31 ޑިސެމްބަރ 2018 - 11:11
މެޑްރިޑް (ޑިސެމްބަރު 31) – ރެއާލް މެޑްރިޑުން ހުށަހެޅި އާ ކޮންޓްރެކްޓަށް ލޫކާ މޮޑްރިޗް ނޫނެކޭ ބުނެފި ކަމަށާއި އޭނާ ހުރީ އިންޓަ މިލާނުގެ އޮފާއަކަށް މަޑުކޮށްގެން ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މޮޑްރިޗް މިހާރު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2020 ވަނަ އަހަރެވެ. އެހެންވެ އެއްގޮތަކީ އިންޓަ އިން ރަނގަޅު ހުށަހެޅުމެއް ލިބިއްޖެ ނަމަ އެ ކްލަބަށް ބަދަލުވުމެވެ. ނުވަތަ އިންޓައާ އެއްވަރުގެ އަދަދެއް މެޑްރިޑުން ހުށަހަޅައިފި ނަމަ ކޮންޓްރެކްޓް އާކުރުމެވެ.
މިދިޔަ އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލަށް ކްރޮއޭޝިއާ ގެންގޮސްދީ އަދި މެޑްރިޑާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި މޮޑްރިޗް ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީ ފަހަތަށް ޖައްސާލައި ބެލޮންޑިއޯ އެވޯޑާއި ފީފާ އެވޯޑް އަދި ޔުއެފާ އެވޯޑް ވެސް ކާމިޔާބުކޮށްފަ އެވެ. އެހެންވެ އޭނާ އަށް އަގު މިހާރު އަރަން ޖެހޭނެ ކަމަށް މޮޑްރިޗް ގަބޫލުކުރާކަމަށްވެ އެވެ.
އިންޓަ އިން މިދިޔަ ޖޫން ޓްރާންސްފާ ބާޒާރުގައި ވެސް މޮޑްރިޗް ހޯދަން މަސައްކަތްކުރި އެވެ. އޭނާ ވެސް އެ ކްލަބަށް ބަދަލުވުމަށްޓަކައި މަސައްކަތްކުރި އެވެ. އެކަމަކު މެޑްރިޑުން ދޫނިދުނުމުން އެންމެ ފަހުން އާ ސީޒަނުގެ ތަމްރީންތަކަށް ނުކުތީ އެވެ.
މޮޑްރިޗް އިންޓައާ ގުޅެން ބޭނުންވާ އެންމެ ބޮޑު އެއް ސަބަބަކީ އޭނާއާ އެކު ކްރޮއޭޝިއާ އަށް ކުޅޭ އިވާން ޕެރިސިޗާއި މާސެލޯ ބްރޮޒޮވިޗް އަދި ސިމޭ ވަލަސްކޯ އެ ޓީމުގައި ތިބުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދީބު
31 December 2018
"އެހެންވެ އޭނާ އަށް އަގު މިހާރު އަރަން ޖެހޭނެ ކަމަށް މޮޑްރިޗް ގަބޫލުކުރާކަމަށްވެ އެވެ." މި ކިޔަނީ ކީކޭތަ؟ ހަމަޖެހޭ ގޮތަށް ލިޔުއްވުން އެދެން. މިއީ ޅެމެއް ނޫނިއްޔަ.
ކެންޑްރިކް
31 December 2018
މޮޑްރިޗް އަށް އިންޓައަށް ދެވިއްޖެެއްޔާ ކޮމްބިނޭޝަން ވަރަށް ސަޅިވާނެ.