ތައިލެންޑުގައި އިންތިޚާބު އޮންނާނީ ފެބްރުއަރީ 24 ވަނަ ދުވަހު. --ފޮޓޯ:އީޕީއޭ
11 ޑިސެމްބަރ 2018 - 19:39
ބެންކޮކް (ޑިސެމްބަރު 11) - ފެބްރުއަރީ މަހު ތައިލެންޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބަށް ސިޔާސީ ޕާޓީތަކުން ކެމްޕޭން ކުރުމުގެ ހުއްދަ އެ ގައުމުގެ އަސްކަރީ ސަރުކާރުން ދީފި އެވެ.
މީގެ ހަތަރު އަހަރު ކުރިން ތައިލެންޑް ސިފައިންގެ އަސްކަރީ ބަޣާވާތެއްގައި ސަރުކާރު ވައްޓާލި ފަހުން ސިޔާސީ ޕާޓީތަކުން ކެމްޕޭން ކުރުން އޮތީ މަނާކޮށްފަ އެވެ. ނަމަވެސް އަސްކަރިއްޔާ އިން ބުނަމުން ދިޔައީ ގައުމުގައި ޑިމޮކްރެސީ ނަގަހައްޓާނެ ކަމަށެވެ. އެކަމަކު އިންތިޚާބު ބާއްވާނެ ކަމަށް ބުނާ ތާރީޚް ދިޔައީ ފަސް ކުރަމުންނެވެ.
ބޮޑު ވަޒީރު ޔިންކްލަކް ޝިނަވަޓްރާގެ ސަރުކާރު ތައިލެންޑް ސިފައިން ވައްޓާލީ 2014 ވަނަ އަހަރު އެވެ. އޭގެ ފަހުން ސިފައިން ވަނީ ގާނޫނު އަސާސީ އަށް ވެސް ބަދަލުތައް ގެނެސްފަ އެވެ. އަދި އެ ބަދަލުތައް 2017 ވަނަ އަހަރު ވަނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކުން ފާސްކޮށްފަ އެވެ. ގާނޫނު އަސާސީ އަށް ގެނެސްފައިވާ ބަދަލުތަކުގައިވާ ގޮތުން އިންތިޚާބަށް ފަހު ވެސް ގައުމުގެ ސިޔާސީ ކަންކަމުގައި ސިފައިން އިސް ދައުރެއް އަދާކުރާނެ އެވެ.
ތައިލެންޑުގައި 1932 ވަނަ އަހަރު ފުރަތަމަ ގާނޫނު އަސާސީ ތައާރަފްކުރި ފަހުން ސިފައިން ވަނީ 12 ފަހަރު ސަރުކާރު ވައްޓާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިމާރުލް ވަތަން
12 December 2018
ތައިލެންޑަށް ހަމަ ނޭވާ ލެވެނީ ސިފައިންގެ ބާރުގަ ގައުމު ހިންގާއިރު. ޢެހެނއ ނޫނީ ދިރިއުޅެވޭވަރު ނުވޭ
ފޮނިޓައްޕު ހަސަނު
11 December 2018
ތައިލޭންޑްގެ ރަނގަޅު ތަންކޮޅަކީ ސިފައިން ސަރުކާރު 12 ފަހަރު ވައްޓާލިޔަސް ރަސްގެފާނާ ނުބެހޭތީ.