އެއްލައިދޫ މަނިކު: އަވަހާރަވެފައި ވަނީ އިންޑިއާގެ ޗެންނާއީގައި --
10 ސެޕްޓެމްބަރ 2018 - 11:27
މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައީސް އަބްދުﷲ ޔާމީންގެ ޅިޔަން ބޭފުޅެއް ކަމަށްވާ މުހައްމަދު މަނިކު (އެއްލައިދޫ މަނިކު)ގެ މޫނު ދެއްކުން އިސްލާމީ މަރުކަޒުގައި މިއަދު 10:00 ފެށިގެން ކުރިއަށްދާއިރު ކަށު ނަމާދު ކުރުން މެންދުރު ނަމާދަށް ފަހު އޮންނާނެ އެވެ.
އިންޑިއާގެ ޗެންނާއީގައި އަވަހާރަވި މަނިކު 57، ގެ ހަށިގަނޑު މާލެ ގެނެސްފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.
ރައީސް ޔާމީނާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެސް ކޮއްކޯފުޅު މުސްލިމާ އަބްދުލްގައްޔޫމްގެ ފިރިކަލުން މަނިކު އަވަހާރަވީ، ފުރަމޭގެ އާލާސްކަންފުޅެއްގައި އިންޑިއާގެ ޗެންނާއީގައިގެ އެޕޯލޯ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
އޭނާ ކުރިން އުޅުއްވީ ސްރީ ލަންކާގައި ކަމަށް ވިޔަސް ހާލުކޮޅު އިތުރަށް ގޯސްވުމުން، އިތުރު ފަރުވާ އަށް އިންޑިއާ އަށް ވަޑައިގެންނެވީ އެވެ.
ވަރަށް އާދައިގެ ގޮތަކަށް، 1980 ގެ ފަހުކޮޅުގައި އަމިއްލަ ވިޔަފާރި ފެއްޓެވި މަނިކު ވަނީ އއ. އެއްލައިދޫގައި ރިސޯޓެއް ތަރައްގީކޮށް އެތައް އަހަރެއްވަންދެން ހިންގަވައިފަ އެވެ. އަދި މާލޭގެ މަޝްހޫރު ނަސަންދުރަ ޕެލަސް ހޮޓަލް ހިންގެވުމުގެ އިތުރުން މަޝްހޫރު ޓްރެވަލް އެޖެންސީ "ގެލެކްސީ އެންޓަ ޕްރައިސަސް" އަކީ ވެސް މަނިކު ހިންގެވި ކުންފުންޏެކެވެ.
އޭނާ އަވަހާރަވިއިރު އއ. މާގާ އާއި އިތުރު ދެ ރިސޯޓެއް ވެސް ތަރައްގީކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރަންވީރް ޑޮގްރާ
10 September 2018
ޔާ ﷲ މަނިކުއަށް ސުވަރުގެ ދެއްވާށިއެވެ.
ޖުލައި
10 September 2018
ކޮންމެ މަރަކީވެސް އިބުރަތުން ފުރިގެންވާ މަރެކެވެ. މާތްﷲ އަޅަމެންނަށް ހެޔޮވިސްނުން ދެއްވާ، އެކަލާނގެ އެންގެވިގޮތަށް އުޅުމުގެ ހެޔޮތައުފީގު ދެއްވާށި ، އާމީން
މާނު9
10 September 2018
މަޙުރޫމް އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލައްވާ، އާއިލާއަށް ކެތްތެރިކަން ދެއްވާށި!