ޚަބަރު / އުމަރު ނަސީރު

ނާގާބިލް ފުލުހުންނަށް ޖާގައެއް ނެތް، ބޮޑު ބަދަލެއް ގެންނަނީ

ރަނގަޅަށް މަސައްކަތް ނުކުރާ ފުލުހުން ވަޒީފާގައި ބޭތިއްބުމުގެ ވިސްނުމެއް ނެތް. ދާއިމީ ތަމްރީންތަކާ އެކު މުއައްސަސާ އަށް ބޮޑެތި އިސްލާހުތަކެއް މި އަހަރު ތެރޭ ގެންނަން ވަނީ ނިންމާފައި. އެ ބަދަލާއެކު ފުލުހުންގެ ފައުޖުތަކުގެ ތެރެއަށް އެއްވެސް ކަހަލަ ނުފޫޒެއް ވަދެ ހަލުވާލުމުގެ ޖާގައެއް ނުދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި.

ފުލުހުންގެ 83 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ޖަލްސާގައި ރައީސް ޔާމިން އާއި ހޯމް މިނިސްޓަރު އުމަރު ނަސީރު ބައިވެރިވެ ވަޑައިގަންނަވަނީ. ފުލުހުންގެ މުއައްސަސާ އަށް އިސްލާހީ ބަދަލުތަކެއް ގެންނަން ވަނީ ނިންމާފައި-- ފޮޓޯ: ޕޮލިސް

ފުލުހުންގެ މުއައްސަސާސާގައި ނާގާބިލް، އެކަށީގެންވާ މިންވަރަށް މަސައްކަތް ނުކުރާ ފުލުހުންނަށް ޖާގައެއް ނެތް ކަމަށާއި ދާއިމީ ތަމްރީންތަކާ އެކު އެ މުއައްސަސާ އަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިދިޔަ އާދީއްތަ ދުވަހު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު "މިހާރަ"ށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ ފުލުހުންގެ ތެރޭގައި ރަނގަޅަށް މަސައްކަތް ނުކުރެވޭ މީހުންނަށް އޮތީ ވަޒީފާ ދޫކޮށްފައި ދިއުން ކަމަށެވެ. ފުލުހުންގެ ފައުޖުތަކުގައި "ބަރުހެލި، ހަރަކާތްތެރި ނޫން މީހުންނަށް ނޫޅެވޭނެ" ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފުލުހުންގެ ފައުޖު ވާން ޖެހޭނީ ހިމަތޮޅި އަވަހަށް މޫވްކުރެވޭ، ތައުލީމީ މޮބައިލް ބައަކަށް. އުމަރު

"ފުލުހުންނަކަށް ނެތް އަންޑަޕާފޯމާސް ގޮވައިގެން އުޅެވޭކަށެއް. ހާއްސަކޮށް މިކަހަލަ ބޮޑު 3000-4000 މީހުންގެ ބޮޑު ފައުޖެއްގެ ތެރޭގައި އަންޑަޕާފޯމާސް އުޅޭނެ. އެ މީހުން ވަކިކުރުން، ދޫކޮށްލުން، އެ މީހުންނަށް ރިޓަޔަމެންޓް ދިނުން އެކަންކަން އެއީ ވަރަށް އުނދަގޫ ކަންތައް. އެކަމަކު ލަހެއް ނުވެ އެ ރިފޯމް ގެންނާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

އުމަރު ވިސްނުން ގެންގުޅުއްވަނީ، މި އަހަރުގެ ތެރޭގައި ފުލުހުންގެ މުއައްސަސާ އަށް އެ ބަދަލު ގެންނެވުމަށެވެ.

