ފަސީ (ކުރީ ބަރިން މެދުގައި) ލެވިޓޭޝަގެ މެމްބަރުންނާ އެކު. ފޮޓޯ: ހަބޭސް
24 އޮކްޓޯބަރ 2018 - 13:31
ބޮޑުބެރު ބޭންޑް ހަބޭސްގެ "ލެވިޓޭޝަން" ގެ ވަރަށް ހާއްސަ ޝޯއެއް މިއުޒިޝަން އަހުމަދު ފަސީހު (ފަސީ) އާ އެކު އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވަން ތައްޔާރުވެއްޖެ އެވެ.
މި ޝޯ އޮންނާނީ ހުކުރު ދުވަހުގެ ރޭ ސީ ހައުސް ރެސްޓޯރަންޓްގަ އެވެ.
ހަބޭސްގެ ވެރިިޔާ އަލީ ޝިފާއު (ހަބޭސް އައްޔަ) ބުނީ ގޮތުގައި ހުކުރު ދުވަހުގެ ރޭ 8:00 ގައި ފަށާ ޝޯ ހާއްސަވާ އެއް ކަމަކީ ލެވިޓޭޝަންއާ އެކު ފަސީގެ ހުށަހެޅުންތަކެއް ފެނިގެން ދާނެތީ އެވެ. އަދި މިއީ ފަސީގެ ފޭނުންނަށް ލިބޭނެ ވަރަށް ބޮޑު އުފަލަކަށް ވާނެ ކަމަށް ބުންޏެވެ.
އާންމުކޮށް މިހާރު މެލޭޝިއާގައި ދިރިއުޅޭ ފަސީއަކީ ވަރަށް ހިތްގައިމު އަދި ތަފާތު ލަވަތަކެއް އެހުންތެރިންނަށް ދޫކޮށްލައިފައިވާ ރާއްޖޭގެ ލެޖެންޑަރީ މިއުޒިޝަނުންގެ ތެރެއިން ވަރަށް ފާހަގަކޮށްލެވޭ ފަންނާނެކެވެ. އޭނާއަކީ 2005 ގައި ވުޖޫދަށް އައި ރޮކް ބޭންޑް "ފަސީ ލައިވް" ގެ ބާނީ އެވެ.
"ލެވިޓޭޝަަންއާ އެކު ޝޯގައި ފަސީ މި ބައިވެރި ވަނީ މާލެ އަށް މިހާރު އައިސް ހުރި ޗުއްޓީ ދަތުރެއްގެ ތެރެއިން،" އައްޔަ ބުންޏެވެ.
"ލެވިޓޭޝަން" އާއި ފަސީ ރިހާސަލްގައި.
ސީ ހައުސްގައި ބާއްވާ ޝޯގައި ލެވިޓޭޝަންގެ ލީޑް ލަވަކިޔުންތެރިޔާ ހަސަން (ތޮލާ) ތޮލާގާއި މިހާރު ހަބޭސްގައި ހަރަކާތްތެރިވާ މޯލްޑިވިއަން އައިޑޮލް އިން ވިދައިލި ލަވަކިޔުންތެރިޔާ އިބްރާހީމް (ބޮޑުބެ) ވަހީދުގެ ހުށަހެޅުންތަކެއް ފެނިގެން ދާނެ އެވެ.
"އެހެންވީމާ ހުކުރު ދުވަހުގެ ރޭ ވެގެން ދާނީ މި ފަންނާނުންގެ ފޭނުންނަށް ވަރަށް ހާއްސަ ރެއަކަށް،" އައްޔަ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަޒީލާ
25 October 2018
ފަސީ އަޅެ ފަރިޕަރީ ކިޔާލަ ދެއްޗޭ ޕްލީސް
ޟާނީ
25 October 2018
ސާބަހޭ ހަބޭސް