ސޮލަވާތް ދުންދަނޑި: މިއީ ސިއްހަތަށް ނުރައްކާތެރި އެއްޗެއް.
29 އޯގަސްޓް 2018 - 07:03
މީރު ވަސް ދުއްވަން ބޭނުންކޮށް އުޅުނު "ސޮލަވާތް ދުންދަނޑި"ގެ ދުމަކީ ވެސް ކެންސަރަށް މަގު ފަހިކުރުވާ އެއްޗެއް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ފަހުގެ ދިރާސާއެއްގައި ބުނި ގޮތުގައި އޭގެ ދުމާ އެކު ފެތުރޭ މީރު ވަހަށް ގަޔާވި ނަމަވެސް، މި ދުންދަނޑީގެ ދުމުން މީރު ވަސް ދުއްވުމަށްޓަކައި ބޭނުންކޮށްފައި ހުންނަނީ ސިއްހަތަށް ގެއްލުން ލިބިދާނެ ކަހަލަ މަސްނޫއީ ބާވަތްތަކެވެ.
ދިރާސާގައި ބުނި ގޮތުގައި ސޮލަވާތް ދުންދަނޑީގެ ދުމާ އެކު ކުދިކުދި އެތިކޮޅުތައް ވައިގެ ތެރެއަށް އަރައިގެން ގޮސް، ނޭވާލާ ނިޒާމަށް ވަދެ މައްސަލަތައް ޖެހުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތި ކުރުވަ އެވެ.
ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ދުންދަނޑީގެ ދުމަކީ ނުރައްކާތެރި ތިން ވިހައެއް އެކުލެވޭ އެއްޗެކެވެ. އެއީ މިއުޓަޖެނިކް، ޖެނޮޓޮކްސިކް އަދި ސިޓޮޓޮކްސިކް އެވެ.
މި މާއްދާތައް ހަށިގަނޑުގެ އެތެރެއަށް ދިއުމުން ފުރަމޭގެ ބަލިތަކަށް މީހާ ހުށަހެޅި، ކެންސަރު ފަދަ ނުރައްކާތެރި ބައްޔަކާ ކުރިމަތިލާން ޖެހިދާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރާބަރު އ އަޒީޒް
29 August 2018
އިންޑިއާ މީހުންނަކީ ދުންދަނޑީގެ ދުމުން ފެންވަރައިގެން އުޅޭބައެއް. އެހެންވެ ކަންނޭގެ އެތަނުގައި ރޭޕް އެހާގިނައީ. ފާޚާނާ އެއީ ހުންނަން ޖެހޭ އެއްޗެއްކަން ނުވިސްނެނީ. ދުމުގެ ވިހައިގެ އަސަރު ސިކުންޑިއަށް ކޮށްފައިހެން ހީވަނީ.
ރާއްޖެ
29 August 2018
"ޖީނޯޓޮކްސިކް" "ސައިޓޯޓޮކްސިކް" ރަގަޅުގޮތް. .