"ތިންކް އެޑްވަޓައިސިން" އާއި "ޓޭސްޓް" މެގަޒިން ކޮފީ ފެސްޓިވަލެއް މިއަހަރު ފަހުކޮޅު ގެންނަނީ -- ފޮޓޯ: ތިންކް އެޑްވަޓައިސިން
17 ސެޕްޓެމްބަރ 2018 - 20:39
ތިންކް އެޑްވަޓައިޒިން އާއި ޓޭސްޓް މެގަޒިން އިން އިންތިޒާމްކޮށްގެން ރާއްޖޭގެ ފުރަތަމަ "ކޮފީ ފެސްޓިވަލް" މި އަހަރު ފަހު ކޮޅު ބާއްވަން ނިންމައިފި އެވެ.
މިކަމާ ބެހޭ ގޮތުން ނެރުނު ޕްރެސް ރިލީޒެއްގައި ބުނީ "މޯލްޑިވްސް ކޮފީ ފެސްޓިވަލް 2018" ބާއްވާނީ މި އަހަރު ފަހުކޮޅު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކަމަށެވެ. އެކަމަކު، ފެސްޓިވަލް ބާއްވާނެ ތާރީޚާއި އިތުރު މައުލޫމާތު ހާމަކުރާނީ އަދި ފަހުންނެވެ.
ހަފުތާ ބަންދަކާ ދިމާކޮށް ބާއްވަން ނިންމާފައިވާ ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ޕްރެސް ރިލީޒްގައިވެ އެވެ.
މި ފެސްޓިވަލުގައި، ރާއްޖޭގައި ހިންގާ ކޮފީ ޝޮޕްތަކާއި ބޭރު ބްރޭންޑްތަކާއި ފްރެންޗައިޒްތައް ވެސް ބައިވެރިވާނެ ކަމަށް ތިންކުން ބުންޏެވެ. އަދި މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް މި ފެސްޓިވަލް ބޭއްވުމަކީ، މި އިވެންޓް އިންތިޒާމްކުރާ ފަރާތުގެ އުންމީދެކެވެ.
ފެސްޓިވަލް ކުރިއަށް ގެންދާނީ މުނިފޫހި ފިލުވުމުގެ ހަރަކާތްތަކާ ވެސް އެކުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްތާ
17 September 2018
ސާބަހޭ ތިންކް އަދި ޓެސްޓް. އައިލަވް ޓޭސްޓް މެގް. .