ޖުނައިދު: އޭނާ މިއަދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައި. --ފޮޓޯ/މިހާރު
27 ނޮވެމްބަރ 2018 - 17:32
ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމަސް މުހައްމަދު ޖުނައިދު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ކަސްޓަމްސްގެ އިސްވެރިޔާގެ މަގާމުން ޖުނައިދު އިސްތިއުފާ މި ދެއްވީ، ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީ އަށް ސޮއިކުރެއްވިތާ އިރުކޮޅެއް ފަހުންނެވެ.
ޕީޕީއެމުން ވަކިވެ، އެމްޑީޕީއާ ގުޅިވަޑައިގަތީ، ޖުނައިދު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި މީދޫ/މަރަދޫ ދާއިރާއަށް ވާދަކުރައްވާ އިމާދު ސޯލިހަށް ކެމްޕެއިން ކޮށްދެއްވުމަށް ކަމަށެވެ. އަދި އޭނާއާ އެކު ވަރަށް ގިނަ ބަޔަކު އެމްޑީޕީއަށް ސޮއިކުރަމުން އަންނަ ކަމަށް ޖުނައިދު ވިދާޅުވި އެވެ.
"އަޅުގަނޑުގެ ބޭނުމަކީ އިމާދު ސޯލިހަށް އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކޮށްދިނުން. އަޅުގަނޑު ދެކޭގޮތުގައި މީދޫ ދާއިރާގެ ގޮނޑީގައި އިންނަން ވާނީ މީދޫ ދާއިރާގެ ދަރިއެއް،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާތް ބޭފުޅެއްގެ ގޮތުގައި ކުރިން ފާހަގަކުރެވުނު ޖުނައިދު ވިދާޅުވި އެވެ.
ކަސްޓަމްސްގެ އިސްވެރިޔާގެ މަގާމަށް ޖުނައިދު އައްޔަން ކުރެއްވީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގަ އެވެ. ޖުނައިދު ދާދި ފަހުން ވިދާޅުވެފައި ވަނީ މި ސަރުކާރުން އެ މަގާމަށް އާ ބޭފުޅަކު އައްޔަން ކުރައްވަންދެން އެ މަގާމުގައި ދެމިހުންނަވާނެ ކަމަށެވެ.
ޖުނައިދާއި ޔާމީނަކީ ކުރިއްސުރެ ވަރަށް ގާތް ދެބޭފުޅުން ކަމަށް ވިޔަސް ފަހަކަށް އައިސް އެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. ޚާއްސަކޮށް މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ވެސް ޖުނައިދުގެ އެހީތެރިކަމެއް ޔާމީން ނުހޯއްދަވާކަން ފާހަގަކުރެވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސޫމް
28 November 2018
ކޮރަޕްޓް ގޮލައެއް
މަރޭމިތުރާ
28 November 2018
ކުއްލިއަކަށް ޕާރޓީ ބަދަލުކުރުމީ ފަހުގެ ގޮތެކޭ! ކުއްލިއަކަށް ވަޒީފާގަ ހުރުމަށް ދެކޭގޮތެކޭ!
ޙަމްޒާ
28 November 2018
މަގާމުގެ ބޭނުމުގައި ސޮއިކުރީ އަވަހަށް މިނިސްޓަރކަން ޙަވާލު ކުރޭ ފޮނި ބޮޑާ ކިބުރުވެރި މީހެއް
ހޮޓްކިންގ
28 November 2018
މީނާއަކީ އެއްވެސް މީހަކަށް އިޚްލާސްތެރި މީހެއްނޫން.
ޖުނޭ
28 November 2018
"ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ވެސް ޖުނައިދުގެ އެހީތެރިކަމެއް ޔާމީން ނުހޯއްދަވާކަން ފާހަގަކުރެވޭ" މީ ކޮންތާކުން ހޯދި މަޢުލޫމާތެއްތޯ ؟ ގައިމު ނިހާނު ފޮޓޯ އާއެކީ ޖުނައިދު އެމްޑީޕީ ކެމްޕޭން ޖަގަހައެއްގަ މީހުން 'އުފުރާލައިގެން' ޕީޕީއެމް އަށް ސޮއި ކުރުވި ވާހަކަ އެއޮތީ ފެންނަން ޓްވީޓުގަ!
ޑޮނާޑު
27 November 2018
ޖުނައިދައް މީދޫރައްވެހިން އޮޅީލެއްވި އަސް މީދޫގެ ރައްޔިތުން ނަކަށް މީދޫގެ ދަރިންނެއް ނޯޅޭ؛؛ތިޔަގޮތައްޕާޓީ ބަދަލުކުރުމަކީ އަދި މޮޅުވާހަކަދެއްކު މަކީ އަބުރު ރައްކާތެރިކުރެވޭނެކަމެއް ނޫޫން!
ޑޮނާޑު
27 November 2018
ޖުނައިދައް މީދޫގެ ދަރިން ވަކިވޭތޯ ތިވަރުގެ ބޭފުޅަކައް ދ.މީދޫ އާ އައްޑޫ މީދޫ އާ ވަކިވާނެބާ؟
މީދޫމީހާ
27 November 2018
ފުރަތަމަވެސް ގޯސް.. ޕާޓީއަށް ޖޮއިން ކުރަނީ ވަކިމީހަކު ހޮވަން ,ވަކިމީހަކައް ފާއިދާޢެއް ކުރުވުމައް. އެއްގޮތހަކައްވެސް ޕާޓީގެ އުސޫލުތައް ގަބޫލުކުރާތީކީނޫން ,ގައުމައް އެންމެ ފާއިދާ ހުރިގޮތައްވީމަކާނޫން.. ތި ދެމީހުންނަކީވެސް މާޒީން ފެންނަން ހުރި ގޮތުން ހަރުދަނާ ސިޔާސީ ވިސްނުމެއްގެ މީހުނެއްނޫން.
ހާމިދު ޝާހިދު
27 November 2018
ދެން ކީއްކުރަން މަގާމުގައި ބަހައްޓައިގެން އުޅުނީކީ. ޔާމީނަށް އެކަހަލަ ޅައެއްޗެތި އެޅިފައި އެބަހުރި. ތަންތަނަށް ވެރިން ލެއްވުމުގައި އިތުބާރު ނުކުރެވޭ މީހުން ލެއްވުން.
ޔާނު 2023
27 November 2018
އަޅުގަނޑު ކޮންމެހެން ޕާޓީ މީހުންނޫނަސް މަޤާމް ޙައްޤު މީހުންނަށް ވަޒީފާ ދީފަ ހުންނާނެ. ކޮބައިތޯ މައްސަލައަކީ ؟
ފަޒްއަލީ
27 November 2018
ޢިމާދު އަކީ މީދޫ މީހެއްނޫން. ހުވަދޫ އަދި އައްޑޫ ފެދޫ މީހެއް.