ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތޮފާ މަޖިލީހުގައި ވާހަކަ ދައްކަވަނީ: އަބުރުގެ ބިލާ ދެކޮޅު ހެދުމުން ވައިބަ ގުރޫޕުން ވަނީ ބޭރުކޮށްލާފައި. ފޮޓޯ މަޖިލިސް
05 އޯގަސްޓް 2016 - 22:48
އަބުރުގެ ބިލާ ބެހޭ ގޮތުން ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ މެދުގައި ވައިބަ ގްރޫޕުގައި ދެއްކި ވާހަކަތަކުގެ ތެރޭގައި އެ ބިލާ ދެކޮޅަށް ޚިޔާލު ފާޅުކުރުމުން، ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އެ ގުރޫޕުން ބޭރުކޮށްލައިފި އެވެ.
މުސްތޮފާ ވިދާޅުވީ ކަންކަމާ މެދު ފެންނަ ޚިޔާލެއް ފާޅުކުރުމުގައި އޭނާގެ ވެސް ފަރުދީ މިނިވަންކަން އޮންނާނެ ކަމަށާއި ބޭނުން އެއްވެސް ބުނެވެންޖެހޭނެ ކަމަށެވެ. އަދި ކޮންމެ ކަމެއްގައި ވެސް ހައްގު ބަސް ބުނުމުގެ ފުރުސަތު ވެސް އޮންނަންވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުގައި އޭނާއާ މެދު ޚިޔާލު ތަފާތުވުން އުފެދި ވައިބަ ގްރޫޕުން ބޭރު ކުރީ، އަބުރުގެ ބިލް އޮތް ގޮތަށް ފާސްކުރާ ނަމަ، މަޖިލީހުގެ މެންބަރުންނަށް ލިބޭ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ޚިޔާލު ހުށަހެޅުއްވުމުންނެވެ. އޭނާ ހުށަހެޅުއްވި ކަމަށް ވަނީ، މަޖިލީހުގެ މެންބަރެއްގެ މައްޗަށް ދަރަންޏެއް ސާބިތުވެއްޖެ ނަމަ، އޭނާ ފުރިހަމަ ކުރަމުންދާ ފަސް އަހަރުގެ މުއްދަތު ފުރިހަމަ ކުރަންދެން، އެ ހުކުމް ތަންފީޒު ކުރުން ފަސް ކުރެވޭ ގޮތަށް، މަޖިލީހުގެ މެމްބަރުންގެ އިނާޔަތުގެ ގާނޫނު އިސްލާހު ކުރުމަށް ފަހު، އަބުރުގެ ބިލް ފާސް ކުރުމެވެ.
ކޮމިޓީ މަރުހަލާގައި އޮތް އަބުރުގެ ބިލްގެ ދިރާސާ ނިންމައި މި ފެށޭ ހަފުތާގެ ތެރޭގައި އެ ބިލް މަޖިލީހުން ފާސްކުރާނެ ކަމަށް ބެލެވެ އެވެ.
އަބުރުގެ ބިލްގެ މައްސަލައިގައި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންގެ މެދުގައި ވެސް ވަނީ ޚިޔާލު ތަފާތުވުން އުފެދިފަ އެވެ. އަންނަ ހަފުތާގައި އަބުރުގެ ބިލް ފާސްކުރާ އިރު، ޕާލަމެންޓްރީ ގުރޫޕުން ނެރޭނީ ތްރީ ލައިން ވިޕެއް ކަމަށް ބައެއް މެމްބަރުންގެ ފަރާތުން ވަނީ މައުލޫމާތު ލިބިފަ އެވެ.
އަންނަ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުން ކުރެ ކޮންމެވެސް ދުވަހެއްގައި މުހިންމު ވޯޓެއް ރައްޔިތުންގެ މަޖިލިހުގައި ނަގާނެތީ، ޕީޕީއެމްގެ މަޖިލިސް މެމްބަރުން އެ ތިން ދުވަހު މާލޭގައި ތިއްބެވުމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން މިއަދު ވަނީ މެސެޖަކުން މެމްބަރުންނަށް އަންގަވައިފަ އެވެ.
ނިހާންގެ މެސެޖާ ގުޅިގެން ވައިބަ ގުރޫޕްގައި އަބުރުގެ ބިލާ ދެކޮޅަށް ވާހަކަ ދެއްކެވި ބޭފުޅުންގެ ތެރޭގައި ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) ހިމެނިވަޑައިގަންނަވަ އެވެ.
މުސްތަފާ ވިދާޅުވެފައި ވަނީ މެމްބަރުންގެ މަސްލަހަތާ ގުޅިފައިވާ މިފަދަ ބިލެއްގައި، މެމްބަރުންނާ މަޝްވަރާ ނުކޮށް، "ތި ގޮތަށް ތްރީލައިން ގްރީން ވިޕެއް ކަނޑައަޅައި މަޖުބޫރެއް ނުކުރެވޭނެ" ކަމަށެވެ.