ފުލުހުންގެ 83 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ޖަލްސާގައި ހޯމް މިނިސްޓަރު އުމަރު ނަސީރު، ފުލުހުންގެ އިސް ބޭފުޅަކަށް ހަނދާނީ ފިލައެއް އަރުވަނީ.-- ފޮޓޯ: ޕޮލިސް

"އެކްސްޓްރާ ބާޑަން، ފެޓް ކެރީކުރާކަށް ބޭނުމެއް ނޫން. ފުލުހުންގެ ފައުޖު ވާން ޖެހޭނީ ހިމަތޮޅި އަވަހަށް މޫވްކުރެވޭ، ތައުލީމީ މޮބައިލް ބައަކަށް،" މިނިސްޓަރު ވިދާޅުވި އެވެ. ފުލުހުންގެ ދާއިމީ ތަމްރީން މަރުކަޒު ގުޅީފަޅުގައި:

އުމަރު ވިދާޅުވީ އައްޑޫގައި ހުރި ފުލުހުންގެ ޓްރޭނިން މަރުކަޒު 2012 ގައި އަންދާލުމުން ފުލުހުންގެ ތަމްރީންތައް ވަރަށް ބޮޑަށް ވަނީ ހީނަރުވެފައި ކަމަށެވެ. އޭގެ ފަހުން ތަމްރީންތައް ކުރިއަށް ގެންދަނީ ދ. ވާނީގަ އެވެ.

އެކަމަކު އެއީ އެހާ ފުޅާކޮށް ނޫން ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ފުލުހުންގެ ތަމްރީންތައް އަބަދުވެސް ހިނގަހިނގާ ހުންނަން ޖެހޭނެ ކަމަށެވެ. ގާނޫނުތައް އަހުލުވެރިވެ، ޕްރޮގްރާމްތައް ގިނައިން ހިންގުމަކީ ފުލުހުންނަށް މުއައްސަސާ އަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަން އޭނާ ދެކެވަޑައިގަންނަވަ އެވެ.

ކޮންމެ ފުލުހަކީ ކޮންމެ އަހަރަކު މަދުވެގެން 10 ދުވަހުގެ ތަމްރީން ހަދާ މީހަކަށް ވާން. އެ ތަމްރީން ނުހަދާ ކަމަށް ވަންޏާ އެ މީހެއްގެ ޕްރޮމޯޝަން ހިފަހައްޓަން ބޭނުން. --އުމަރު

ފުލުހުންގެ ތަމްރީންތަކަށް އިސްކަން ދެއްވައިގެން ރައީސް ޔާމީން ވެސް މަސައްކަތް ކުރައްވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ފުލުހުންނަށް ދާއިމީ ތަމްރީން ދޭނެ މަރުކަޒެއް ވަރަށް އަވަހަށް ގާއިމްކުރާނެ ކަމަށެވެ. އެ މަރުކަޒް އިމާރާތްކުރާނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ގުޅީފަޅުގަ އެވެ.

ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުރި ސައިކަލްތަކެއްގައި ދެ ފުލުހަކު ސްޓިކާ ޖަހަނީ: ފުލުހުންގެ ތަމްރީންތައް ފުޅާކުރަން ވަނީ ނިންމާފައި. --ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

"އެ މަރުކަޒު ގާއިމްވެ ތަމްރީން ދޭން ފެށުމުން ފުލުހުންގެ ފައުޖުތައް މާރަނގަޅަށް މާ އިފެކްޓިވްކޮށް މަސައްކަތް ކުރާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުންވޭ ކޮންމެ ފުލުހަކީ، ފުރަތަމަ އޮން ރެކްރޫޓްމަންޓްގައި އެންމެ ކުޑަވެގެން ހަ މަސް ދުވަހުގެ ތަމްރީން ލިބިގެން މަގުމައްޗަށް ނިކުންނަން. އަދި އޭގެ އިތުރަށް ކޮންމެ ފުލުހަކީ ކޮންމެ އަހަރަކު މަދުވެގެން 10 ދުވަހުގެ ތަމްރީން ހަދާ މީހަކަށް ވާން. އެ ތަމްރީން ނުހަދާ ކަމަށް ވަންޏާ އެ މީހެއްގެ ޕްރޮމޯޝަން ހިފަހައްޓަން ބޭނުން."

ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް ވާހަކަ ދައްކަވަނީ: ފުލުހުންގެ އިސް ސަފުގައި މިހާރު ތިއްބެވި ބޭފުޅުންނަކީ މުއައްސަސާގެ އަގު ހިފެހެއްޓެވުމަށް ވިސްނުން ގެންގުޅުއްވާ ބޭފުޅުން ކަމަށް އުމަރު ވިދާޅުވި. -- ފޮޓޯ: ޕޮލިސް

ފުލުހުންގެ ފައުޖަށް "ނުފޫޒު ފޯރުވައި ހިލުވައެއް" ނުލެވޭނެ

މިނިސްޓަރު ވިދާޅުވި ގޮތުގައި ކުރިއާ ހިލާފަށް ފުލުހުންގެ އިސް ސަފުގައި މިހާރު ތިއްބެވީ މުއައްސަސާގެ އަގު ހިފެހެއްޓެވުމަށް ވިސްނުން ގެންގުޅުއްވާ ބޭފުޅުންނެވެ.

"ދިވެހި ރާއްޖޭގެ ފުލުހުންގެ ފައުޖުތަކުގެ ތެރެއަށް އެއްވެސް ކަހަލަ ނުފޫޒެއް ވަދެ ހަލުވާލުމުގެ އަޅުގަނޑުމެން ޖާގައެއް ނުދޭނަން. ރިޝްވަތުގެ ފައިސާ ގެނެސް އެ ކުޅިވަރެއް ނުކުޅެވޭނެ ދެނެއް،" އުމަރު ވިދާޅުވި އެވެ.

ފުލުހުންގެ 83 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ޖަލްސާގައި ރައީސް ޔާމިން އާއި ހޯމް މިނިސްޓަރު އުމަރު ނަސީރު، ބައިވެރިވެ ވަޑައިގަންނަވަނީ.-- ފޮޓޯ: ޕޮލިސް

ފުލުހުންގެ އެކި ޑިޕާޓްމެންޓްތަކާ ހަވާލުވެ ތިއްބެވި ބޭފުޅުން އަބަދު އެއް ތަނަކާ ހަވާލުކޮށް ބޭތިއްބެވުމަށް ވުރެން އެކި ތަންތަނަށް ބަދަލުކުރުމަކީ ފައިދާ ބޮޑު ގޮތަކަށް ވާތީ އެކަން ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއީ، ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު ހުންނެވިއިރު ވެސް ގެންނަވަން ބޭނުންވި ބަދަލަކަށްވި ނަމަވެސް އޭރު އެއްބާރުލުމެއް ނުލިބޭ ކަމަށް އުމަރު ވިދާޅުވި އެވެ.

ރިޝްވަތުގެ ފައިސާ ގެނެސް އެ ކުޅިވަރެއް ނުކުޅެވޭނެ ދެނެއް. --އުމަރު

"އަޅުގަނޑު ލިޔުމުން އެކަން ކުރަން އެންގީމަ ވެސް އެކަން ނުކުރެއްވި،" އުމަރު ވިދާޅުވި އެވެ. "މިހާރު އެކަމަކު އެ ދަނީ ރޮޓޭޝަން ޕޮލިސީ އަށް. އަތޮޅެއްގައި ވެސް ސްޓޭޝަން އިންޗާޖެއްގެ ގޮތުގައި އެކަކަށް ނުހުރެވޭނެ ގިނަ ދުވަހު."

ފުލުހުންގެ 83 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ޖަލްސާގައި ފުލުހުންތަކެއް ބައިވެރިވަނީ. .-- ފޮޓޯ: ޕޮލިސް

މިނިސްޓަރު ވިދާޅުވީ އެއް ތަނެއްގައި އެގޮތަށް މަސައްކަތް ކުރަން ޖެހިއްޖެ ނަމަ، "މޫފައިބައި" ކަންކަން ރަނގަޅަށް ނުދާ ކަމަށެވެ. ފުލުހުންގެ ހިދުމަތް އެންމެ ރަނގަޅަށް ކުރިއަށް ގެންދެވޭނީ އެ ބަދަލުތަކާ އެކު ކަމަށް މިނިސްޓަރު ދެކެވަޑައިގަންނަވަ އެވެ.

