މާފަރު އެއާޕޯޓު: ރީޖަނަލް އެއާޕޯޓްސް ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ މިއަހަރު ފަހުކޮޅު ޝެޑިއުލްޑް ފްލައިޓް ފެށުމަށް.-ފޮޓޯ: މާފަރު އެއާޕޯޓު ފޭސްބުކް ޕޭޖް
14 އޮކްޓޯބަރ 2018 - 14:32
ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި، މި އަހަރުގެ ފަހުކޮޅު ޝެޑިއުލް ފްލައިޓްތައް ޖައްސާނެ ކަމަށް ރީޖަނަލް އެއާޕޯޓްސް ކުންފުނިން މިއަދު ބުނެފި އެވެ.
އެ ކުންފުނީގެ ޑިރެކްޓާ ޖެނެރަލް ސާމީ އަގީލް ވިދާޅުވީ މާފަރު އެއާޕޯޓުގެ ހުރިހާ މަސައްކަތެއް ނިންމަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން ޓާމިނަލްގެ މަސައްކަތްތައް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަބޫދާބީ ފަންޑުން 60 މިލިއަން ޑޮލަރު ހަރަދުކޮށްގެން އަޅާފައިވާ އެއާޕޯޓަށް މިިދިޔަ އޮގަސްޓް 14 ވަނަ ދުވަހު ވަނީ ޓެސްޓް ފްލައިޓް ޖައްސައިފަ އެވެ.
މިދިޔަ ހަފުތާގެ ބުދަ ދުވަހު މާފަރު އެއާޕޯޓަށް ވަނީ ޔޫއޭއީގެ އޭ737ގެ ޓެސްޓު ފްލައިޓެއް ވެސް ޖައްސައިފަ އެވެ. އެ ފްލައިޓް ޖައްސާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކްލިއަރެންސް ނިންމުމަށް ފަހުގަ އެވެ. ހަމަ އެ ދުވަހު އެ ބޯޓު ވަނީ ފުރައިފަ އެވެ.
މާފަރު އެއާޕޯޓު ތަރައްގީ ކުރަން ނިންމާފައި ވަނީ ޓްރާންސިޓް ހޮޓަލަކާއި ރިސޯޓެއް ވެސް ހިމެނޭ ގޮތަކަށެވެ. އަދި އެއާޕޯޓަށް އެއްފަހަރާ ހަ ޖެޓަށް ހިދުމަތް ދެވޭ އިރު އެންމެ ޒަމާނީ ވަސީލަތްތައް ހުންނާނެ އެވެ.
އެއާޕޯޓާއެކު ނ. އަތޮޅުގައި ބޮޑު މަޝްރޫއެއް ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އަދި އަބޫދާބީ ފަންޑުގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ސައިފް އަލީ ސައީދު ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސޮއިކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލިދީދީއައްޑޫސިޓީ
15 October 2018
އަބޫދާބީ ފަންޑުން ނެގި 60 މިލިއަން ޑޮލަރު މިހާރު ހުސްވީތޯ؟
ނެޝަނަލިސްޓް
15 October 2018
އެކަމަކު އެއާޕޯޓް ހުޅުވައިފި!
ޭެނަސީދު
15 October 2018
ޢެހަކައްދުވަހު ތިތަނައް ބޮއިންމަރުކާގެ ބޯޓެއް ޖެއްސި އަނޑު އެހިން
ޝޮކްތެރަޕީ
15 October 2018
މި ރާއްޖެގެ ގިނަ އިޔާރޕޯޓްތަ އިންޑީޔާގެ އަސްކަރީ ބޭނުންތަކަ އެމީހުންނަ ދޭނެ މީ ޤައުމުގެ މިނިވަންކަން ގެއްލޭކަމެ.
ހުމޭ
14 October 2018
ރަށްތައް ސުންނާފަތިކޮށް ތިމާވެށި ފުނޑުފުނޑުކޮށް އެއާޕޯޓުތަކެއް އެެޅުމުން ރައްޔިތުންނަށްވަނީ ކޮންފައިދާއެއް؟ ދެންވެސް ބޮޑުއަގުދީފައި ދަތުރުކޮށް މާލެއައިސް އަސާސީ ޚިދުމަތް ހޯދަންޖެހޭ އަތޮޅުތަކުގެ ރައްޔިތުންނަށް އޮތީކޮންފައިދާއެއް؟ މީ ކޮން ފެންވަރެއްގައި ކާކަށް ލިބޭ "ތަރައްޤީ" އެއް؟
އެހެންތޯ
15 October 2018
"ރައްޔިތުންނޭ" ތިކިޔަނީ ކޮންބަޔަކަށް؟ އަހަރުމެންނަށް ފައިދާ ވޭ.. ޓޫރިސް އެރައިވަލް ގިނަވާނެ، ގެސްޓް ހައުސް އެޅޭނެ. ރިސޯތް ތައް ފުރުނީމައި ވަޒީފާ ޔަގީންވެފައި ސަރވިސް ޗާޖް ލިބޭ.. މީ ހަކު ބަލިވީމައި އަހުރުމެން ހުލި ނުވެ އިމަރޖެންސީގައި މާލެ ގެން ދެވޭ.. ފުރާނަ ސަލާމަތް ކުރެވޭ.. ވިޔަފާރި ކަންކަމުގައި ދަތުރުގެ ވަގުތު ކުޑަ ކުރެވޭ. އެހެން ވީމައި މާލޭގައި ކުލި ބޮއިގެން ތިބޭ މީހުން "ރައްޔިތުން" ނޭ ކިޔައިގެން ފޭކު ވާހަކަ ނުދައްކާ!
