ސުއޫދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ވޯޓުލާ ދުވަސް ބަންދުކުރަން އޭނާ ވަނީ ކޯޓަށް މައްސަލަ ހުށަހަޅުއްވާފައި --މިހާރު ފޮޓޯ/ނިޝާން އަލީ
07 އޯގަސްޓް 2018 - 11:28
ރިޔާސީ އިންތިހާބުގައި ވޯޓުލުން ބާއްވާ ދުވަސް، ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް އެދި، ގާނޫނީ ވަކީލު ހުސްނުއްސުއޫދު ސުޕްރީމް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅުއްވައިފި އެވެ.
ވޯޓު ލާން ކަނޑައަޅާފައިވާ އަންނަ މަހުގެ 23 ވަނަ ދުވަހަކީ އާދިއްތަ ދުވަހެކެވެ. އެ ދުވަސް ބަންދު ކުރުމާ ގުޅޭ ގޮތުން ސަރުކާރުން އަދި ގޮތެއް ނުނިންމަ އެވެ. މީގެ ކުރިން މުޅިން ވެސް އިންތިހާބުތައް ބާއްވާފައި ވަނީ ހުކުރު ނުވަތަ ހޮނިހިރު ދުވަހެއްގަ އެވެ.
ސުއޫދު މިއަދު ވިދާޅުވި ގޮތުގައި އެ މައްސަލަ ކޯޓަށް ހުށަހެޅީ އެއީ ބަންދު ދުވަހަކަށް ނުވާތީ، ރައްޔިތުންނަށް ފަސޭހަ ކަމާ އެކު ވޯޓުލުމުގެ ހައްގުގެ ބޭނުން ހިފުމަށް މަގުފަހި ކުރުމުގެ ގޮތުންނެވެ. އަދި އެއީ ދައުލަތުގެ އެންމެހައި ފަރާތްތަކުގެ މައްޗަށް އޮތް ވާޖިބެއް ކަމުގައި އޭނާ ވިދާޅުވި އެވެ.
ކޯޓަށް މައްސަލަ ހުށަހެޅި ލިޔުމުގައި ސުއޫދު ވިދާޅުވި ގޮތުގައި ވޯޓުލާ ދުވަސް ބަންދު ނުކޮށްފި ނަމަ، ވޯޓުލުމުގައި ވަރަށް ގިނަ ބަޔަކަށް އުނދަގޫތަކެއް ކުރިމަތިވާނެ އެވެ. ހާއްސަކޮށް ވަޒީފާ އަދާ ކުރާ މީހުންނާއި ރަށުން ބޭރުގައި މަސައްކަތް މީހުންނާއި ދިރިއުޅޭ ރަށް ނޫން ރަށަކަށް، ކޮންމެ ދުވަހަކު ވަޒީފާ އަދާކުރަން ދާ މީހުންނަށް ބޮޑެތި ތަކުލީފުތައް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން، ވޯޓުލާ ސަރަހައްދު ބެލެހެއްޓުމަށާއި އޮބްޒާވަރުންގެ ގޮތުގަޔާއި އޮފިޝަލުންގެ ގޮތުގައި ގިނަ ބަޔަކު ބައިވެރިވާއިރު، އެ މީހުން އެ ދުވަހު ވަޒީފާ އަށް ނުކުންނަން ޖެހޭ ނަމަ އުނދަގޫތައް ކުރިމަތިވާނެކަން ސުއޫދު ފާހަގަ ކުރެއްވި އެވެ.
"މީގެ ކުރިން 1932 ވަނަ އަހަރުން ފެށިގެން، ރާއްޖޭގައި މިހާތަނަށް ހުރިހާ އިންތިހާބުތަކެއް ވެސް ބާއްވާފައިވަނީ ބަންދު ދުވަހެއްގަ އެވެ. އެއީ ރައްޔިތެއްގެ ހައިސިއްޔަތުން ވޯޓުލުމަކީ އަދާ ކުރަން ޖެހޭ މަދަނީ ބޮޑު ވާޖިބެއްކަމަށްވެ، އެކަން ފަސޭހަ ކުރުމަށްޓަކަ އެވެ." ކޯޓަށް މައްސަލަ ހުށަހެޅި ލިޔުމުގައި އޭނާ ވިދާޅުވެފައި ވެ އެވެ.
ސުއޫދު އެދިފައިވަނީ ސެޕްޓެމްބަރު 23 ވަނަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް، ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އަމުރު ކޮށްދިނުމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، އިންތިޚާބު ބާއްވާ ދުވަސް ބަންދުކުރަން ރައީސް އޮފީހުގައި އެދިފައިވާ ކަމަށެވެ. އެ ދުވަސް ބަންދުކުރާނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. އެކަމަކު އެ ދުވަސް ބަންދުކުރުމާ ގުޅޭ ގޮތުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްލާ
07 August 2018
ސުއޫދަށް ހާދަ ކަންކަން ނޭގެ ، ބަންދު ކުރުމަކަށް ބަންދުކަމަށްކަނޑައެޅުމަކަށް ޚޯތުން އަމުރެއްނުކުރެވޭނެ . ގާނޫނީ ގޮތުން އެކަމަކީ ކޯޓާ ބެހޭކަމެއްނޫން އަދި ގާނޫނުއަސާސިގެ 142 ގަ ބުނާ ފަދަ ގާނޫނެއްގާ އޮތްކަމެއްނޫން.
ހެހެ
07 August 2018
މިސަރުކާރުން ކުރާ ހުރިހާ ނުބައި ކަމެއް އެހާ ރަގަޅަށް އެނގޭއިރު އެދުވަސް ބަންދުކުރާނެކަން ނޭގުނީތީ އަޖައިބު...