24 ކޮމެންޓް, 157 ރިއެކްޝަންސް

icon happy icon happy 69%
icon sad icon sad 5%
icon angry icon angry 26%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވަން

27 May 2016

ސަޅި ކޮންސެޕްޓެއް. އެކަމަކު ތި ރީފޯރމް ގެންނަނީ ކޮންމެހެން މީހުން ފެޓްވެގެން ނޫނީ ސްލޯވެގެންނެއްނޫން. ތީ ކަލޭމެން ކިޔާ ކޮންމެ އެއްޗަކަށް ޔެސް ސަރ ނުކިޔާތީ ކުރާކަމެއް ވައްތަރު ޖަހަނީ

The name is already taken The name is available. Register?

ފޭތުނބަ

27 May 2016

މި ޤައުމުގަ ސިފައިންނާއި ފުލުހުންނާއި ޤާޟީއިންނާއި އިލެކްޝަން ކަންތައްތައް ކުރުމާއި ޙަވާލުވެގެންތިބި މީހުންނަށް ވޯޓު ލެވޭހާ ހިނދަކު ތިޔަ ސިޔާސަ ކަމެއް ނުހުއްޓުވޭނެ. ޢުމަރު ވަޒީފާއިން ބޭރުކުރާ ކޮންމެ މިހަކަށް އަންނި ނުވަތަ އެމް. ޑީ. ޕީ. އިން ވަޒީފާ ދޭނީ އެމީހަކަށް އުނިވެ ގެއްލިފައިވާ އެއްޗަކާއެކު. އޭގެ ފަހުން ފެންނާނީ އަދި މާހިތްދަތި މަންޒަރެއް. އެއީ ދޫނިދޫގައި ކުއްވެރިންނަށް ހަދާފައިވާ ޓްރެކްގައި ތިޔަ ޢުމަރާއި، ޕާޓީ ކުދިންކޮޅު ދުއްވަން ނެރެފައި ތިބޭތަން. އިންސްޓަރަކްޓަރަކަށް ހުންނާނެ މީހަކު ބުނުމުގެ ކުރިން މަގޭ ގާތަށް ހިނި އަންނަވަރުން ނުބުނާން. ސޮރީ

The name is already taken The name is available. Register?

ޑިިމޮކްރަސީ-ޒީރޯ

26 May 2016

އިތުރަށް ނުފޫޒަކަށް ވަދެވޭނެ ޖާގަ އެބަ އޮތްތޯ؟ އަޅުގަނޑު ހިތުން މިނިސްޓަރ ތިހެން ވިދާޅުވުން އެއީ ސިޔާސީ ނުފޫޒު ވަދެފައޮތް މިންވަރު!! އެހެންނާ އެތާއެހަ ކަމިޝަނަރަށްވެސް ތިވާހަކަ ދެއްކިދާނެ! މިނިސްޓަރަކީ އަޅުގަނޑު ހިތުން ސިޔާސީ ޕާޓީއެއްގެ ސިޔާސީ މީހެއް! ޝުކުރިއްޔާގައުމު

The name is already taken The name is available. Register?

