މިއަދު ބޭއްވި ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުގެ ބައްދަލުވުމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގަތުމުން ގާސިމް މަރުހަބާ ދަންނަވަނީ.---ފޮޓޯ: ޖޭޕީ
24 އޮކްޓޯބަރ 2018 - 19:10
ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ޖުމްހޫރީ ޕާޓީގެ ފައުންޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ހަމަޖައްސަން އިދިކޮޅު ކޯލިޝަންގެ ޕާލަމެންޓްރީ ގުރޫޕުން މީގެ އިރުކޮޅެއް ކުރިން ފާސްކޮށްފި އެވެ.
މަޖިލީހުގެ ރައީސަކަށް ގާސިމް ހަމަޖައްސަން އިދިކޮޅު ކޯލިޝަންގެ މަޖިލީހުގެ މެމްބަރުން ފާސްކުރެއްވިއިރު، އެ މަގާމަށް ވާދަކުރައްވާނެ ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް މިއަދު ވަނީ ވިދާޅުވެފަ އެވެ.
އިދިކޮޅު ޕާލަމެންޓްރީ ގުރޫޕުގެ ބައްދަލުވުން، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ކުރިއަށް ގެންދަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ގާސިމާއި އަބްދުއްރަހީމް ވާދަކުރައްވަން ނިންމެވީ، އެ މަގާމުގައި މިހާރު ހުންނެވި އަބްދުﷲ މަސީހް މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިިދިކޮޅު ކޯލިޝަނުން އިސްވެ މަޖިލީހަށް މިއަދު ހުށަހެޅުމާ ގުޅިގެންނެވެ. އަދި އެ މައްސަލައިގައި ގޮތެއް ނިންމުމުގެ ޖަލްސާ އަންނަ މަހުގެ އަށް ވަނަ ދުވަހު ބާއްވަން ނިންމައި މަޖިލީހުގެ އިދާރާއިން ވަނީ މަސީހަށާއި މެމްބަރުންނަށް މިއަދު ނޯޓިސް ފޮނުވައިފަ އެވެ.
އިތުބާރު ނެތްކަމުގެ މައްސަލައާ މެދު މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމުމުގެ ކުރިން މަސީހް އިސްތިއުފާ ދެއްވާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. އެކަމަކު، އެކަމާ ގުޅޭ ގޮތުން މިހާތަނަށް މަސީހް އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. ހުންނަވަނީ ހިމޭނުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕްލަސް
25 October 2018
2 ކުއްޖަކު މޭޒުމައްޗަށް އަރާ ހަޅޭއްކޮޅެއްލަވާލާއިރަށް ހިތްގުޑައިގެން ޖަރުމަނަށް ބޭސްފަރުވާއަށް ގެންދަންނުޖެހޭނެބާ...އިހަކަށްދުވަހު ސްޓްރެޗަރގަ އޮތް ހަނދާން އަދި ނުނެތޭ...ފައިދާއަކަށްޓަކައި ސިއްހީ މައުލޫމާތު ގައުމަށް އާއްމުކުރާގޮތަށް ރައްޔިތުންނާ ގުޅޭ އެންމެ މުހިންމު މަގާމު ދޭންއުޅޭއިރު އެކަން މުހިއްމުނުވަނީ ކީއްވެބާ؟
ޏަޖީބް
25 October 2018
ޟިމިވަނީ އަދި ކިރިޔާމެންބަރުން ބޭނުންވާގޮތް ލާރިދެމޭގޮތް މިކަން ނުވާތީ މަބޮޑޭ ނުހެދޭތި މިވެރިން ޔާން ދެގެ ރުޅިއައިސްގެން ދަށުންކުޅުނީ ކަމަށް ބެލެވެ..މިފަހަރު ރައްޔިތުން ވިސްނާނެ
ކޮބާ..ކޮބާ
25 October 2018
އަތް އަނބުރާލާފަ ދަށުން ދަމާ ކުޅެން މެމްބަރުން ނަށް ފުރުސަތު ލިބުނީ..
އިޙްސާސް
25 October 2018
ތި މަޤާމް ޤާސިމަށް ޙައްޤު.
