އެއްލައިދޫ މަނިކު.
08 ސެޕްޓެމްބަރ 2018 - 23:42
ވިޔަފާރިވެރިޔާ އަދި ރައީސް އަބްދުﷲ ޔާމީންގެ ޅިޔަން ބޭފުޅެއް ކަމަށްވާ މުހައްމަދު މަނިކު (އެއްލައިދޫ މަނިކު) އިންޑިއާގައި މިރޭ އަވަހާރަވެއްޖެ އެވެ.
ރައީސް ޔާމީނާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެސް ކޮއްކޯފުޅު މުސްލިމާ އަބްދުލްގައްޔޫމްގެ ފިރިކަލުން މަނިކު އަވަހާރަވީ، ފުރަމޭގެ އާލާސްކަންފުޅެއްގައި އިންޑިއާގެ ޗެންނާއީގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
އޭނާ ކުރިން އުޅުއްވީ ސްރީ ލަންކާގައި ކަމަށް ވިޔަސް ހާލުކޮޅު އިތުރަށް ގޯސްވުމުން، އިތުރު ފަރުވާ އަށް އިންޑިއާ އަށް ވަޑައިގެންނެވީ އެވެ.
މަނިކު އަވަހާރަވީ، ޗެންނާއީގައި އެޕޯލޯ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ހޯއްދަވަނިކޮށެވެ.
ވަރަށް އާދައިގެ ގޮތަކަށް، 1980 ގެ ފަހުކޮޅުގައި އަމިއްލަ ވިޔަފާރި ފެއްޓެވި މަނިކު ވަނީ އއ. އެއްލައިދޫގައި ރިސޯޓެއް ތަރައްގީކޮށް އެތައް އަހަރެއްވަންދެން ހިންގަވައިފަ އެވެ. އަދި މާލޭގެ މަޝްހޫރު ނަސަންދުރަ ޕެލަސް ހޮޓަލް ހިންގެވުމުގެ އިތުރުން މަޝްހޫރު ޓްރެވަލް އެޖެންސީ "ގެލެކްސީ އެންޓަ ޕްރައިސަސް" އަކީ ވެސް މަނިކު ހިންގެވި ކުންފުންޏެކެވެ.
އޭނާ އަވަހާރަވިއިރު އއ. މާގާ އާއި އިތުރު ދެ ރިސޯޓެއް ވެސް ތަރައްގީކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހުތާ
09 September 2018
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ އާއިލާ އަށް ކެއްތެރިކަން ދެއްވާށި. ޑިސްލައިކް ކުރާމީހުން އެކަން އެހެންއެކުރަނީ މިގައުމުގައި މުސްލިމް ނޫން މީހުން އުޅޭކަން ދައްކަންތޯއްޗެ. ﷲގެ އިރާދަފުޅާއެކު މިގައުމުގައި އެހެންދީނަކަށް ފުރުސަތެއް ނުލިބޭނެއެވެ. އެހެންދީންތަކަށް ދިވެހިން އުޅުމަށް ފުރުސަތު ދޭން މަސައްކަތްކުރާ ދިވެހިންގެ މަސައްކަތް ނާކާމިޔާބު ކޮށް އަދި އެމީހުންނަށް މާތްﷲ ހެޔޮވިސްނުން ދެއްވައި އުޅުން އިސްލާހު ކުރައްވާށި- އާމީން
ރޮންދު
09 September 2018
ކޮން ދީނެއް މިތާ އޮވެގެންތަ ތިމޮޔަގޮވަނީ...... ބަޔަކު ލިޔުނު ފޮތެއްގަ އޮތް ވާހަކަ އެއްތީ..... އިސްލާމް ދީނަށް އުޅޭމީހަކު ދައްކަބަލަ މިތަނުން... އެންމެނަށްވެސް އެގެނީ ދީން ކިޔަން....އޭގަ އޮތްގޮތަށް އުޅޭކަށް ނޭގޭ....
ވެލިފުށީކަލޯ
09 September 2018
ރޭގަ ރަށެއްގެ ޕީ ޕީ އެމް ޖަގަހައިގެ ޖަލްސާގަ ޤުރުއާން ކިޔަވަން ބެލިއިރު ޖަގަހައިގަ ޚަތިމެއް ނެތް. ދެން ކައިރި ގެއަކުން ގެނައީ. އެހެން ނަމަވެސް އެމީހުން ދީން ޙިމާޔަތް ކުރަނީ.
އޫނި
09 September 2018
اناالله وانا اليه راجعون
ފޮނިކަލޯ
09 September 2018
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ އާއިލާ އަށް ކެއްތެރިކަން ދެއްވާންދޭވެ.
އަޙްމަދު އަފްރާޝީމް
09 September 2018
މަރުޙޫމްގެ ފާފަ ފުއްސަވާ ސުވަރުގެ މިންވަރު ކުރައްވާށި
ތޫރި
09 September 2018
اناالله وانا اليه راجعون
ގޯނބިލި
09 September 2018
މަރްޙޫމްގެ ފާފަ ފުއްސަވާ ސުވަރުގެ މިންވަރު ކުރައްވާށި! އާމީން!
އަޖުވަދު އަހުމަދު
09 September 2018
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ އާއިލާ އަށް ކެއްތެރިކަން ދެއްވާންދޭވެ.
މުޙާވިން
09 September 2018
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
ސޮފްވާން / މމގލ
09 September 2018
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
އަދެދޭ
09 September 2018
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