ކުރީގެޓީމު

26 May 2016

އުމަރާ ފިލުމުކުރުމުގެ މޫސުން ދާދީ އަވަހަށް ނިމި ހިނގައިދާނެ. ގާބިލުމީހުން ލިބޭނީ ގާބިލު މީހުންނާ ތަންތަން ހިންގަން ހަވާލުކޮށްގެން. ތަންތާ ތިބި ބޮޑެތި ހިލަގެނަސް މަތީ މަގާމު ދިނަކަސް ދެވޭ ޚިދުމަތުގެ ފެންވަރެއް އަދި އޮށްޓަރެއް ނުހުންނާނެ. އިއްޔެވެސް މާބަނޑު އަންހެނެއް 3 ފޫޓު ހުންނަހާ ތަންކޮޅަކަށް އިދިކޮޅަށް ދުއްވާ ޕާކުރުމުން ފުލުސްމީހާ ބުނަނީ " އޭ އޭ ވަންވޭ ފަޅައިފައި ކީއްވެގެންހޭ ތި ޕާކުކުރަނީ ހަމަ މިހާރު ސައިކަލުނަގާ" މާބަނޑުމީހާ ކުރީ ކުށެއް އެ ކަމަކު އެއައްވުރެއް ރީތިކޮށް އެ ފުލުހުންނަށް އާންމުންނާ މުހާތަބު ކުރެވެންވާނެ. ދިވެހިބަހުން ރަނގަޅަށް ވާހަކަ ދެއްކެންވާނެ. ކުއްކުރާނަމަ ހުއްޓުވުން ރަނގަޅު. އެކަމަކު މުހާތަބުކުރިގޮތް ވަރަށްވެސް ދަށުދަރަޖަ. އިހުތިރާމުލިބޭނީ އިހުތިރާމު ދީގެން. ވަރަށް ސަލާމް

The name is already taken The name is available. Register?

ޖައިސަމް

26 May 2016

ހަމަ ތިއުމަރުގެ ބެލުމުގެ ދަށުގަ ފުލުހުން ތިއްބާ ޔާމިނު އެބުނީ ރިޝްވަތުގެ ފައިސާ ދިނޭ، ހިފިއޭ، ސިޔާސީ ނުފޫޒު ފޯރައިފިއޭ. ދެން އުމަރު މިހާރު ތިހެން ބުނީމާ އަހަރެމެންވީ ގާބޫލު ކުރަން؟

The name is already taken The name is available. Register?

މުހައްމަދު

26 May 2016

ރިޝްވަތުގެ ފައިސާ ގެނެސް އެ ކުޅިވަރެއް ނުކުޅެވޭނެ ދެނެއް،" އެއްފުޅަށް މަތިން ފުންމާލި ބަކަރި އަނެތްފުޅޮއް މަތިން ފުމާލާނެ. ކާކު ބުނެގެ ، ހުރެގެން ކުރިން އެފުރުސަތުދިނީ. އިހުލާސްތެރި ކަމާއެކު މަސައްކަތް ކުރި ފުލުހުން ހައްގު.

The name is already taken The name is available. Register?

ސައިފުލްޒަކަރު

26 May 2016

މިހާރު ފުލހުން ފައުޖު ނުހުންނަނީނު. މިހާރު މިލިޓަރީ ފައުޖު ހުންނަނީ. ފުލުހުން މިހާރު ހަނގުރާމަ ކުރަނީ ފައުޖު ހުންނަނީނު. މިހާރު ހަވީރު ނުހުންނަނީ. ހަވީރު މިހާރު ހުންނަނީ. ހެޕީ ފޭސް

The name is already taken The name is available. Register?

ަަައަބޫ

26 May 2016

ހަތަރެސްކަން ހަމަވީ

The name is already taken The name is available. Register?

ހަސަން

26 May 2016

ގާބިލު ފުލުހުންނަށް ނޫންތަ މިރާއްޖޭގަ ފުރުސަތު ނެތީ؟

The name is already taken The name is available. Register?

އަހުމަދު

26 May 2016

ފުލުހުންގެ އިދާރާ ހަލުވާލަން ޖާގަނުދޭނަމޭ ބުނުމުން އުމަރު ތިބުނަންއުޅޭވާހަކަ ދޭހަވަނީ އެހެންގޮތަކަށް. ބަރުހެއްޔޭ ތިކިޔަނީ އޮޅުވާލަން. ހަގީގަތަކީ އެޅިހާބަތަކަށް ރިހަ ނުކިޔާ އެއްމެން ކަނޑާލުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454