ދިޔަ ދުވަސް ތަކުގައި އެއް ޕްލެޔަރ ގެ ވާހަކަ އަޑު އިވުނީ...ބީ އޭ އެމް މިކަން ހެޑްލް ކުރިލެއް ވަރަށް މޮޅު...ކުޅުން ތެރިން ނަށް މަރްހަބާ...

The name is already taken The name is available. Register?

އަލީ ނަސީރު

14 June 2018

ގަދަ ކަލޭ!

The name is already taken The name is available. Register?

ސައިނީ

14 June 2018

ކާމިޔާބީ ލިބޭނީ އެކަމަށް ހުސްވެގެން އެކަން ކުރާހިތުން ކުޅޭ ކުޅުންތެރިން ނަށް އަދި ރާއްޖޭއިން ބޭރުގައި ޓްރޭނިންގް ހަދަން ފުރުސަތު ލިބި އޭގެ ފުރިހަމަ ބޭނުން ހިފާ ކުޅުން ތެރިންނަށް

The name is already taken The name is available. Register?

އަންދު

14 June 2018

ނުޖެހޭ ކޮންމެހެން ބޭރުގަ ޓްރެއިނިން ހަދާކަށް. ޓްރެއިނިން ހަދާތަނެއް ނޫން މުހިއްމުވަނީކީ. ހެދޭ ޓްރެއިނިން މުހިންނީ. މޮޅުވަނީ ކޮމިޓްމެންޓް ދީގެން ކުލޭ ކުޅުންތެރިން. ތަނަވަސްކަން ހުރީމަ ބޭރުގަ ޓްރެއިނިން ހެދިދާނެ އެކަމަކު އެއީއަކީ މޮޅުވަން ޖެހޭ ސަބަބެއްނޫން. ޑިސިޕްލިން އަދި ކޮމިންޓްމެންޓް އަކީ ކާމިޔާބުގެ އަސްލު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454