މާލެ: ޑިސެމްބަރު 3، 2018- ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށްފަހު ގިނަ ދުވަސްތަކެއް ކެމެރާތަކާ ދުރުގައި އުޅުއްވުމަށްފަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމަށް ފަހު އޭދަފުށީ ދާއިރާގެ މެމްބަރު ރެޑްވޭވް ސަލީމް އާއި ސަލާމް ކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
04 ޑިސެމްބަރ 2018 - 00:11
ހައްޔަރު ކުރަން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މި ރޭ ވިދާޅުވެއްޖެ އެވެ.
ނޮވެމްބަރު 17، 2018 ގައި ވެރިކަން ބަދަލުވުމަށް ފަހު، ފުރަތަމަ ފަހަރަށް މިރޭ ނޫސްވެރިންނާ ބައްދަލުކުރެއްވި އިރު ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޔާމީން ވިދާޅުވީ ސަަބަބެއް ނެތަސް އެމަނިކުފާނު ހައްޔަރު ކުރެވިދާނެ ކަމަށެވެ.
" އެއްވެސް ސަބަބެއް ނޯންނާނެ އިނގޭތޯ. އެއްވެސް ސަބަބެއް ނޯންނާނެ. ދެން މި އެކްޓިވިސްޓުންނަށް ގޮވިދާނެ ބޭރު ގައުމުތަކުގެ މީހުން ވެސް ދިވެހި ރާއްޖެއަށް އައީމަ ހައްޔަރު ކުރަން،" ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި އޮތީ އެކަހަލަ މިނިވަންކަމެއް ކަމަށާއި އެހެން ނަމަވެސް ކަންތައްތައް ކުރަނީ އިންސާފުންތޯ ކަންތައްތައް ކުރާ މީހުން ބަލަންވާނެ ކަމަށެވެ. އެމަނިކުފާނުގެ ސަރުކާރުގައި ކުށެއް ނެތް މީހަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށް ވެސް މިރޭ ވިދާޅުވި އެވެ. މިހާރު ސަރުކާރުން ކުރަމުން އަންނަ ކަހަލަ އެއްވެސް ކަމެއް އެމަނިކުފާނުގެ ސަރުކާރުގައި ނުކުރައްވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން، މިރޭގެ ބައްދަލުވުމުގައި ނިލަންދޫ ދާއިރާގެ މެމްބަރު ޚަލީލްއާ ސަލާމް ކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
ޔާމީނުގެ ސަރުކާރުގައި އެންމެ ފުރަތަމަ ވެސް މީހުންތަކެއް ހައްުޔަރު ކުރީ މޭޑޭގެ މުޒާހަރާއާ ގުޅިގެން 2015 ވަނަ އަހަރު ކމަށް ވެސް މިރޭ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ނަތީޖާއާ މެދު އެމަނިކުފާނު ކުރިން ދައްކަވާފައިވާ ބައެއް ވާހަަތައް މިރޭ ވެސް ތަކުރާރު ކުރައްވައި އެ މަނިކުފާނު ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި އޮއްވައި، އެ މައްސަލަ ތަހުގީގު ކުރުމެއް ނެތި، ވޯޓު ކަރުދާސްތައް ނައްތައިލުމުން އެކަމުގެ ނިޔަތާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ވޯޓު ކަރުދާސްތައް ރައްކާކޮށްފައި ހުރި ގުދަން ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށްވާ އިރު، އެ މައްސަލަ ހުށަހަޅާފައި އޮއްްވައި އަވަސް އަރުވާލައިގެން ކަރުދާސްތައް ނައްތައިލުމުން އެ ކަމުގެ މަގްސަދާ މެދު ސުވާލު އުފެއްދުމުގެ ޖާގަ އެބަ އޮތެވެ. އިންތިޚާބުގެ ވޯޓު ކަރުދާހުގެ ސައްހަ ކަން ކަށަވަރު ކުރުމަށްޓަކައި އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ހުށަހެޅުއްވި ކަމަށެވެ. ނަމަވެސް އެކަމަށް އިޖާބައެއް ނުދެއްވުމުން ޕްރޮސެކިއުޓާ ޖެނެރަލްއާ ބައްދަލުކުރެއްވުމަށް ހުށަހެޅުއްވުމުން އެކަމަށް ވެސް އިޖާބަ ނުދެއްވި ކަމަށް ޔާމީން ވިދާޅުވި އެވެ.އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާސަރުު
05 December 2018
އެއްވެސް މީހަކު، ތިމަންނަ މިހުރީ ބައިވަރު ޖަރީމާ ހިންގާފައޭ، ތިމަންނާ އަވަހަަށް ހައްޔަރުކުރާށޭ އަމިއްލައަކަށް ބުނާނެތަ. ހިންދީ ފިލްމުތަކުގަ ބައެއްފަހަރުފެނޭ މީހުންމަރާލާފަ އަމިއްލައަށް ފުލުސް އޮފީހަށް ގޮސް ތިމަންނާ ހައްޔަރު ކުރާށޭ ބުނާތަން. ބަންގާޅު ފިލްމުތަކުގަވެސް އެހެން ހުރޭ. އަޅެ އަހާބަލަ ރުބެލް ގާތުގަ
އެކަމު
04 December 2018
ސަބަބެއް ނެތަސް މަނިކުފާނު ހައްޔަރުނުކުރާހާ ދުވަހަކު ބައެއްގެ ލޮލަށް ނިދި ނާންނާނެ. މިނިވަންވެ ތިހެން ހުންނަހާ ދުވަހަކު މިވެރިކަމުގެ ނިމުމާ ކައިރިވާނެ. ވެރިކަން ދަމަހައްޓަން މަނިކުފާނު ހައްޔަރުނުކޮށްނުވެގެން ހައްޔަރުކުރިއަސް މަނިކުފާނު ކުރި ކަހަލަ ސިޔާސީ ކަމަކަށް އެކަން މިފަހަރު ނުވާނެ.
