ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މާރިޔާ އާއި މަހްލޫފް ބައިވެރިވެވަޑައިގަންނަވަނީ.
17 ނޮވެމްބަރ 2018 - 18:44
މިއަދުން ފެށިގެން، ވެރިކަން ކުރާ ކޯލިޝަންގެ ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން އިސްތިއުފާ ދެއްވަން ފައްޓަވައިފި އެވެ. އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަގާމުގެ ހުވާ ކުރެއްވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި، މެމްބަރުކަމުން އިސްތިއުފާ ދެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުން އަހުމަދު މަހުލޫފާއި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އެވެ.
އިސްތިއުފާ ދެއްވަމުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމަށް ފޮނުއްވި ސިޓީއާ އެކު މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވަނީ 2009 ވަނަ އަހަރުން ފެށިގެން ގަލޮޅު ދެކުނު ދާއިރާގެ މީހުން އޭނާއަށް ކުރި އިތުބާރާއި ދިން ތާއީދަށް ޝުކުރު ދަންނަވާ ކަމަށެވެ.
މަޖިލީހުގެ މެމްބަރުކަމުން އޭނާ އިސްތިއުފާ ދެއްވާފައި މިވަނީ އާ ސަރުކާރުގެ ޔޫތު މިނިސްޓަރަކަށް އައްޔަން ކުރައްވާ ކަމުގެ އަޑު ފެތުރިފައިވަނިކޮށެވެ.
އާ ރައީސްގެ ސަރުކާރުގެ ވަޒީރުކަން މާރިޔާއަށް ދެއްވާ ކަމުގެ އަޑު ވެސް ވަނީ ފެތުރިފަ އެވެ.
Rayyithunge Majileehuge Galolhu Dhekunu dhaairaage membarukamun alhugandu isthiufaa dheefin.
— Ahmed Mahloof (@AhmedMahloof) November 17, 2018
2009 vana aharun feshigen Galolhu Dhekunuge rayyithun alhugandah kurevvi ithubaaraa, dhevvi thaaeedhaai loaehbah ikhlaastherikamaaeku shukuru dhannavan. pic.twitter.com/YxHVvO2xnt
މަހުލޫފު ކުރެއްވި ޓްވީޓް
އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ ކެބިނެޓަށް ވަޒީރުން އައްޔަންކުރަން ހަމަޖައްސާފައިވަނީ މިރޭގެ ވަގުތެއްގަ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަރިހުގައި ސިޔާސީ ހަޔާތް ފެއްޓެވި މަހުލޫފް ވަނީ މިދިޔަ ހަފުތާގައި އެމްޑީޕީއަށް ވެސް ސޮއިކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަތެދު
17 November 2018
އާދެން މަޖިލިސް މެންބަރު ކަމައްވުރެ އަމިއްލަ ޖީބު ބޮޑުވާނެ ގޮތެއް ފެނުނީމަ ހަމަ ދޭންވީތާ އިސްތިއުފާ. ަަަ
ގަދަ
17 November 2018
ރައްޔިތުންގެ އަަޑުކެޑިގެން ހޭދެބާވި މެމްބަރުން އަމިއްލަޔަށް ދިޔަޢީދޯ!!؟
ސިޔާސީ މީހުން
17 November 2018
މަހޭ ވެސް މަގާމަކައް އެދި ރޮއެ އާދޭސްކޮއް އެމީހުންނަށް ނުކުރާ ތައުރީފެއް ނެތް.
ދަތްނެތްކުއްޖާ
17 November 2018
މަރުޙަބާ މަހޭ! އިޙުލާސް ތެރި ކަމާއި ތެދުވެރި ކަމާއި އަދި އަމާނާތް ތެރި ކަމާއި އެކު ރައީސް ހަވާލު ކުރައްވާ މަޤާމު ފުރިހަމަ ގޮތުގައި އަދާ ކުރައްވާނެ ކަމަށް އުއްމީދު ކުރަން. 5 އަހަރުގެ ދަޢުރެއް ނިމިގެންދާއިރު ފަސްބާގައި ކިނލަބު ކަމެއް ނުހުންނާނެ ކަމަށް އުއްމީދުކުރަން. މަހޭ އަކީވެސް ފަހަރެއްގާ މި ޤައުމުގެ ރައީސަކަށްވެސް ވުން އެކަށީގެންވޭ. މިހިރަ މިހިރަ ކަންތައް ތަކަށް ވިސްނާނެ ކަމަށް މަމެން އުއްމީދު ކުރަނމު.
ނޯޗޮއިސް
17 November 2018
މަހޭނެތިދާނެ ވެލޯބިން ދިވާނާ އެފަރިފަރި މޫނު އުޖާލާ އެފަރިފަރި މޫނު ޔުޖާލާ
ޢަލީބަލީ
17 November 2018
މަހުލޫފު ފަދަ ކެރޭ ހިއްވަރުގަދަ މީހުން މަޖްލިސްގަ ތިބެން އެބަޖެހޭ. މިނިންމުން އެހާ ކަމަކުނުދޭ.
ދާދޭ
17 November 2018
މަހޭ. ޔޫތު މިނިސްޓަރ ކަމަށް. މަރުހަބާ.
ނިޔާސާ
17 November 2018
ޔޫތު މިނިސްޓަރު