މަގާމުން ދުރުކުރި ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ. --ފޮޓޯ:އޭއެފްޕީ
08 ނޮވެމްބަރ 2018 - 16:48
ކޮލަމްބޯ (ނޮވެމްބަރު 8) - ޕާލަމެންޓުގައި އަޣުލަބިއްޔަތު އޮތްކަން ސާބިތުކޮށް ދިނުމުގެ ފުރުސަތު ދީފި ނަމަ އެކަން ދެއްކުމަށް ފަހު ރައީސް މައިތުރިޕާލާ ސިރިސޭނާއާ އެކު މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށް މަގާމުން ދުރުކުރި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހު 26 ވަނަ ދުވަހު މަގާމުން ދުރުކުރި ރަނިލް ވިދާޅުވީ ރައީސް ސިރިސޭނާއާ އެކު މަސައްކަތް ކުރަން މައްސަލައެއް ނެތް ކަމަށެވެ.
"ގާނޫނު އަސާސީގައި ނުބެނޭ ޒާތީ ކަމެއް ބާއްވައިގެން މަސައްކަތް ކުރުމެއް،" އިންޑިއާގެ ދަ ހިންދޫ ނޫހަށް ދިން އިންޓަވިއުއެއްގައި ރަނިލް ވިދާޅުވި އެވެ.
ރަނިލް މަގާމުން ދުރުކުރުމަށް ފަހު ސިރިސޭނާ ވަނީ އަންނަ ބުދަ ދުވަހާ ހަމައަށް ޕާލަމެންޓް ސަސްޕެންޑް ކޮށްފަ އެވެ.
ރަނިލް ވިދާޅުވީ ޕާލަމެންޓުގައި އަޣުލަބިއްޔަތު ލިބިފައިވާކަން ޔަގީން ކަމަށާއި ޕާލަމެންޓް ހުޅުވުން ސިރިސޭނާ ލަސް ކުރައްވަމުން ގެންދަވަނީ ބޭނުންވާ އަދަދަށް މެންބަރުން ހަމަނުކުރެވިގެން ކަމަށެވެ. އަދި ރާޖަޕަކްސާ އަށް ޕާލަމެންޓުގެ މެޖޯރިޓީ ހޯދޭނެ ގޮތެއް ނެތް ކަމަށް ރަނިލް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބުރަންޖީ ހާޖި
08 November 2018
މި ސިޔާސީމީހުން ދައްކާވާހަކަ އަހަރެމެންކަހަލަ މީހުންނަކަށް ހަމައެއްގޮތަކަށްވެސް ގެޓެއްނުވޭ.