ނަޕޯލީގެ ޑިފެންޑަރު ކޫލިބަލީ. --ފޮޓޯ: އޭއެފްޕީ
01 ޑިސެމްބަރ 2018 - 10:09
ނޭޕްލްސް (ޑިސެމްބަރު 1) – ނަޕޯލީގެ ސެނެގޯލް ޑިފެންޑަރު ކަލިދޫ ކޫލިބަލީ ގަތުމަށް މެންޗެސްޓާ ޔުނައިޓެޑުން އޮފާކުރި 103 މިލިއަން ޔޫރޯ އަށް ނަޕޯލީން ދާދި ފަހުން ނޫނެކޭ ބުނެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބީބީސީން ހޮވާ އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ނޮމިނޭޓްވެފައިވާ ކޫލިބަލީ އަކީ ނަޕޯލީން ފަހަކަށް އައިސް ނެރެމުން އަންނަ ނަތީޖާތަކުގެ އެންމެ ބޮޑު ޝުކުރެއް ހައްގުވާ އެއް ކުޅުންތެރިޔާ އެވެ. އިސްކޮޅުން ދިގު، ބިޔަ މި ކުޅުންތެރިޔަކީ ހުރިހާ ގޮތަކުން ފުރިހަމަ ޑިފެންޑަރެއް ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.
ބޮޑުވަމުން އަންނަ އަގުތަކުގެ ސަބަބުން މޮޅު ކުޅުންތެރިން ނުލިބޭ ކަމަށް ބުނެ މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ދާދި ފަހުން ވާހަކަ ދެއްކީ ކޫލިބަލީ ނުލިބުމުން ކަމަށް ބެލެވެ އެވެ.
މޮރީނިއޯ ބުނީ އާދަޔާހިލާފު ބޮޑު އަގުދީގެން ނޫން ގޮތަކަށް ޓްރާންސްފާ މާކެޓުގައި ފުރުސަތެއް ނެތް ކަމަށާއި ދެ ވަނަ ދަރަޖައިގެ ކުޅުންތެރިން ހޯދަން ބޭނުންވިޔަސް އެހާ ބޮޑު އަގު ދައްކަން ޖެހޭ ކަމަށެވެ.
އެކަމަކު ކުޅުންތެރިންގެ އަގު 100 މިލިއަނަށް އެެރީ 2016 ވަނަ އަހަރު ޔުނައިޓެޑާ މޮރީނިއޯ ހަވާލުވެ ޔުވެންޓަސްގެ ޕައުލް ޕޮގްބާ 105 މިލިއަން ޔޫރޯ އަށް ގެނައި ހިސާބުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
03 December 2018
ޖަޑު ޖަޑު އަށް. 89.30 މިލިއަން ޕައުންޑް އެއީ ޓެކްސްއަށް ދައްކަންޖެހޭ އަދަދު އުނިކުރީމަ ވާވަރު.100 މިލިއަން ޕައުންޑް އެއީ (އޭރު) 2016 ގަ ރިކޯޑް އަދަދެއް.އެހެންވީމަ އަސްލު ޕޮގްބާގެ ފީ އުޅެނީ 100 މިލިއަން ޕައުންޑްގަ.ނަމަވެސް މިވަގުތު (2017) ގަ ލިސްޓްގެ 01 ވަނަ ލިބެނީ ތިބުނިހެން ނޭމާއަށް ، އެއީ ޖުމްލަ 198 މިލިއަން ޕައުންޑް.02 ވަނަ އެމްބާޕޭ (160 މިލިއަން ޕައުންޑް) ، 03 ވަނަ ކޫޓީނިއޯ (105 މިލިއަން ޕައުންޑް).ވ.ވެދުން
ޖަޑު ޖަޑު
01 December 2018
މެންޗެސްޓާ ޔުނައިޓެޑުން ޕޮގްބާ ގަތީ 89މިލިއަން ޕައުންޑަށް، ކުޅުންތެރިންގެ އަގު 100މިލިއަނަށް ޕައުންޑަށްވުރެ މައްޗަށް އެެރީ ނޭމާ ޕީއެސްޖީ އަށް ގެންދިޔަ ހިސާބުން