ސްޓާބަކްސްގެ އިޓަލީ އައުޓްލެޓް ހިންގާ އިމާރާތް.
10 ސެޕްޓެމްބަރ 2018 - 08:14
ޒަމާނީ ފެޝަނާއި ޕާސްޓާ އާއި ޕިއްޒާ ފަދަ ނަންތަކާ އެކު އިޓަލީގެ ނަން އަންނާނީ ދުނިޔޭގެ އެންމެ މަގުބޫލު ގައުމުތަކުގެ ލިސްޓަށެވެ. އެކަމަކު މިހާތަނަށް އިޓަލީ ވަނީ އެމެރިކާގެ މަޝްހޫރު ކޮފީ ބްރޭންޑް ސްޓާބަކްސް އިން މަހުރޫމުވެފަ އެވެ.
އިޓަލީ އަށް ލޯބިކުރާ މީހުންނަށް އޮތް އުފާވެރި ޚަބަރަކީ ސްޓާބަކްސް ވެސް މިހާރު އިޓަލީ އަށް އެތެރެވެއްޖެ ވާހަކަ އެވެ. އެ ގައުމުގައި ބުރާސްފަތި ދުވަހު ވަނީ ސްޓާބަކްސްގެ އައުޓްލެޓެއް ފުރަތަމަ ފަހަރަށް ހުޅުވައި ހިދުމަތް ދޭން ފަށައިފަ އެވެ.
The new Starbucks Reserve Roastery in Milan marks the arrival of Starbucks in Italy—and the culmination of a dream decades in the making. https://t.co/ufnitBs6ZB pic.twitter.com/XtGVrbaJnH
— Starbucks Coffee (@Starbucks) September 6, 2018
ސްޓާބަކްސްގެ ޓްވީޓެއް.
މިލާންގެ ތާރީހީ އިމާރާތެއް ކަމަށްވާ ޕޯސްޓެގައި ހުޅުވި އެ އައުޓްލެޓްވެގެން ގޮސްފައި ވަނީ ސްޓާބަކްސް ރޯސްޓްރީގެ ދަށުން ހުޅުވި ތިން ވަނަ އައުޓްލެޓަށެވެ.
When @Starbucks stores close for the night, more great work begins. Learn how employees like Kirsten are helping Starbucks collect fresh food donations for local food banks through the Starbucks FoodShare program: https://t.co/A9SImhOT5S pic.twitter.com/CW8l5eQnuY
— Feeding America (@FeedingAmerica) September 5, 2018
ސްޓާބަކްސްގެ ޓްވީޓެއް.
މިފަދަ އަނެއް ދެ އައުޓްލެޓް ހިންގަނީ އެމެރިކާގެ ސިއެޓްލް އާއި ޗައިނާގެ ޝަންހާއީގަ އެވެ. ސްޓާބަކްސް ރޯސްޓެރީޒް އައުޓްލެޓްކަކީ އާންމުކޮށް ހިދުމަތް ދޭ އައުލެޓްތަކާ ތަންކޮޅެއް ތަފާތު އަދި ބިޔަކޮށް ހިދުމަތް ދޭ ތަންތަނެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިޓަލީގައި ސްޓާބަކްސްގެ އައުޓްލެޓެއް ހުޅުވައި ހިދުމަތް ދޭން ފެށުމާ އެކު، އަލަށް 300 އެއްހާ ވަޒީފާގެ ފުރުސަތު ވެސް ވަނީ ހުޅުވިގެން ގޮސްފަ އެވެ.
ނަވާރަސަތޭކަ ހަތްދިހަ އެކެއްގައި ވުޖޫދަށް އައި ސްޓާބަކްސްގެ އައުޓްލެޓްތައް މިހާރު ދުނިޔޭގެ 28،000 އަށް ވުރެ ގިނަ ސިޓީތަކުގައި ހިންގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖެލާޓޯ
10 September 2018
އިޓާލިއާގައި ތިމީހުން ބޮޑު ފުލޮޕަކަށްވާނީ! އޮސްޓްރޭލިއާގަވެސް ސަޓާބަކްސް ފޭއިލްވެއްޖެ. އިޓަލީމޫހުންގެ ފުރާނަ އެއީ ކޮފީ، އެތާ އެންމެ އާދައިގެ އަވަށްގަނޑު މަގުމަތީ ގާޑިޔާތަކުްނވެސް ލިބޭނެ ސްޓާބަކްސް އަށް ތުރެ މާމީރު ކޮލިޓީ ކޮފީ އެއަށްވުރެ އަގުހެޔޮކޮށް. އެމޭހުން ދަންނަ އެއްޗެއްނޫން އެއީ ޓޭކްއަވޭ ކޮފީ! ނޯ ކަޕަޗީނޯ އާފްޓަރ ބްރޭކްފާސްޓް ގްރާޒިއޭ
ލޯރެންޒޯ
10 September 2018
ސްޓާބަކްސް އެއީ ކޯޗެއްދެން ! އަހަރެމެން ބޮނީ ދުނިޔޭގެ ނަމްބަރ 1 ކޮފީ. ކެމިކަލް ކަރުދާސް ޑިސްޕޯސަބަލް ތައްޓަކަށް އަޅާފަ ހުންނަ ފޭކް ކޮފީ ބޯކަށް މިތާ މީހުންނެއް ނޫޅޭ،