ޔާނު
04 December 2018
އޭނަ 5 އަހަރުގެ ދައުރެއް ނިންމިއިރު، ޙާލަތު ބަދަލުކުރަން ފުރުޞަތު ލިބި އެހެނަސް މި ގައުމުގައި މިނިވަންކަމަށް ފާޑުކިޔާއިރު ތިޔަބުނާ އިންސާފުވެރި ނިޒާމެއް ގާއިމް ނުކޮށް ފަސާދަކޮށްގެން ސިސްޓަމް ބޭނުންކުރީ. ދެން މިކިޔަނީ މިގައުމުގެ ސިސްޓަމްތައް ގޯސްވާހަކަ. ސުވާލަކީ ފުރުޞަތު ލިބި އެ ސިސްޓަމްތައް ބަދަލުކުރަން މަސައްކަތް ނުކޮށް ނާއިންސާފާއި، ކޮރަޕްޝަނާއި ފަސާދަ ޢާންމުކޮށްފަ ދެންވެސް މި ކިޔަނީ ކީކޭތޯ؟
ރަތަފައި
04 December 2018
"ހައްޔަރު ކުރަން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މި ރޭ ވިދާޅުވެއްޖެ އެވެ." އެއްވެސް ކަމަކާގުޅިގެން ހައްޔަރުކުރެވުނު އެއްވެސް މީހަކު އޭނާ ހައްޔަރު ކުރަންޖެހޭ ސަބަބެއް އޮތްކަމަށް ގަބޫލުކޮށްފައެއް ނެތެވެ.
ދެކޭމީހާކިޔާމީހާ
04 December 2018
ކުރަންވީ ހައްޔަރެއްނޫން! ކުރަންވިކަމަކީ މީނަމައްޗަށް ކުރެވޭތުހުމަތުތަކާއިބެހޭ މައްސަލަތައްބަލަން ރަޢިއްޔަތުންގެމެދަށް ޙާޟިރުކޮށް ކުރަންބޭނުން ސުވާލުކޮށް ރަޢިއްޔަތުންނަށް ޖަވާބުދާރީވެ، ޒިންމާދާރުވާން ދޫކޮށްލަންވީ. ތަނެއް ހިޔާކޮށް އެކަންހިނގާނެގޮތާއި ދެކެވޭވާހަކަ ރެކޯޑުކުރެވޭނެގޮތް އިންތިޒާމުކޮށް، ބޭނުންމީހަކު އައިސް ކުރަންބޭނުން ސުވާލެއްކޮށް އޭނަލައްވާ ރަޢިއްޔަތުންނަށް ޖަވާބުދާރީ ކުރުވަންވީ. އޭރުން އޭނައެބުނާ ޖަވާބުދާރީ ރަޢިއްޔަތުންނަށް ވެވުނީ.
ދަތްނެތްކުއްޖާ
04 December 2018
މަނިކުފާނެވެ. ތަމެން ޤައުމު ހިންގި ގޮތާއި ޤައުމު އާއި ދޭތެރޭ އިޙުމާލުވި މިންވަރާއި ރައްޔިތުންގެ ޙަޒާނާ އިން މަދުވި ފައިސާ އާއި ނާޖާއިޒް ގޮތުގައި އަމިއްލަ އެކައުންޓް ތަކަށް ޖަމާއު ކުރި ފައިސާ އާއި ސަޢުދީ އިން ދަޢުލަތައް ދެއްވި ކާރު އާއި ނަސަންދުރަ އޭ ކިޔާ އިމާރާތާއި ސްޕްރިމް ކޯޓުގެ ފަނޑިޔާރުންގެ ކަންތައް ތަކާއި މި ހުރިހާ ކަމެއް ރައްޔިތުން އެދަނީ ބަލާ ދިރާސާ ކުރަމުންނެވެ. މަނިކުފާނު ކުށްވެރި ވާނަމަ އޮތީ އުމުރު ދުވަހުގެ ކުޑަ ގޮލި އެވެ.
ސަރުކާނު
04 December 2018
ތިޔައީ ޒަޢީމޭ އަދު ލޮބުވެތި ދިވެހިޤައުމުފަޚްރުވެރިވާ.
މަސީ
04 December 2018
ތިކަން އެނގިދާނެ. މީނަކައިރީ ބުނެބަލަ މީނަގެ ފޯނުދޭށޭ.
އިބްޝާ .
04 December 2018
ޕީޕީ މެއް ނަމުގަ ޕާޓީމެމްބަރުންގެ ހައްޤުތައް ފައިދަށުލާޗިސްކޮށްފަ ހިތުހުރި މީހަކަށް ޓިކެޓުތިދެނީ މޮޅުތަކެއް ވާނެކަމަށް ހީކޮށް އުތަ .. ނަތީޖާ ވަރަށް ސާފް .. މިހާރުވެސް ތުހުރީ ވަރަށް ކުޑަކޮށްފަ .. ދެން ފައިނަލް .. ތޯލާފުޅިއަކަށްތުރެ ކުޑަކޮށް އެއަށްލާ ފެއްތުން ...
މުހަންމާ
04 December 2018
ވޯޓު ފޮށި ތަކުގެ ކައިރީގަ ތިބި އޮފިޝަލުންނަކީ ވަގުން ކަމަށް ތުހުމަތު ކުރެވެންޏާ ގައުމުގެ ހާލަތު ހުރި ގޮތާ ދޭތެރޭ ކަންބޮޑުވާން ޖެހޭނެ.