ރޭގަނޑުގެ ކެއުމުގެ ވަގުތު އަަވަސްކުރަންޖެހޭ
20 ޖުލައި 2018 - 07:20
ރޭގަނޑު ކާ ވަގުތު ލަސްކުރުމަކީ ސިއްހީ ނުރައްކާތައް އިތުރުވާ ސަބަބެއްކަން ކުރީގެ އެކި ހޯދުންތަކުން ވެސް ދައްކަ އެވެ. ފަހުގެ ދިރާސާއަކުން ހާމަވި ގޮތުގައި ދަން ނުކޮށް ކައި މީހުން ބައެއް ބާވަތްތަކުގެ ކެންސަރާ ދުރެވެ.
އިންޓަނެޝަނަލް ޖާނަލް އޮފް ކެންސާގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނި ގޮތުގައި ރޭގަނޑުގެ ކެއުން ރޭގަނޑު 9:00 ގެ ކުރިން ނިންމުން މުހިންމެވެ. އަދި އެންމެ ލަސްވެގެން، ނިދުމުގެ ދެ ގަޑި އިރު ކުރިން ކާން އާދަ ކުރުމަކީ ބައެއް ބާވަތްތަކުގެ ކެންސަރާ ދެކޮޅަށް ރަނގަޅު އާދައެއް ކަމަށް ބުނެފައިވެ އެވެ.
އުރަމަތީގެ ކެންސަރާއި ޕްރޮސްޓޭޓް ކެންސަރަކީ މުޅި ދުނިޔޭގައި ވެސް އެންމެ އާންމު ކެންސަރުގެ ދެ ބާވަތެވެ. އަދި މި ބައްޔަށް މީހާ ހުށަހެޅުމަށް މަގުފަހިވާ މައިގަނޑު އެއް ސަބަބަކީ ދިރިއުޅުމުގެ ވައްޓަފާޅި ބެހެއްޓޭ ގޮތް ކަމަށް ދިރާސާގައި ބުންޏެވެ.
މީގެ ކުރިން ހަދާފައިވާ ދިރާސާއެއްގައި ފާހަގަކޮށްފައިވާ ގޮތުގައި ރޭގަނޑު ޝިފްޓް ޑިއުޓީ ނެގުމަކީ ވެސް އުރަމައްޗާއި ޕްރޮސްޓޭޓް ކެންސަރަށް މީހާ ހުށަހެޅުމުގެ ފުރުސަތު ބޮޑުވާ ކަމެކެވެ.
"ދިރާސާ އިން އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ކެންސަރާއި މީހާގެ ކެއުމުގެ ވައްޓަފާޅިއާ ވެސް ބޮޑު ގުޅުމެއްވާކަން. އެހެންވެ ވަރަށް މުހިއްމު ރޭގަނޑުގެ ކެއުން އަވަސްކޮށްފައި، ރޭގަނޑުގެ ނިދި ހަމަކުރުން ވެސް،" ދިރާސާ ހެދި ސްޕެއިންގެ ބާސެލޯނާގެ އިންސްޓިޓިއުޓް ފޮ ގްލޯބަލް ހެލްތު (އައިއެސްގްލޯބަލް) ގެ ރިސާޗަރު މެނޯލިސް ކޮގެވިނަސް ވިދާޅުވި އެވެ.
މި ދިރާސާ ކުރުމަށް، ޕްރޮސްޓޭޓް ކެންސަރު ޖެހިފައިވާ 621 މީހަކާއި އުރަމަތީ ކެންސަރު ޖެހިފައިވާ 1،205 މީހަކާއި ކެންސަރު ނެތް 872 ފިރިހެނުންނާއި 1،321 އަންހެނެއްގެ މައުލޫމާތު އެއްކޮށްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ނަޒިމް
20 July 2018
ބަލަ ރޯދަ މަހޯ؟ އެއީ އަހާކަހަލަ ސުވާލެއްނޫން ދެއްތޯ؟
ވާލުސޮރު
20 July 2018
ތިޔަކަން ނޭނގި ނަމަވެސް 1994 ން ފެށިގެން ރޭގަނޑު ކެއުން މަޣްރިބް ނަމާދުގެ ފަހުން 7 ގެ ކުރިން އެބަ ނިންމާލަން. ވަރަށް ރަނގަޅު މައުލޫމާތުކޮޅެއް. ޝުކުރިއްޔާ