ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު.-- މިހާރު ފޮޓޯ
15 ނޮވެމްބަރ 2018 - 14:26
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާ އަށް ކުރިމަތިލައްވަން ނިންމަވައިފި އެވެ.
ކޯސްޓް ގާޑް ބިލްޑިންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފު ވިދާޅުވީ، މިނިސްޓަރުގެ މަގާމުން ވަކިވިއަސް ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދެމިހުންނަވާނެ ކަމަށެވެ. އެހެންވެ މަޖިލީހުގެ ތެރެއިން ސަރުކާރު ޒިންމާދާރު ކުރުވައި ހިދުމަތް ދިނުމަށް ނިންމަވާފައިވާ ކަމަށް، ޕީޕީއެމްގެ ޓިކެޓުގައި މަޖިލީހަށް ކުރިމަތިލައްވާ އާދަމް ޝަރީފު ވިދާޅުވި އެވެ.
އަންނަ ހޮނިހިރު ދުވަހު އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހުވާކުރައްވައި އެ މަނިކުފާނުގެ ވެރިކަން ފެށުމާއެކު، ޕީޕީއެމްގައި ރައީސް އަބްދުﷲ ޔާމީނާ އެކު މިހާރު ތިއްބެވި ބޭފުޅުން ވާނީ އިދިކޮޅު ބޭފުޅުންނަށެވެ.
އާދަމް ޝަރީފަކީ ރ. ފައިނަށް އުފަން ބޭފުޅަކަށް ވިއަސް، އުމުރުގެ ބޮޑު ބައެއް ހޭދަކުރައްވާފައިވަނީ މަޑުއްވަރީ ދާއިރާގައި ހިމެނޭ މީދޫގަ އެވެ. ތައުލީމް ހާސިލްކުރެއްވުމަށް ވެސް އެ ރަށުގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގައި ގިނަ އަހަރުތަކެއް ހޭދަކުރައްވާފައިވެ އެވެ. އަދި ތައުލީމީ ދާއިރާ އިން ކިޔަވައި ވިދާޅުވުމަށް ފަހު ވެސް އެ ސްކޫލުގައި މަސައްކަތް ކުރައްވާފައިވެ އެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ މަޖިލީހަށް ކުރިމަތިލައްވަން ނިންމަވައިފަ އެވެ. ނަމަވެސް ކުރިމަތިލައްވާނެ ދާއިރާއެއް އަދި ކަނޑައެއް ނާޅުއްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާައޭޕޭރލް
18 November 2018
ޑުރަގް .ގަތުލު އާމްވި،ތިންބާރުއެކޮލި.މީނާ ހުރީހަޕުކިޔަގެން.ޒިންމާދާރުވެރިޔެއްނޫއް.
ފުޅިތޮށި
17 November 2018
ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އިލްމީ ބޭފުޅުންގެ ހިއްސާއަކީ ސަރުކާރު ހިންގަންތިބޭ ބޭފުޅުންވެސް ޝުކުރުއަދާކުރާނެ ކަމެއް
ހާލުގެދުލުން
15 November 2018
ވަރަށް ޤާބިލު ބޭފުޅެއް.ކިޔަވައިގެން ތިބި ތަންދޮރުދަންނަ މީހުން ހޮވީމަ ފާރުމަތިން އެއްލާލަން ނުޖެހޭނެ.މީވަރަށް ވާހަކަ
ށ.އަތޮޅު މީހާ
15 November 2018
މަގޭ ވޯޓެއް ނުދޭނަން.
ދަތްދޮޅި
15 November 2018
ތިޔަ ބޭފުލާއަށް މަޖިލީހުގެ މެމްބަރުކަން ޖިބިވަޑައިގެންފިނަމަ ހުރިހާ މެމްބަރުންގެ ދަތްދޮޅިއާމެދު ވަރަށް ސަމާލުވާންޖެހޭނެ
ޒަހީ
15 November 2018
ޔަގީނުންވެސް ސައްޙަ ވޯޓަކުންނެއް މިސަރުކާރުގަ އުޅުނު މީހަކު ނުހޮވޭނެ. ޝަރީފޫ... އަޑުއިވޭތޯ... މަތިންތޯ ކުރިމަތިލަނީ.. ތިރިންތޯ.. ސަރީފުއަށް އަޑުއިވޭތޯއޭ...
ނީރާ އަބޫބަކުރު
15 November 2018
މީދޫ ރައްޔިތުންނަކީ ވަރަށް ވަޠަނީ ބައެއް. ނަމަނަމ އެމީހުން ރުޅި ނާރުވާތި. 1982 ވަނަ އަހަރު ބައިސްކަލް ހޯދަން ޖެހުނީ މީދޫ ފަޅު ތެރެއިން. އެކަން ހަނދާންކުރާނެ ކަމަށް ހީކުރަން
ޢަބްދުﷲނާފިޒް
15 November 2018
މިފަހަރު ދަތްދޮޅި ދުއްވާ ނުލާފިއްޔާ ރަނގަޅު.
ދާދޭ
15 November 2018
ޖޭ.ޕީއަށް ވަޑައިގެން ސޮއިކުރައްވާ.
ﷲައިނު
15 November 2018
ކީއްވެތޯ އުފަން ރަށަށް ޚިދުމަތް ކުރުމަށް ޝައުޤުވެރި ނުވެގެން ތި އުޅެނީ. ގައިމު މީދޫ ބަނދަރުގަ ހުންނައިރު ފައިނު ފެންނާނެ. ތިހާ ރައްޔިތުންނަށް ޚިދުމަތް ކުރާ ހިތުން އުޅޭ މީހަކު އަމިއްލަ ރަށް ނިކަމެތިކޮށެއް ނުލާނެ