އއ. އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ތިން ވަނަ ކޮންގްރެސް ގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
09 ޑިސެމްބަރ 2018 - 11:47
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީ ދަތުރުފުޅެއްގައި މާދަމާ އއ. އުކުޅަހަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.
އެމަނިކުފާނުގެ ސްޕޯކްސްޕާސަން އިބްރާހިމް ހޫދު މިއަދު ވިދާޅުވީ ރައީސް އުކުޅަހަށް ވަޑައިގަންނަވަނީ އިންސާނީ ހައްގުތަކާ ބެހޭ ދުވަހާ ގުޅުވައިގެން ކަމަށެވެ. އެއް ދުވަހަށް ކުރައްވާ މި ދަތުރުފަޅުގައި ރަށުގެ ރައްޔިތުންނާއި އިދާރާތަކުގެ މީހުންގެ އިތުރުން ވިޔަފާރިވެރިންނާ ވެސް ބައްދަލުކުރައްވާނެ ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.
މިއީ މިދިޔަ މަހުގެ 17 ވަނަ ދުވަހު ވެރިކަމަށް ވަޑައިގަތުމަށް ފަހު ރައީސް ރަށަކަށް ކުރައްވާ ދެ ވަނަ ދަތުރުފުޅެވެ. އެންމެ ފުރަތަމަ ވަޑައިގެންނެވީ ކ. ދިއްފުއްޓަށެވެ.
އުކުޅަހު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ފިރާގު ވިދާޅުވީ ރައީސަށް މަރުހަބާ ދަންނަވަން މުޅި ރަށް ޒީނަތްތެރިކުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައިސްގެ މި ދަތުރުފުޅުގައި އުކުޅަހު ކައުންސިލްގެ ވެބްސައިޓު ވެސް ލޯންޗުކޮށްދެއްވާނެ އެވެ.
އުކުޅަހަކީ އެމްޑީޕީގެ ސަޕޯޓް ވަރަށް ބޮޑު ރަށެކެވެ. އެގޮތުން އެ ޕާޓީގެ ކޮންގްރެސް ވެސް މިދިޔަ ޖޫން މަހު ބޭއްވީ އެ ރަށުގަ އެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް މިހާރުގެ ރައީސް އިންތިޚާބުކުރީ ވެސް އެ ކޮންގްރެސްގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢާޒިން
10 December 2018
ޢުކުޅަހު ތުއްތު އައްވަރައް ސަލާމް..
ޭެެއެއްކަލަ
09 December 2018
ފަހުންނަގާ ރާޅު ބޮޑުވާނެ
ވަޙީދާ
09 December 2018
އިރާދަކުރެއްވިއްޔާ އަންނައަހަރގެ ވޯޓަށް މިރަށަށް ވެސް ވަޑައިގަންނަވާނެކަމަސް މި ބަލަނި. އެކަމަކު މިރަށަކީ އެހާ އެމްޑީޕީ ރަށެއްނޫން.
ތަރުޖަމާނު އެމް ޑ ޕ
09 December 2018
އަޅުގަނޑުމެނަކަށް މިހިނގާ 5 އަހަރު ތެރޭގައި އައްޑޫގެ މާބޮޑު ބޭނުމެއްނެތް.. ކެޔޮގަނޑު އަޅުގަނޑުމެން ވާނީ އައްޑުން ކަނޑައިފައި އިތުރަކަށް ފީވެފައިވާ ބަޑުތަކާއި އުޅެންފަށައި ފިއްޔާ ކުނިވަސް ފައުވަސް ގައިން ނުފިލާނެ ނޫންތޯ. ދެތްތޯ.؟؟؟
ކަރީމުއްދީން ބާޝާ
09 December 2018
ރައީސް މަށަށް އުކުޅަހުން ކުކުޅެއް ގެނަސްދޭތި.
ޗިސްތޫރީ
09 December 2018
މިހާރު އައްޑޫ ދޫކޮށްލާފައި އުކުޅަހަށް ފޯކަސް ބަދަލުވީ ދޮތަ؟
އަހުމަދު ކަލޯ
09 December 2018
އައްޑޫ އޮތީ ކުރިއަށޯ.