ސްރީ ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ. --ފޮޓޯ:އޭއެފްޕީ
08 ޖުލައި 2018 - 16:34
ކޮލަމްބޯ (ޖުލައި 8) - ހަމްބަންޓޯޓާ ބަނދަރު ހަވާލު ކުރަން ޗައިނާ އިން އެއްވެސް އިރެއްގައި ޕްރެޝަރު ނުކުރާ ކަމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.
ޕާލަމެންޓުގައި މި މޭރުމުން ރަނިލް ވާހަކަ ދައްކަވާފައި ވަނީ ހަމްބަންޓޯޓާ ބަނދަރު ޗައިނާއާ ހަވާލުކުރީ ބެއިޖިން އިން ޕްރެޝަރުކޮށްގެން ކަމަށް ނިއު ޔޯކް ޓައިމްސްގައި ދާދި ފަހުން ލިޔެފައިވާ މައްސަލާގައި ޖަވާބުދާރީވަމުންނެވެ.
"ހަމްބަންޓޯޓާ ބަނދަރު ހިންގަން ލިބުނު ޕްރޮޕޯޒަލްތަކުގެ ތެރޭން އެންމެ ފައިދާ ބޮޑު ޕްރޮޕޯޒަލެއް ހުށަހެޅީ ޗައިނާ މާޗެންޓް ހޯލްޓިންސް އިން. އެ ކުންފުނިން ވަނީ އިންޑަސްޓްރިއަލް ޒޯނެއް އުފަންދަން ވެސް ހުށަހަޅާފައި. އެއީ އެ ވަރުގެ ގާބިލް ކުންފުންޏެއް،" ރަނިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހަމްބަންޓޯޓާ ބަނދަރަށް 1،080 މިލިއަން ޑޮލަރު އިންވެސްޓްކުރަން ޗއިނާ މާޗެންޓް ކުންފުނިން އެއްބަސްވެފައިވާ ކަމަށެވެ.
ލަންކާ ކެބިނެޓުން ފާސްކޮށްގެން ހަމްބަންޓޯޓާ ބަނދަރު ޗައިނާ މާޗެންޓް ހޯލްޑިންސްއާ ހަވާލުކުރީ ޑިސެމްބަރު 23، 2016 ގަ އެވެ. އެ ކުންފުނިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ 293 މިލިއަން ޑޮލަރު އަދި މި އަހަރުގެ ޖެނުއަރީ މަހު 97 މިލިއަން ޑޮލަރު ލަންކާ ސަރުކާރަށް ދައްކައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަތްނެތްކުއްޖާ
08 July 2018
މި ރާއްޖެ އަށް ވެސް ވާނީ ހަމަ ތިޔަގޮތް. ކޮންމެވެސް އަތޮލެއް އެވެރިންނަށް ދޭނެޖެހޭނެ ހެން ލަފށކުރެވެނީ.