އަހުމަދުބޭ
25 October 2018
ގާސިމަށް މަޖްލިސްގެ ރައީސްކަން ދެންޏާ، ނަސީދަށް ޑިފެންސް މިނިސްޓަރކަން، މައުމޫންނަށް އުއްތަމަފަޑިޔާރުކަން، އިމްރާނަށް ހޯމް މިނިސްޓަރކަން ހަމަޖައްސަންފެނޭ، އޭރުން އެމީހެއްގެ ބާރު އެމީހަކު ހިފަހައްޓައިގެން، ނަމުގައި އިބޫސޯލިހު ވެރިކަން ކުރަނީ، ގާސިމަށް މަޖްލިސްގެ ރައީސްކަމަށް އައުމުން ކޮބައިތޯ ހަމަހަމަކަން،
މޯޑް
25 October 2018
އަނެއްކާވެސް މާމިގިލީ ދާއިރާއަށް އިތުރު ގެއްލުންތަކެއް ލިބޭނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން. މަޖިލީހުގެ މި ދައުރު ނިމގެން މިދަނީ މާމިގިލީ ދާއިރާގެ މެންބަރެއްގެ ހައިސިއްޔަތުން އެއްވެސް ފައިދާ ހުރިކަމެއް މަޖިލީހުގައި ނުކޮށްދެވި.... މިދާއިރާގެ މީހެއްގެ ހައިސިއްޔަތުން ތިކަން ނުކޮށްދިނުމަށް ވަރަށޤ ބޮޑަށް އެދެން.
ތަފާތު
25 October 2018
ގާސިމްގެ އަސްލުގެ ފެށުން، ނިމޭނީ ކިހާވަރަކުންބާ؟ ދިވެހިން ވިސްނާނީ ކޮން އިރަކުންބާ، އަދި ތިވަރުން ގާސިމަށް ނުފުދޭނެ، ފަޅުރައްރަށާ ފަރާއި ގިރި، އަދި ބައެއް އަތޮޅުތަކުގެ ވެރިކަން ވެސް ބޭނުން ވާނެ، އެއިރުން 2023 ގަ ރިޔާސީ އިންތިޚާބުގަ ވެސް ކަމެއްވާނީ، ވެރިކަމާހެދި މޮޔަވިޔަސް މީ ބޮޑުވަރު
ބަތަލް.
25 October 2018
މިއިން ވަރަށް ސާފުކޮން މިއަންގައި ދެނީ ފައިސާގެ ހުރި ބާރު، ގާސިމާ މައުމޫނު ބޭނުން ގޮތަކަށް ސަރުކާރު ހިގާނީ އިބޫ ޖެހޭނީ ސައިޒުގާ ހުންނަން ރީދޫ ކުދިންކޮޅު ޖެހޭނީ މަގުމަތިވާން،
އަހުމަދުބޭ
25 October 2018
ބަލަ އިބޫއަތުގައި އޮތީ ރައީސުލް ޖުމްހޫރިއްޔާކަން، އަދި ޑިފެންސް މިނިސްޓްރީއާއި ހޯމްމިނިސްޓްރީ މިހެންވެއްޖިއްޔާ ނުދޭނަން..
ބަޑިތަކުރު
25 October 2018
އަދުރޭ މުސާރަ ބޮޑުކުރަން ވައުދުވެފައިވަނިކޮށް ޤާސިމަށް ވޯޓްދެވޭނީ ވެސް އެހާވަރު ކޮށްދެންޏާއޭ ބަޔަކު ނުބުނާނެ ބާވައެވެ. ޤާސިމަކީ ވަރަށް ދީލަތި މީހެއްވީމާ މީހަކު ބުނާއިރަށް އެއްބަސްވުމަކީވެސް ގާތްކަމެކެވެ. އެންމެފަހުން މިނަގާ ބޮޑުމުސާރަ ފާސްކުރީވެސް ޤާސިމް ފިނޭންސް މިނިސްޓަރަކަށް ހުންނަވައިގެން މަޖިލީހުގައި އެއީ ބޮޑުއެއްޗެއްނޫނޭ އެވަރު ދިނުމަކީ ދައުލަތަށް ދަތިކަމެއް ނޫނޭބުނެ އެކަމަށް ހިތްވަރު ދީގެންނެވެ. މިފަހަރު އެފަދަ އެއްޗެއް ނުހެދުން އެދެމެވެ.
ކޮބާތޭ
25 October 2018
މަޖްލީހުގެ ރައީސް ކަމަށް ގާސިމް ދެން އޭގެ ބަދަލުގައި މަތީ ކޯޓަށް ގާސިމް ފިލިޖަހަިއގެން މަތީ ކޯޓުން ދަންވަރު ހުކުމެއް ނެރެގެން ކެނެރީގެ ނަޝީދު މިނިވަންވީ ކަމަށް ނިންމުން މީ ނޫންތޭ ތިޔާ ގޭމް ރޭވިފައިވާ ގޮތަކީ މިރާއްޖޭގައި ސެޕްޓެމްބަރު 23 ގެ ފަހުން މިހާރު ހިނގަމުން މިދަނީ އެއީ އަންދާ ގާނޫނޭ އެއަށް މަމެން ނުކިޔަމޭ ތިޔާއީ ގާނޫނުގެ ހުކުމް ކަމަށް މަޖްލީހުން ގަރާރެއް ފާސް ނުކުރެވޭނެ ޝަރުއީ ކޯޓުން ކޮށްފައިވާ ހުކުމް އަކަށް ކޮބާތޭ މަޖްލީހުގެ ކައުންސިލަރ