މާލޭ ފިހާރަ އެއްގައި މުއްދަތު ހަމަވާން ކައިރިވެފައި ހުރި ތަކެތި އަގު ހެޔޮކޮށް ވިއްކަން ބަހައްޓާފައި. "ޔައިއެލް" ބްރޭޏްޑްގެ ކާބޯތަކެތި ވިއްކުން އެމްއެފްޑީއޭ އިން ވަނީ މަނާކޮށްފައި.-- ފޮޓޯ: މިހާރު
15 އޯގަސްޓް 2016 - 19:00
"ޔައިއެލް" ބްރޭންޑުގެ ކާބޯތަކެތި ރާއްޖޭގައި ވިއްކުން މިއަދު މަނާކޮށްފި އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކުރި އިއުލާނެއްގައި ބުނީ "ޔައިއެލް" ބްރޭންޑުގެ އުފެއްދުންތަކަކީ ކަމާ ގުޅޭ އިދާރާތަކުގެ ހުއްދަ ހޯދުމަކާ ނުލައި ގަވާއިދާ ހިލާފަށް އުފައްދާފައިވާ ކާބޯތަކެތި ކަމަށެވެ.
ކާބޯތަކެތި އުފައްދާ ތަނަކީ އާންމު ސާފު ތާހިރުކަން ދަށްވުމުގެ ސަބަބުން ކާބޯތަކެތި އުފެއްދުމަށް އެކަށީގެންވާ ތަނެއް ނޫން ކަމަށާއި މި ކާބޯތަކެތި ބޭނުން ކުރުމުގެ ސަބަބުން ސިއްހަތަށް ނޭދެވޭ އަސަރުކޮށް، ބައްޔެއް ފެތުރި ނުރައްކާތެރި ހާލަތެއް މެދުވެރިވުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ތަނުން ބުންޏެވެ.
އެހެންވެ، އެމްއެފްޑީއޭ އިން ނިންމީ މި ބްރޭންޑުގެ އުފެއްދުންތައް ވިއްކަން ބެހެއްޓުމާއި ވިއްކުމަކީ މަނާ ކަމެއްގެ ގޮތުގަ އެވެ. އަދި މި ތަކެތި ބޭނުން ނުކުރަން އެ ތަނުން ވަނީ އަންގައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލަމް
16 August 2016
ވައިއެލް އޭތަ ބުނަން ތިއުޅެނީ؟
ހަމްބެ
16 August 2016
އިނގިރޭސި އަކުރުން ނަން ލިޔެފަ އުފައްދާ ގައުމުވެސް އެނގޭގޮތަށް ޖަހާލިނަމަދޯ!!!
؟
15 August 2016
އިނގިރެސީ އަކުރުން ތި ނަން ލިޔެފަ އިން ނަމަ ވަރަށް ފަސޭހަވީސް ސަމާލުވާން...