އިންޑިއަން އެއާލައިންސްގެ މަތިންދާ ބޯޓެއް ވެލާނާ އެއާޕޯޓުން ނައްޓާލަނީ: މިދިޔަ ތިން އަހަރު އެއާލައިންތަކުގެ ޓިކެޓްގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައި.
29 ޖުލައި 2018 - 14:42
ރާއްޖެއިން ބޭރަށް ދަތުރުކުރަން އެއާލައިންތަކުން ޓިކެޓް ވިއްކި އަގުތައް މިދިޔަ ތިން އަހަރު ވަރަށް ބޮޑަށް އުފުލިފައިވާ ކަމަށް އެމްއެމްއޭ އިން ހެދި ދިރާސާއަކުން ދައްކައިފި އެވެ.
މަރުކަޒީ ބޭންކުން މިދިޔަ ޑިސެމްބަރު 22 ން 28 އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ހޯލުގައި ކުރިޔަށް ގެންދިޔަ ސާވޭގެ ނަތީޖާ ބުދަ ދުވަހު އާންމުކުރި އިރު އެއިން ދައްކާ ގޮތުން، ދިވެހިން އެންމެ ގިނައިން ދަތުރުކުރާ އިންޑިއާގެ އެއާލައިންތަކުން ފާއިތުވި ތިން އަހަރުގެ ތެރޭގައި ވިއްކި ޓިކެޓްގެ އަގުތައް ވަނީ އުފުލިފަ އެވެ. އެގޮތުން 2015 ވަނަ އަހަރު 266 ޑޮލަރަށް ވިއްކި ޓިކެޓްގެ އަގު މިދިޔަ އަހަރު ނިމުނުއިރު 307 ޑޮލަރަށް ވަނީ އުފުލިފަ އެވެ.
އެ ސާވޭ އިން ދައްކާ ގޮތުގައި އިންޑިއާގެ އިތުރުން ދިވެހިން ގިނަ އަދަދަކަށް ދަތުރުކުރާ ސްރީލަންކަން އެއާލައިންސްގެ ޓިކެޓްގެ އަގު ވެސް ވަނީ ފާއިތުވި ތިން އަހަރުގެ ތެރޭގައި ބޮޑުކޮށްފަ އެވެ. އެގޮތުން 2015 ވަނަ އަހަރު 197 ޑޮލަރުގައި ހުރި ޓިކެޓް 2017 ނިމުނުއިރު ވަނީ 233 ޑޮލަރަށް އުފުލިފަ އެވެ. އޭގެ އިތުރުން މެލޭޝިއާއަށް ބައެއް އެއާލައިންތަކުން ކުރާ ދަތުރުތަކުގެ އަގު 2015 ވަނަ އަހަރު 340 ޑޮލަރުގައި ހުރިއިރު، މިދިޔަ އަހަރު ނިމުނުއިރު ވަނީ 395 ޑޮލަރަށް ބޮޑުވެފަ އެވެ.
ދިވެހިން އާއްމުކޮށް ދަތުރުކުރާ މަންޒިލްތަކުގެ ތެރެއިން ފާއިތުވި ތިން އަހަރު ޓިކެޓްގެ އަގު ހެޔޮވެފައި ވަނީ ތައިލެންޑަށް ކުރާ ދަތުރުތަކުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުނިޔަ
29 July 2018
ދެން ޓްރީޓޮޕް ހޮސްޕިޓަލުގެ ފޮޓޯއެއް ޖަހާފަ މިލިޔަނީ ދިވެހިން ބޭސް ފަރުވާޔަށް ބޭރަށް ދިއުން މަދުވެއްޖޭ! ބުނާ ކަހަލަ މޮޅު ހޮސްޕިޓަލެއް ހުރީމަ ބޭރަށް ދާން ނުޖެހެނީއޭ..އަސްލު ފައިސާ ނުހުންނާތީ ޓިކެޓާ އެއްޗިހި އަގު ބޮޑުވީމަ ނުދެވެނީ!
ސަކީނާ
29 July 2018
އެތެރޭގެ އުދުހުންތަކުގެ އަގުވެސް ދިޔައީ މައްޗަށް
ޔާމިން
29 July 2018
ކޮބާ އަމިއްލަ ގައުމުގެ އެއާރލައިން ތަކުގެ އަގުތައް ؟ ކޮބާ ބޭރުމީހުނައް ހެސްކިޔާފަނަގާ އަގުތައް ؟ކީތްވެ ތަފާތު ކުރަންވީ؟
މަރޭމިތުރާ
29 July 2018
[[ކަމަކުން ހުރިހާ އަގުތައް މިދަނީ ހަމަ މައްޗަށޭ! ކަމަކަށް ދާން ޓިކެޓެއްނަގާ އަގުވެސްހުރީ މައްޗަށޭ!]]
ލޯންސްޓަރ.
29 July 2018
ކާކުގެ ވެރިކަމެއްގަތަ މިކަމެއް މިހިނގީ.