ސަލީމް ވިދާޅުވެފައި ވަނީ ހިޔާލު ތަފާތުވާ ކޮންމެ މީހަކީ ދުޝްމަނެއް ނޫން ކަމަށާއި އެއީ ދުޝްމަނެއް ކަމަށް ބެލުމަކީ ވަރަށް ނާތަހުޒީބީ ކަމެއް ކަމަށެވެ.
އަބުރުގެ ބިލް ދިރާސާކުރުމަށް އެކުލަވައިލި ވަގުތީ ކޮމިޓީން މިހާރު ވަނީ ނޫސްވެރިންނާއި ބައެއް މިނިވަން މުއައްސަސާތައް ހާޒިރު ކޮށް ޚިޔާލު ހޯދައިފަ އެވެ. އަދި އެ ބިލާ މެދު އާންމުން ދެކޭ ގޮތް ބެލުމަށް ފުރުސަތު ހުޅުވައިލުމަށް ފަހު، ކޮމިޓީން މިއަދު ނިންމާފައިވަނީ އެ ފުރުސަތު ބަންދު ކުރުމަށާއި، އާންމުންގެ ފަރާތުން އެއްވެސް ޚިޔާލެއް ލިބިފައިވާ ނަމަ، އެ ޚިޔާލެއް ބާތިލު ކުރުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އީދުކަޅުބެ
06 August 2016
ސާބަހޭ މުޞްތޮފާބެ. ތިޔަހެން ރައްޔިތުންގެ މަންދޫބުންތިބޭނީ.
އޭބީ
06 August 2016
މީތަ އެކިޔާ ޑިމޮކްރަސީ އަކީ ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟ އެހެންމީހުންނަށް ޑިމޮކްރަސީ ކިޔަވައިދޭ މީހުންގެ ޙާލަތު......!!!!
ަިިޔޫ
06 August 2016
ތީ ކަމުދާ މީހެއް ނޫން ،
މުސްތަފާގެ ތަރުޖަމާނު
06 August 2016
އައި ރުޅީގައި ޕާޓީއިން ވަކިވެގެން ދެންވެސް އިދިކޮޅު އިއްތިހާދާއި ގުޅިބަލަ.. ޕީޕީއެމް އަކީ ފެތެމުންދާ އޮޑިއެއް.. އެކަމަކު ފެތެމުންދާ އޮޑީގެ ރިޔާ ދަށުވުމަށްވުރެވެސް ނުރައްކަލީ ޔާމީނު އަތްދަށުވުން..
ޖޖ
06 August 2016
މާރުކޭޓުގައި ފައިސާފޮތީގެ ފަހަތުން ދުވާބަޔެއް މިބައި މީހުންނަކީ!
Hussain
06 August 2016
"އޭނާ ހުށަހެޅުއްވި ކަމަށް ވަނީ، މަޖިލީހުގެ މެންބަރެއްގެ މައްޗަށް ދަރަންޏެއް ސާބިތުވެއްޖެ ނަމަ، އޭނާ ފުރިހަމަ ކުރަމުންދާ ފަސް އަހަރުގެ މުއްދަތު ފުރިހަމަ ކުރަންދެން، އެ ހުކުމް ތަންފީޒު ކުރުން ފަސް ކުރެވޭ ގޮތަށް، މަޖިލީހުގެ މެމްބަރުންގެ އިނާޔަތުގެ ގާނޫނު އިސްލާހު ކުރުމަށް ފަހު، އަބުރުގެ ބިލް ފާސް ކުރުމެވެ." ގަދަ. ތީ ނުވެއޮތް ކަމަކީ.
އަލީ
06 August 2016
ގައުމަކަށް ރައްޔިތުންނަކަށް ހެވަކަށް ނޫން ދެއްތޯ؟ މަޖިލިސް މެންބަރުންނަށް ދެއްތޯ؟
ޕައްލަންބެ
06 August 2016
ހައްޤު ބަސް ބުނަނީކީ ނޫން މީގެން ވެސް އަމިއްލަ ފައިދާ ނެގޭތޯ ބެލީ ... " އޭނާ ހުށަހެޅުއްވި ކަމަށް ވަނީ، މަޖިލީހުގެ މެންބަރެއްގެ މައްޗަށް ދަރަންޏެއް ސާބިތުވެއްޖެ ނަމަ، އޭނާ ފުރިހަމަ ކުރަމުންދާ ފަސް އަހަރުގެ މުއްދަތު ފުރިހަމަ ކުރަންދެން، އެ ހުކުމް ތަންފީޒު ކުރުން ފަސް ކުރެވޭ ގޮތަށް، މަޖިލީހުގެ މެމްބަރުންގެ އިނާޔަތުގެ ގާނޫނު އިސްލާހު ކުރުމަށް ފަހު، އަބުރުގެ ބިލް ފާސް ކުރުމެވެ. "
ޒިންދަގީ
06 August 2016
މުސްތަފާބެއާއި ގާސިމާއި ތީހަމަ އެކައްޗެއް. ފަހުވަގުތު ތިބޭނީ ފެހި ބަޓަނަށް ފިތައިގެން. ބަލަން ތިބޭތި!!!
ރަށުމީހާ
06 August 2016
ވަރެއްގެ ވައިބާރ ގުރޫޕެއްތާތީ! މުސްތަފާ މިރޭނުވެސްނިދާނެ