ހުވަފެން ދެކޭ މީހާ
14 October 2018
މ.މުލީ ގަވެސް އެއާޕޯޓް އަޅައިދޭނެކަމަށް ކޮންމެ އިންތިހާބެއް އައުމުން ކެމްޕެއިންގަ ވަޢުދުވޭ ކޮބާ އަދި އެބުނާ އެއާޕޯޓް ފެންނަވަރެއް ނުވޭ! ރައްޔިތުންނަށް ދައްކަނީ ހުވަފެން.
ކަލޯގެއާ
14 October 2018
މާލޭގެ ފަޅު ހިއްކައިގެން ބިންބޮޑުކޮއް އެބިމުން ތިމާބޭނުންވާ މީހުންނައް ގޯތިދީ އަދި ދެންދިބިމީހުން މަގުމަތިލުރުވުންމީ ރަން 30ހުގެ ބޮޑުޖަރީމާއެއް. ތިމާވެށިއެންމެބޮޑައް ހަލާކުކުރި ފަރާތް!
ހަނބަރި
14 October 2018
ބަލަ ކޮބާ ށ.ފުނަދޫ؟؟؟؟؟ އަނެއްކާވެސް އިގްނޯ ލިސްޓަށް ދިޔައިތޭ؟؟؟؟؟؟؟؟؟
ޙިންޓްސް
14 October 2018
ވޯޓް ލިބިއްޖެ.. ދެން އޯކޭ ދޯނުވިޔަސް..
މީމު
14 October 2018
މާފަރު އެއަރޕޯޓަކީ ރައީސް ނަޝީދާ ރައީސް ޔާމީން މި ދެސަރުކާރުން ބައިވެރިވެގެން ހިންގާފައިވާ ތިމާވެށީގެ ޖަރީމާއެއް.
ޒީނާ
14 October 2018
ދެން އެހެން އަތޮޅުތަކުގައި އެއަރޕޯޓް ހަދާފަ އެހުރީ ކިހިނެތްތަ؟ ގަސް ނުކަނޑާތަ.. ބިން ނުހިއްކާތަ؟
އެހެންތޯ
14 October 2018
ކަލޭމެން މާލޭގައި ތިބޭ މީހުންނަށް އަހަރެމެން ނިކަމެތި ރާއްޖެ ތެރޭ މީޙުންނަށް ކަމެއް ވަންޏާ އެއީ ތިމާވެށީގެ ޖަރީމާ!!!! ތި ހުޅުލޭ އެއަޕޯޓު އެޅީ ގަސްފަށަލަ މަތީގައިތަ؟ މާލެއަާއި ހުޅުލެއާއި ހުޅުމާލެ ތީ ތިތަނަށް ލެއްގި ވެލިތަ؟ ހަނީމާދޫ އޯ؟ ސ ގަން އެއީ ގަސް ނުކަނޑާ ހެދި ތަނެއްތަ؟ އިފުރު ކޮބާ؟ ދަރަވަންދޫ ކޮބާ؟ ކަޅޭމެންގެ ބޭނުންތަށް ފުދުނީމައި ދެން އެވީ ތިމާވެށީގެ ވާހަކަ ދައްކަން.
ޙަސަން އަޙްމަދު
14 October 2018
ބުރޯ ހާޑު ނުވެބަލަ. އެއާޕޯޓު އެޅުނީހޭ މުޅި އޭރިޔާގަ ބުލިޗު ނުޖެހިޔަސް. ހަނިމާދޫ އެއާޕޯޓު ބަލާލަ ބަލަ. ގަސް ކަނޑާފަ ހުރީ ބޭނުންވާ އޭރިޔާ އެކަނި. ތިމާވެށި އުތުވައި ނުލިޔަސް ތިޔަ އެއާޕޯޓު ތިތާ އެޅުނީސް
އެހެންތޯ
15 October 2018
ހަސަން އަހުމަދު: ހާޑު ވާނެދޯ މިވަރުވީމައި.. މިރަށާއި ޖައްސާލައިގެން ތިމާލޭގައި އަތުން ފައިން މަސައްކަތް ނުކޮށް ކުލި ބޯލައިގެން ކޮފީގަ ތިބެގެން ކޮމެންޓް ޕޯސްޓް ކުރަންޏާ!!... ކަލެއަށްވެސް ބަލާފައި ނޭންގުނުތަ ހަނިމާދޫންވެސް ކަނޑާފައި ހުރީ އެއްފުޅާމިނެއްގެ ރަންވޭއެއްކަން. މާފަރު ހަނިވީމައިކަން އެހާ ހުސްކޮށް އެދައްކަނީ.. ހަނިމާދޫގައިވެސް އެހެރީ ފަހުން ގަސް އިންދާ ވިނަ އިންދާފައި.. މާފަރުގައިވެސް ފަހުން އެހެން ހަދާނެ. އަހަރުމެންގެ ރިޒުގަށް ގޯނާނުކުރޭ!