މަދިރި
07 August 2018
މީ ދެންކާކު.
ސޮލިއުޝަން
07 August 2018
އެއީ މިހާރު މިގައުމުގައިހުރި ގާނޫނީ އިލްމުގެ އެންމެ ބޮޑު ތަޖުރިބާކާރު. ކިޔަވައިގެންހުރި ތަޖުރިބާހުރި ދައުލަތުގެ ބަންޑާރަ ނައިބުކަން ކޮށްފައިވާ ގާބިލު ބޭފުޅެއް. ކަލޭތީ ކާކު؟
ލިޕޭ
07 August 2018
.ހުރިހާ ސްކޫލޫ އަދި ކޮލެޖް ދެން ގިނަ އޮފީސް ތަކުގަ ވޯޓް ފޮށި ބަހައްޓާނެ.އެހެންވީމަ ހަމަޖެހޭ ސިކުނޑިން ވިސްނާ ކޮންމެ މީހަކަށް އިނގޭނެ އެދުވަސް ބަންދުކުރާނެކަން
މޫސަ123
07 August 2018
އަޅުގަޑު ހީކުރީ ސިފައިންނާ ފުލުހުންގެ މުއައްސަސާވެސް އުވާލުމަށް ސްޕްރީމް ކޯޓަށް ވެއްދީކަމަށް
އަތްފުނާ
07 August 2018
ތިވެސް މައްސަލައެއްކަމަށް ތިހެދީ.ސާބަސް.ކަލޭގެ އެހަށް ނިއުރޮލޮޖިސްޓަކަށް ދައްކަންވީނުން.
ޢަލިދީދީއައްޑޫސިޓީ
07 August 2018
ވޯޓުލުމަށް 45 ދުވަހަށް ކުޑަތަންވެފަ އޮތް އިރު، އިލެކްޝަންސް ކަމިޝަނުން ކުރަންވެފަ ހުރި ވަރަށް ގިނަކަންތައްތަކެއް އަދި ނުކުރެވި ފަސްކުރެވިފައި އެބަހުރި ދެއްތޯ؟ ކީއްވެބާ!!! 2018 ގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާ އަދިވެސް ނުދޭ. އިންތިޚާބަށް ކެމްޕެއިންގ ކުރުމަށް ފައިސާ ބޭނުންވާނެތީ އެކަމަށް ހުރަސް އެޅުމުގެ މަގްޞަދުގައިތޯ، ފައިސާ ނުދީ ހިފަހައްޓަނީ. ވޯޓު ފޮށިތައް ހުންނާނެ ތަންތަން އެބަ އެނގެން ބޭނުން. އަތޮޅުތެރޭގެ މީހުން ވޯޓުލާންވީ ފޮށިތައް ހުންނަނީ މާލޭ ގައި ހުޅުމާލޭ ގައި ވިލިމާލޭގައިތޯ؟ އުނދަގޫކުރަން ތިލަފުށީގައި ވެސް ބަހައްޓަފާނެ. ސްކޫލް ލިބެންނެތޭ ކިޔާފަ. މިހުންނަނީ ދުރާލާ އެނގެން ބޭނުން މަޢްލޫމާތު. 23 ވަނަ ދުވަސް ސަރުކާރު ބަންދު ކުރިޔަސް ނުކުރިޔަސް ވޯޓު ލާން އެންމެންވެސް ދާނެކަން ކަށަވަރު. އޮފީސް ގަޑީގައި ކޮފީ އަށް ނުދާ އެއްވެސް މުއައްޒިފަކު ނުހުންނާނެކަން އެއީ ކަށަވަރުކަމެއް. ކޮފީ އަށް ގޮސް ވޯޓު ލެވޭނެ. އެކަން ވަރަށް ފުރިހަމަޔަށް އެދުވަކު ކުރާނެ.
ފުންއަސަރު
07 August 2018
ތިހާވަރުން އަދި ނޫޅެބަލަ. ހަމަ ޔަގީނުންވެސް އެދުވަސް ބަންދުކުރާނެ. ދުވަސް ގާތްވީމަ އެކަން އިއުލާން ކުރާނެ. އީދާ ގާތްކޮށްލާފަ އީދުތެރެއަށް އެވަންނަ ރަސްމީ ދުވަސްވެސް ބަންދު ދުވަހެއްގެ ގޮތުގާ ހަމަޖެއްސީނު. ދެން ކީތްވެ އެވަރުގެ ބޮޑު ދުވަހެއް ހަމަޖައްސާ ނުދެއްވަންވީ. ހަމަގައިމުވެސް އަހަރެން އެކަމާ ޝައްކެއް ނުކުރަން. އެއީ މި ފަހަކަށް އައިސް އެފަދަ ހުރިހާ ދުވަހެއްވެސް ބަންދުކޮށް ދެއްވާފާވާތީ. ތިވެސް މީހަކު ކޯޓަށް ހުށަހަޅާވަރުގެ މައްސަލައެއް.
ތުތީ
07 August 2018
ދަރިއަކު ލިބުމަށްފަހު މަ އެންމެ އުފާވާ ކަންތައް މީ..އޮފީސް ބަންދު ކުރުން.
މިގޭ
07 August 2018
ހަމައިންނެއްޓީ ވާވަދެފައި. ދެން އިތުރަށް ކުރާނެކަމެއް ނެތިގެން އައު ދައުރުގެ އުއްތަމަ ފަނޑިޔާރު އުތަ.